ދިރާގުން ސިއްހީދާއިރާއަށް ޓެބްލެޓް ހަދިޔާ ކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ދިރާގާއި ސެމްސަންގް ގުޅިގެން ރާއްޖޭގެ ސިއްހީދާއިރާއަށް  ޓެބްލެޓް ހަދިޔާ ކޮށްފި އެވެ.

ދިރާގުން ބުނީ މިއީ ރާއްޖޭގެ ސިއްހީ ނިޒާމް ޑިޖިޓަލް ކުރުމަށް ކުރާ މަސައްކަތަށް އެހީތެރިވެ ފަސޭހަކަމާއެކު މަސައްކަތްކުރުމުގެ މާހައުލެއް ގާއިމުކުރުމަށް އެހީތެރިވުމުގެ ގޮތުން ހަދިޔާ ކުރި ޓެބްލެޓްތަކެއް ކަމަށެވެ.

އަދި ކޮވިޑް-19 ބަލިމަޑުކަމުގައި ސިއްހީ ދާއިރާގައި ކުރަންޖެހޭ  މަސައްކަތްތަކަށް މި ޓެބްލެޓްތަކުގެ ސަބަބުން ލުޔެއް ލިބި ދިނުމަކީވެސްއެއްމަގުސަދުކަމަށެވެ.

މި ޓެބްލެޓްތަކުގެ ސަބަބުން ވެކްސިން ޕްރޮގްރާމަށް ގިނަ ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް ދިރާގުން ދެކެއެވެ.

އެކުން ފުނިން ވަނީ ސިއްހީ ދާއިރާއަށް 60 ގެލެކްސީ ޓެބްލެޓް ހަދިޔާ ކޮށްފައެވެ.

މި ޓެބްލެޓްތައް ހަދިޔާ ކޮށްފައި ވަނީ ހެލްތު މިނިސްޓްރީއަށާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށެވެ.

މި ކަމާގުޅިގެން އިއްޔެ ވާޗުއަލް  ބޭއްވި ބައްދަލުވުމުގައި ހެލްތު މިނިސްޓްރު އަހުމަދު ނަސީމާއި ދިރާގު ސީއީއޯ އަދި އެމްޑީ އިސްމާއީލް ރަޝީދު އަދި ސްރީލަންކާގެ ސެމްސަންގް ޑިރެކްޓަރު ކެވިން ސަންގްސޫ ވަނީ ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ދިރާގާއި ސެމްސަން އަށް ވަރަށް ހާއްސަ ޝުކުރެއް ރައްދުކުރައްވާފައެވެ.

އަދި މި ބައްދަލުވުމުގައި  ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ ކޮވިޑް ގެ މި ހާލަތުން އަރައިގަތުމަށް ރާއްޖޭގެ ސިއްހީ އިދާރާތަކުން ކުރާ މަސައްކަތް ފާހަގަ ކުރައްވައި މިނިސްޓަރަށާއި ސިއްހީ ހިދުމަތްތެރީންނަށް ވަނީ ޝުކުރު ދަންނަވާފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ސެމްސަން ސްރީލަންކާގެ މެނޭޖިން ޑިރެކްޓަރު ކެވިން ސުންގްސޫ ޔޫ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ ދިރާގާއެކު ސަރުކާރަށް އެހީވުމުގެ ފުރުސަތު ލިބުނީތީ އުފާކުރައްވާކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް