އީސީގެ ނައިބުރައީސް ހަބީބު، ޖިންސީ ގޯނާކުރާކަމަށް ބުނާ މައްސަލަ މަޖިލީހަށް ފޮނުވައިފި

Loading

Facebook
Twitter
WhatsApp

 

 

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނާއިބު ރައީސް އިސްމާއީލް ހަބީބް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރާ މައްސަލަ ކޮމިޝަނުގެ އެންޓި ހެރަސްމަންޓް ކޮމިޓީއިން ބެލުމަށް ފަހު މަޖިލީހަށް އަލުން ފޮނުވައިފި އެވެ.

މީގެ ކުރިން އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމެޓީ ބެލުމަށްފަހު ނިންމީ އެ މައްސަލަ އީސީގެ އެންޓި ހެރަސްމަންޓް ކޮމިޓީން ފުރަތަމަ ބެލުމަށް ފަހު މަޖިލީހަށް ހުށަހެޅުމުން އެކަމާމެދު ގޮތެއް ނިންމާގޮތަށެވެ.

މީގެ އިތުރުންވެސް ހަބީބުގެ މައްޗަށް ވަނީ ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލަ އެއް ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފަ އެވެ.

އިސްމާއިލް ހަބީބު އީސީގެ ނައިބް ރައީސް ކަމަށް އައްޔަން ކޮށްފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު އަކްރަމް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އަކުރަމް އިސްތިއުފާ ދެއްވާފައިވަނީ އެތަނުގެ މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ފެށުމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް