ފެހެންދޫ ބަނދަރުގެ ބްރިޖް މަސައްކަތް ފަށައިފި

Loading

Facebook
Twitter
WhatsApp

 

ބ.ފެހެންދޫ ބަނދަރު ތަރައްގައިކުރުމުގެ މަސްރޫއުގެ ދަށުން ތަރައްގީކުރުމުގެ ދަށުން ހަދ ބްރިޖްގެ މަސައްކަތް ފަށައިފިއެވެ.

ފެހެންދޫ ބަނދަރުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެކްޓިން ކޮމްޕެނީ އެމްޓީސީސީން ބުނީ މި ބްރިޖްޖަކީ ބަދަރާއި ކަނެޓްކުރުމަށް އަޅާ ބްރިޖެއްކަމަށާ، މިހާރު ކުރިއަށްދަނި ކަނެކްޓިން ބްރިޖްގައި ސެލެބް އެޅުމުގެ މަސައްކަތް ކަމަށެވެ.
އެކުންފުނިން ބުނީ ފެހެންދޫ ބަނދަރުގެ މަޝްރޫގެ 89 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

ފެހެންދޫ ބަނދަރުހެދުމުގެ މި މަޝްރޫއަކީ 45.1 ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫގެ ދަށުން 18،500 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކޮށް ނިމިފައިވާއިރު، އެބަނދަރަށް ވަދެ ނުކުމެ ހަދާ 25،000 ކިއުބިކް މީޓަރުގެ ނެރު ވަނީ ފުންކޮށް ނިމިފައެވެ. އަދި ބަނދަރު 214 މީޓަރުގެ މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާ 130 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.

އެމްޓީސީސީން ބުނީ އެ ބަނދަރުގައި ނުނިމި ހުރި މަސައްކަތްތައް ވެސް ވަރަށް އަވސް މުއްދަތެއްގެ ތެރޭ ނިންމުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްކުރުމަށް ބޭނުންވާ ހިލަ މިހާރު އެރަށަށް ގެންގޮސްފައިވާކަމަށެވެ.

އެކުންފުނިން ބުނީ ހިލަ ޖެއްސުމުގެ މަސައްކަތް މިހާރު ހަދާ ބްރިޖްގެ މަސައްކަތް ނިމުމުން ފެށޭނެކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މީގެ އިތުރުން މި ބަނދަރު ހިމެނޭ ސަރަހައްދުގައި އެއްގަމު ބައްތި ހަރުކުރުމާ ނެރު ބައްތި ހަރުކުކުރުމުގެ އިތުރުން އެސަރަހައްދުގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

ގާތްގަޑަކަށް 300 އާ ގާތްކުރާ އަދަދެއްގެ އާބާދީއެއް ދިރިއުޅޭ ފެހެންދޫއަކީ ބ.އަތޮޅުގައި އޮތް އެންމެ އާބާދީ ކުޑަރަށެކެވެ. ގެސްޓް ހައުސް ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ މިރަށުން މި ވިޔަފާރި ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީވެސް ބަނދަރެއް ނެތުމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް