"އަތޮޅު ދުވުން 2021" ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

އުރީދޫ މޯލްޑިވްސް އިން ”އަތޮޅު ދުވުން 2021“ ގެ ނަމުގައި ބާއްވާ ދުވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި އަހަރުގެ އުރީދޫ މޯލްޑިވްސްގެ 16 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހާއްސަ ހަރަކާތް ތަކުގެ ތެރޭގައި ބާއްވަން ހަމަޖައްސާފައިވާ ހާއްސަ ހަރަކާތެއްކަމަށްއުރީދޫން އިން ބުނެއެވެ.

މި ދުވުމުގައި ފަސް ކިލޯމީޓަރުގެ އިތުރުން އަލަށް ތައާރަފް ކުރެވުނު 10 ކިލޯމީޓަރުގެ ކެޓެގަރީ އަށް ރަޖިސްޓާވުމުގެ ފުރުސަތު ވެސް ވަނީ މިހާރު ހުޅުވާލާފަ އެވެ.

ދެ ކެޓެގަރީގައި ބައިވެރިވުމަށް ބޭނުންވާ ދުވުންތެރިން ދެ ކެޓެގަރީއަށް ވަކިން މިމަހުގެ 27 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން ރަޖިސްޓާ ކުރަން ޖެހެ އެވެ. ދެ ކެޓަގަރީގައި ދުވާ ދުވުންތެރިން 15 ކިލޯމީޓަރު ފުރިހަމަ ކުރަން ޖެހެ އެވެ.

އުރީދޫން ބުނީ މި ދުވުމަކީ  އާއިލާއާއި ރައްޓެހިންނާއި އެކުގައި ބައިވެރިވެ މަޖާ ވަގުރުކޮޅެއް ހޭދަކޮށްލަން ރަގަޅު ފުރުސަތެއްކަމަށެވެ. އަދި މި ދުވުން އޮންނާނީ ގައިދުރު ކަމާއިއެކު ކަމަށް ވެސް އުރީދޫން ބުނެއެވެ.

ފަސް އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތަށް، އެކެއް އޯގަސްޓް އާ ހަތެއް އޯގަސްޓާ ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް ދުވުން ފުރިހަމަ ކުރެވޭނެއެވެ.

މިއީ އެކުންފުނިން އަތޮޅު ދުވުން މުބާރާތް ބާއވާ ދެ ވަނަ އަހަރެވެ. އެކުންފުނިން އަތޮޅު ދުވުން ފުރަތަމަ ބޭއްވީ މިދިޔަ އަހަރުއެވެ. އެ މުބާރާތްވެގެން ދިޔައީ ރާއްޖޭގައި ބޭއްވުނު ފުރަތަމަ ނޭޝަންވައިޑް ވަރޗުއަލް  ދުވުން މުބާރާތަށެވެ.
އުރީދޫން ބުނީ މިއަހަރުގައި ބާއްވަން ތައްޔާރުވަމުން އަންނަ މި ދުވުމަށް ބޮޑު ތަރުހީބެއް ލިބެމުންއަންނަ ކމަށެވެ.

މި ދުވުމުގައި ދުވަސް ރެޖިސްޓާ ކުރާ ދުވުންތެރިން ދުވުން ސްޓްރާވާ އެޕާއި ގާމިން ކަނެކްޓް އަދި ރަންޓާސްޓިކް އަދި ނައިކް ރަން ކްލަބް ނުވަތަ ރަންކީޕާ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން ރޫޓްގެ ސްކީންޝޮޓް، ކޮންފަރމޭޝަން މެސެޖާއިއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބޭނެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް