ޝަރުތު ހަމަނުވާ ކަމަށް ބުނެ، އަބްދުﷲ ކަމާލިއްދީން އަށް ޕާޓީ އުފައްދަން ހުއްދަ ނުދިން

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި އަދި ރައީސް ޔާމިންގެ ސަރުކާރާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އަބްދުﷲ ކަމާލުއްދީން (އޭކޭ) އިސްވެ ހުންނަވައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ފޯމު ބާތިލުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އަބްދުﷲ ކަމާލުއްދީން ޕާޓީއެއް އުފައްދަން ހުށަހަޅާފައި ވަނިކޮށް އެ ފޯމް ބާތިލް ކުރީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާއިރު އެ ހުށަހަޅާ ފަރާތް އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އޮތްފަތާކަށް ވެގެން ނުވާނެކަމަށެވެ. ނަމަވެސް އބްދުﷲ ކަމާލުއްދީ ޕާޓީއެއް ހައްދަވަން ފޯމު ހުށަހެޅުއްވި އިރު އެބޭފުޅާގެ ނަން އެމްއާރްއެމްގެ މެންބަރެއްގެ ގޮތުގައި އެބައޮތް ކަމަށެވެ.

އެމްއާރްއެމް އަކީ އަބްދުﷲ ކަމާލުއްދީން އެންމެ ފަހުން ހުންނެވި ސިޔާސީ ޕާޓީ އެވެ. އެޕާޓީގެ ދަފްތަރުން އޭނާގެ ނަން އަދި އުނިކޮށްފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް އޭނާ ވަނީ ޖޫން 30 ވަނަ ދުވަހު އެމްއާރުއެމްއިން ވަކިވެވަޑައިގެންފައެވެ.

އޭނާ އުފައްދަން މަސައްކަތް ކުރައްވާ ޕާޓީގެ ނަމަކީ ”މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ“ ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ އެވެ.

އެ ޕާޓީ އުފެއްދުމާ ގުޅޭގޮތުން ކަމާލުއްދީން އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ގާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކުރެވި ދައުލަތުގެ ބާރުތައް ވަކި ކުރެވިގެން ދިޔުމާއެކުވެސް، ގައުމުގައި ހައްލުނުކުރެވިހުރި އެތަކެއް މައްސަލަތަކެއް އެބަހުރި ކަމަށެވެ.

އެހެންކަމުން އިސްލާމްދީނަށް ނަސްރުދީ، ގައުމުގެ ސިޔާދަތު ދަމަހައްޓައި، ރައްޔިތުން ފަރުދީ ގޮތުން ބާރުވެރި ކުރުވުމަށާއި ގައުމުގެ އިޖްތިމާއީ ދުޅަހެޔޮކަން ވަރުގަދަކުރުމަށް، އައު އަޒުމެއްގައި އައު ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމަށް ދެކޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި އެބޭފުޅާގ އެއް މަގްސަދެއްގައި މަސައްކަތް ކުރާ މީހުންގެ މަޝްވަރާގެ މަތިން ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ ނުވަތަ ނޭޝަނަލް ސޮލިޑާރިޓީ ޕާޓީ (އެންއެސްޕީ) އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވާ ކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.

އެމްއާރުއެމްގެ ކުރީގެ މެންބަރުންގެ ތެރެއިން “ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ”ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމަށް ފޯމު ހުށަހަޅާފައިވާއިރު، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދުމުގެ މަސައްކަތް އަންނަނީ ކުރައްވަމުންނެވެ.

މިހާރުވެސް ރާއްޖޭގެ ރެޖިސްޓާ ކޮށްގެން ހިންގާ ޖުމްލަ 10 ސިޔާސީ ޕާޓީއެއް އޮވެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް