ޝެއިހް ޖައުފަރު ފާއިޒު އަވަހާރަވެއްޖެ

Loading

Facebook
Twitter
WhatsApp

 

 

 

 

މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝެއިހް ޖައުފަރު ފާއިޒު އަވަހާރަވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އާލާސްކަންފުޅާ އުޅުއްވާތީ ޝެއިހް ޖައުފަރު ހޮސްޕިޓަލްގައި އެޑްކޮށްގެން ފަރުވާދެމުން އަންނަތާ މަހަކާ ގާތްވެއްޖެ އެވެ.

އައްޑޫ ސިޓީ މީދުއަށް ނިސްބަތްވާ ޝެއިހް ޖައުފަރު އަވަހާރަވި އިރު އުމުރުފުޅަކީ 65 އަހަރުފުޅެވެ.

ޝެއިހްގެ ޖަނާޒާ މިއަދު މެންދުރުނަމާދަށްފަހު މަސްޖިދުއް ފުރުގާންގައި އޮންނާނެއެވެ.

ޝެއިހް ޖައުފަރު ކޮވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މީގެކުރިން ފަރުވާދީފައިވެ އެވެ.

އޭގެފަހުން ހާލު ދެރަވެ، ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ވެސް ޝައިހަށް ވަނީ ފަރުވާ ދީފައެވެ.

ޝެއިހް ޖައުފަރު ފާއިޒަކީ މަދަރުސަތުލް އާލިޔާގައި 1990ގެ އަހަރުތަކުގައި، ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ޝެއިހް އަވަހާރަވުމާއި ގުޅިގެން އެކި ފަރާތްތަކުން އަންނަނީ ތައުޒޔާގެ މެސެޖްތައް ފޮނުވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް