ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި

18

 

އެސްޓީއޯއިން ރާއްޖޭގައި ވިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާކުރިކުރާ ކުންފުނި އެސްޓީއޯއިން ބުނީ އަގަށް ބަދަލުގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެންކަމަށެވެ.

އެސްޓީއޯ އިން ބުނީ މި ފަހަރު ތެލުގެ އަގު ބޮޑު ކުރުމާއެކު އެ ކުންފުނިން ރާއްޖޭގެ އެކި ހިސާބުތަކަށް ތެޔޮ ފޯރުކޮށްދޭ ސަބްސިޑަރީ ކުންފުނި ފިއުލް ސަލްޕައި މޯލްޑިވްސް އިން ވެސް ތެލުގެ އަގަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މި ބަދަލާއެކު ޑީސަލް ލިޓަރަކުން 0.23 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 0.98 ލާރި ބޮޑުވާނެ އެވެ.

އެގޮތުން ކުރިން 10.27ރ. އަށް ލިބުނު ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ލިބޭނީ 10.95ރ. އަށެވެ. އަދި ކުރިން 9.74ރ. އަށް ލިބުނު ޕެޓްރޯލް ލީޓަރެއް މިހާރު ލިބޭނީ 10.72ރ. އަށެވެ.

ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 71 ޑޮލަރު (1،094.82ރ.) އިން 75.20 ޑޮލަރު (1،159.5ރ.) އަށް އަަރައިފަ އެވެ.

އެސްޓީއޯ އިން ތެލުގެ އަގަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު އެވެ.

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކުރީ ކޮވިޑް-19ގެ ބަލިމަޑުކަމާގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށްބޮޑަށް ދަށްވެފައި އޮތުމަށްފަހު ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް އުފުލުމާއި ގުޅިގެންނެވެ.

ކޮވިޑް-19 ބަލިމަޑުކަމާގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވެފައި އޮތްއިރު އެސްޓީއޯއިންވެސް ވަނީ ރާއްޖޭގައި ވިއްކާ ތެލުގެ އަގުހެޔޮކޮށްފައެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ