ޓެކްސީއަކުން ބަނގުރާ ދަޅުތަކެއް ހޯދައި ހުޅުމާލެއިން ބަޔަކު ހައްޔަރުކޮށްފި!

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޓެކްސީއަކުން ބަނގުރާ ދަޅުތަކެއް ހޯދައި، ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ ހުޅުމާލެއިން ޓެކްސީއެއް ބަލައި ​ފާސްކޮށް ބަނގުރާ ދަޅުތަކަކާއި އެކު 3 މީހަކު ހައްޔަރު ކޮށްފައިވަނީ ރޭ 12:10 ހާއިރުކަމަށެވެ. އެ ޓެކްސީ ބަލައި ފާސް ކުރިއިރު 48 ދަޅު ބަނގުރާ ވަނީ ފެނިފަ އެވެ.

މީގެ އިތުރުން ​ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާ އަދި ބަނގުރާއާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި، ހުޅުމާލެ ޕެޓްރޯލް ޖެޓީއާ ދިމާ ފަޅުތެރޭގައި އޮތް ޑިންގީއަކުން ޓެކްސީއަކަށް ބަނގުރާ އަރުވާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ބަންގުރާ ދަޅުތަކާއެކު ހައްޔަރު ކުރީ 24 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއްގެ އިތުރުން 30 އަހަރުގެ 3 ފިރިހެނުންނެވެ.

​ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

 

Loading

One Response

  1. ދަޅުތަކާއެކު ހައްޔަރު ކުރީ 24 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއްގެ އިތުރުން 30 އަހަރުގެ 3 ފިރިހެނުންނެވެ. ޖުމްލަ ކިތައް މީހުން؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް