އަމްރު ގޯއްޗެއް ބައްލަވައިގަތް ގޮތް ތަފްސީލުކޮށްދެއްވައިފި

400

 

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު މުހައްމަދު ރަޝާދު މާލެއިން ގޯއްޗެއް ބައްލަވައިގަތް ގޮތް ތަފްސީލް ކޮށްދެއްވައިފިއެވެ.

މާލޭގެ ގ. ވައިލެޓް އަބީރު، އަމްރު ވަނީ 8.4 މިލިއަން ރުފިޔާ އަށް ގަނެފައެވެ.

މި ގޯތި ގަތުމާއި ގުޅިގެން ގިނަ ފަރާތްތަކުން އެކަމާ ގުޅިގެން އެކިކަހަލަ ތުހުމަތުތައް ކުރަމުން ދާތީ އެއަށް ރައްދު ދެއްވައި އަމްރު ވަނީ އޮންލައިން އެކަމާ ގުޅިގެން ޓްވީޓް ކުރައްވާފައެވެ.

އޭނާ ވިދާޅުވީ ގެ ގަތުމުގެ ފައިސާ އަކީ ހަލާލު ގޮތުގައި އަމިއްލަ މަސައްކަތުން ހޯދި ފައިސާ ކަމަށެވެ.

އަމްރު ވިދާޅުވީ 2017 ވަނަ އަހަރު ކުއްޔަށް ނަގައިގެން ތިން ބުރީގެ އިމާރާތެއް ހަދައި ރެސްޓޯރެންޓެއް ހިންގަން ތައްޔާރުވެފައިވަނިކޮށް އެ ގޯތީގެ ވެރިފަރާތުން އެ ގޯތި ވިއްކާލުމަށް ބޭނުންވި ކަމަށެވެ.

ނަމަވެސް އެ ގޯތި އެހެންމީހަކު ގަނެފިނަމަ އެ ތަން ހަދަން ކުރި އިންވެސްޓްމެންޓް ގެއްލިދާނެތީ އެ ގޯތި ގަތުމަށް 2019 ވަނަ އަހަރު ހުށަހެޅީ ކަމަށް އަމްރު ވިދާޅުވި އެވެ.

“ވެރިފަރާތުން އަޅުގަނޑަށް ވިއްކަން ބޭނުންވުމުން އަޅުގަނޑު ބޭންކަށް ފައިނޭންސް ހޯދުމަށް ހުށަހެޅުމުން، އަޅުގަނޑު ކޮށްފަވާ އިންވެސްޓްމެންޓަށް ބެލުމަށްފަހު އަދި 2017 ވަނަ އަހަރު ކޮށްފަ އޮތް އިންވެސްޓްމެންޓަކަށް ވިޔަސް މިވަގުތު ސިޔާސީ މަގާމެއްގަ ހުރުމުން އޭރު، 2017 ގަ އިންވެސްޓްކޮށްފަ ހުރި ފައިސާ އަކީވެސް އަޅުގަނޑު މަސައްކަތް ކޮށްގެން ހޯދާފަވާ ހަލާލު ފައިސާކަން ޔަގީންކުރުމަށް ފަހު، 2020 ވަނަ އަހަރު ލޯނު އެޕްރޫވްވި،” އަމްރު ވިދާޅުވި އެވެ.

އަމްރުގެ އަތުގައި އޮތް ގަޑިއާއި ކާރާ ބެހޭ ގޮތުން އޮންލައިން ނޫހެއްގައި ތުހުމަތުތަކެއް ކޮށްފައިވާތީ އެކަމަށް ރައްދު ދެއްވައި އަމްރު ވިދާޅުވީ އެ ކާރަކީ އެސްޓީއޯގެ ކާރެއް ކަމަށާ އަދި ގަޑި އަކީ މި ސަރުކާރު އައުމުގެ ކުރިންވެސް އޭނާ އަޅުއްވަމުން ގެންދަވާ ގަޑިއެއްކަމަށެވެ.

އެފަދަ ވާހަކަތައް އެނގިހުރެވެސް މީހުންގެ އަގު ވައްޓާލަން ލިޔުމަކީ ރަނގަޅުކަމެއް ނޫން ކަމަށާއި ލިޔަން ކޮންމެހެން ބޭނުންނަމަ ގުޅާލައި ސާފު ކޮށްލުމަކީވެސް ނޫސްވެރިކަމުގެ އެއް އަސާސް ކަމަށް އަމްރު ވިދާޅުވި އެވެ.

1 ހިޔާލު

  1. سبحانﷲ އަމްރު ގޯންޏެއް ބައްލަވައިގަތީއޭ؟؟؟ އެހެން ނޫސްތަކުން ފެންނަނީ ގޯއްޗެކޭ. ތިހާ އަގުބޮޑު ހެޑިން ނުލިޔެބަލަ

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ