އީސީގެ ނައިބުރައީސް ހަބީބު، ޖިންސީ ގޯނާކުރާކަމަށް ބުނާ މައްސަލަ މަޖިލީހަށް ފޮނުވައިފި

    އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނާއިބު ރައީސް އިސްމާއީލް ހަބީބް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރާ މައްސަލަ ކޮމިޝަނުގެ އެންޓި ހެރަސްމަންޓް ކޮމިޓީއިން ބެލުމަށް ފަހު މަޖިލީހަށް އަލުން ފޮނުވައިފި އެވެ. މީގެ ކުރިން އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމެޓީ ބެލުމަށްފަހު ނިންމީ އެ މައްސަލަ އީސީގެ އެންޓި ހެރަސްމަންޓް ކޮމިޓީން ފުރަތަމަ ބެލުމަށް ފަހު މަޖިލީހަށް ހުށަހެޅުމުން އެކަމާމެދު ގޮތެއް ނިންމާގޮތަށެވެ. މީގެ އިތުރުންވެސް ހަބީބުގެ މައްޗަށް […]

މާފަރު އެއާޕޯޓްގައި ހޮޓަލެއް ތަރައްގީކުރަނީ

  ނ.މާފަރު އިންޓަރނޭޝަން އެއާޕޯޓުގައި 47 ކޮޓަރީގެ ޓްރާންސިޓް ހޮޓަލެއް ތަރައްގީކުރުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނުން ފަށައިފިއެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ މި ޓްރާންސިޓް ހޮޓާ ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހަތަރު ތަރީގެ ހޮޓަލެއްގެ ފެންވަރަށާ ޓާގެޓަކީ ތިން މަސް ދުވަސްތެރޭ މި ހޮޓެލްގެ އިމާރަތްކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ދިއުންމެވެ. މި އެއާޕޯޓް މެނޭޖްކުރާ އައިލެންޑް އޭވިއޭޝަނުން މިހާރުވަނީ މިމަސައްކަތަށް ބޭނުންވާ ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައެވެ. މާފަރު އެއާޕޯޓްތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ޓްރާންސިޓް […]

ޓެކްސްތައް ބަހާލައިގެން ދެއްކޭނެ ލުއި ގޮތްތަކެއް ހަމަޖައްސައިފި

    ޓެކްސް ނުދެއްކިފައިވާ ފަރާތްތަކަށް އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން ޓެކްސް ދެއްކޭނެގޮތް ލުއި ގޮތްތަކެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަޖައްސައިފި އެވެ. މީރާއިން ބުނީ ޓެކްސް ދެއްކުމުގައި ލުއިތަކެއް ދީފައި މިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ޓެކްސް ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް އިތުރު ލުޔެއް ދިނުމުގެ ގޮތުންކަމަށެވެ. މީރާ އިން ދިން ލުއިތަކުގެ ތެރޭގައި އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، އޭގެ ކުރިން އިންސްޓޯލްމަންޓް އުސޫލުން ފައިސާ […]

ފެހެންދޫ ބަނދަރުގެ ބްރިޖް މަސައްކަތް ފަށައިފި

  ބ.ފެހެންދޫ ބަނދަރު ތަރައްގައިކުރުމުގެ މަސްރޫއުގެ ދަށުން ތަރައްގީކުރުމުގެ ދަށުން ހަދ ބްރިޖްގެ މަސައްކަތް ފަށައިފިއެވެ. ފެހެންދޫ ބަނދަރުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެކްޓިން ކޮމްޕެނީ އެމްޓީސީސީން ބުނީ މި ބްރިޖްޖަކީ ބަދަރާއި ކަނެޓްކުރުމަށް އަޅާ ބްރިޖެއްކަމަށާ، މިހާރު ކުރިއަށްދަނި ކަނެކްޓިން ބްރިޖްގައި ސެލެބް އެޅުމުގެ މަސައްކަތް ކަމަށެވެ. އެކުންފުނިން ބުނީ ފެހެންދޫ ބަނދަރުގެ މަޝްރޫގެ 89 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. ފެހެންދޫ ބަނދަރުހެދުމުގެ މި މަޝްރޫއަކީ 45.1 ރުފިޔާގެ މަޝްރޫއެކެވެ. މި […]

ޓެކްސީއަކުން ބަނގުރާ ދަޅުތަކެއް ހޯދައި ހުޅުމާލެއިން ބަޔަކު ހައްޔަރުކޮށްފި!

ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޓެކްސީއަކުން ބަނގުރާ ދަޅުތަކެއް ހޯދައި، ތިން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ އިދާރާއިން ބުނީ ހުޅުމާލެއިން ޓެކްސީއެއް ބަލައި ​ފާސްކޮށް ބަނގުރާ ދަޅުތަކަކާއި އެކު 3 މީހަކު ހައްޔަރު ކޮށްފައިވަނީ ރޭ 12:10 ހާއިރުކަމަށެވެ. އެ ޓެކްސީ ބަލައި ފާސް ކުރިއިރު 48 ދަޅު ބަނގުރާ ވަނީ ފެނިފަ އެވެ. މީގެ އިތުރުން ​ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާ އަދި ބަނގުރާއާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި، […]

އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގައި އަންނިގެ އަތެއްވޭ: ފުރަހަނި ޝުޢައިބު

އެމްއެމްޕީއާރުސީ މައްސަލައިގައި އެހެން ހުރިހާ މީހުންނާ ދިމާއަށް ވަގަށް ގޮވާފައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި)އާ ދިމާއަށް ވަގަށް ނުގޮވެންވީ ކީއްވެގެންތޯ ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ ކުރީގެ އަޑަރ ސެކްރެޓެރީ އަދި އެމްޑީޕީގައި އިސްދައުރެއް އަދާކުރައްވާފައިވާ ޝުޢައިބު އަލީ ވިދާޅުވެއްޖެއެވެ. އެމްޑީޕީ އިސްލާހު ކުރުމަށް ބާރުއަޅުއްވައި ފަހަކަށް އައިސް ވާހަކަފުޅުދައްކަވަމުން ގެންދަވާ ޝުޢައިބު (ފުރަހަނި) ވިދާޅުވި ގޮތުގައި އޭނާގެ ގާތް އެކުވެރި އަންނިއާ ދިމާއަށް އަނިޔާވެރިއެކޭ ވަގެކޭ ދަންނަވާނީ އޭގެ ތެރޭގައި ސަބަބުތަކެއް އޮތީމައެވެ. އެމްއެމްޕީއާރުސީގެ […]

ވެކްސިންގެ ސަބަބުން އުފެދޭ ހިތުގެ ބައްޔަކަށް ސަމާލުވުމަށް އެމެރިކާއިން ގޮވާލައިފި

ޖޫން 25 ވީ ހުކުރު ދުވަހު އެމެރިކާގެ ޑްރަގް އޮތޯރިޓީން ވަނީ ފައިޒާ ވެކްސިން އާއި މޮޑާނާ ކޮވިޑް-19 ވެކްސިން ޖަހާ ބައެއް މީހުންނަށް ހިތުގެ ބައްޔެއް ޖެހޭކަމަށް ބުނެ މިކަމަށް ސަމާލުވުމަށް ގޮވާލާފައެވެ. މިކަމާ ގުޅިގެން މި ވެކްސިންތަކާ އެކު ދެވޭ ލިޔުންކޮޅުގައި ހެލްތު ރިސްކެއްގެ ގޮތުގައި މިކަން ލިޔެވިފައި ހުންނާނެހެން އެ ލިޔުންތައް ތައްޔާރުކުރުމަށް އެ ކުންފުނިތަކަށް ވަނީ އަންގާފައެވެ. އެފް.ޑީ.އޭ އިން ހާމަކޮށްފައިވާ ގޮތުގައި މި ވެކްސިން ތަކުގެ ދެވަނަ ޑޯޒް ޖެހުމާ […]

އަރަނި ބަޖެޓް، ދެކޮޅު ނުޖެހޭ ބަޖެޓް، ދަރަނި ބަޖެޓް

ސުރުޚީ ފެނުނީމާވެސް ހީވަނީ ބޯހަލާކު ވެދާނެ ހެންނެވެ. އެކަމަކު މިއީ ކޮންމެ އަހަރެއްގެ ފަހުކޮޅުގައި ދިވެހިރައްޔިތުންނަށް ކުރިމަތިލާންޖެހޭ ޙާލަތެކެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރޭންނެވެ. ހަމަގައިމުވެސް ވޭތުވެދިޔަ ވިއްސަކަށް އަހަރުދުވަހުގެ ތެރޭގައި ސުރުޚީގައި އެބުނާ ކަންތައްތަކަށް ވާނުވާއެއް އެއްވެސް ރައްޔިތަކަށް ނޭނގެއެވެ. އަދި މަޖިލީހުގެ މެންބަރުން އެމީހުންގެ ދާއިރާގެ ރައްޔިތުންނަށް މިކަން އޮޅުންފިލުވައެއްވެސް ނުދެއެވެ. އޮޅުންފިލުވާދޭން ޖެހޭނަކަމަށް ނުވެސް ދެކޭކަހަލައެވެ. ރައްޔިތުންވެސް ތިބެނީ ”އެޔޯމެން ކަންތައް ކުރާނީ ރަނގަޅަށޭ“ ބުނާކަހަލަ ވިސްނުމެއްގައެވެ. މަގޭ އިއްޒަތްތެރި މެމްބަރުގާތު އަހާލަންވެސް ބޭނުން […]

ސީމޭނުންގެ ދުވަހުގެ މަރުޙަބާ!

ކޮންމެ އަހަރެއްގެ ޖޫންމަހުގެ 25 ވަނަދުވަހަކީ ބައިނަލް އަގްވާމީގޮތުން ފާހަގަކުރާ ސީމޭނުންގެ ދުވަހެވެ. މި ދުވަހުގެ ތަހްނިޔާ ދިވެހިރާއްޖޭގެ ހުރިހާ ސީމޭނުންނަށް ސަންދާނުގެ ނަމުގައި އަރިސްކުރަމެވެ. ސަންދާނުގެ ލިއުންތެރިންނަކީ އަބަދުވެސް ސީމޭނުންނާ ވަރަށް ގުޅުންބޮޑު ބައެކެވެ. ސަންދާނު އަހަންމައިދީ ނަޒާކީ ޒަކީ އަދި އަލީ އަޙްމަދު ފަދަ ސަންދާނުގެ ލިއުންތެރިން ހިމެނެނީ ދިވެހި ފަޚްރުވެރި ސީމޭނުންގެތެރޭގައެވެެ. އެބޭފުޅުންގެ ދިރިއުޅުން ފެއްޓެވީ ކަނޑުމަތީގައޭ ބުނުމަކީ ހަގީގަތެވެ. ރާއްޖޭގެ ބޯޓުފަހަރު ދުއްވުމާއި ސީމޭނުންގެ ވަޒީފާތަކުގެ ތަރި މެދު އުޑުގައި ފިޔަޖަހަމުން […]

އިހުސާން އިންތިއަށް ހަމަލާއެއް، ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުމުގެ ސަގާފަތެއް ރާއްޖޭގައި އާލާކުރެއްވީ ތިބޭފުޅުން

  ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުމުގެ ސަގާފަތެއް ރާއްޖޭގައި އާލާކުރީ ތިބޭފުޅުންކަމަށް ވިދާޅުވެ، ދިވެހި ގައުމީ ހަރަކާތުގެ ނަމުގައި އިސްވެ ހަރަކާތްތެރިވާ އެމްއެންޑީއެފްގައި ކުރިން އުޅުއްވި ކެޕްޓަން އަލީ އިހުސާން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން  އިމްތިޔާޒު ފަހުމީ (އިންތި) އަށް ބަހުގެ ހަމަލާއެއް ދީފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދަށް ދިން ހަމަލާއަކީ އޮޅުވާލުމެއް ނޫނީ ޑްރާމާ އެއް ކަމަށް ބުނާ މީހުންނަށް ފިޔަވަޅު އަޅަން އިންތި ގޮވައިލުމާ […]