އިހުސާން އިންތިއަށް ހަމަލާއެއް، ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުމުގެ ސަގާފަތެއް ރާއްޖޭގައި އާލާކުރެއްވީ ތިބޭފުޅުން

Loading

Facebook
Twitter
WhatsApp

 

ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުމުގެ ސަގާފަތެއް ރާއްޖޭގައި އާލާކުރީ ތިބޭފުޅުންކަމަށް ވިދާޅުވެ، ދިވެހި ގައުމީ ހަރަކާތުގެ ނަމުގައި އިސްވެ ހަރަކާތްތެރިވާ އެމްއެންޑީއެފްގައި ކުރިން އުޅުއްވި ކެޕްޓަން އަލީ އިހުސާން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން  އިމްތިޔާޒު ފަހުމީ (އިންތި) އަށް ބަހުގެ ހަމަލާއެއް ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދަށް ދިން ހަމަލާއަކީ އޮޅުވާލުމެއް ނޫނީ ޑްރާމާ އެއް ކަމަށް ބުނާ މީހުންނަށް ފިޔަވަޅު އަޅަން އިންތި ގޮވައިލުމާ ގުޅިގެން އޮންލައި ނޫހެއްގައި ލިޔެފައި އޮތް އާޓިކަލް އެއްގެ ސްކްރީންސޮޓް ޝެއާކުރައްވަމުން އިހުސާން ވިދާޅުވީ ހަގީގަތާ ހިލާފު ވާހަތައް ފަރާތްތަކަށް ފިޔަވާޅު އަޅަން ޖެހޭ ކަމަށާ، ނަމަވެސް އެފަދަ ވާހަކަތައް ފެތުރުމުގެ ސަގާފަތެއް އާލާކުރެއްވީ އެ ބޭފުޅުން ކަމަށެވެ.

” މީ ވަރަށް ރަގަޅު ކަމެއް. މި ބާވަރުގެ ބޮޑެތި ކަންކަމުގެ ހަގީގަތް ނޭގި މިފަދަ ވާހަކަ ދައްކާ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ. އެކަމަކު މިގޮތަށް ވާހަކަތައް ހަދައިގެން ދެއްކުމުގެ ސަގާފަތެއް މި ގައުމުގައި އާލާ ކުރެއްވީ ހަމަ މި ބޭފުޅުން“ އިހުސާން ކުރެއްވި ޓްވީޓްގައި ވެއެވެ.

އެމްޑީޕީގެ އަހަރީ ދުވަހާއި، ނަޝީދަށް ދިން ހަމަލާގެ ތަހުގީގުތަކަށް ފާރަވެރިވާ އެމްޑީޕީގެ ކޮމިޓީގެ މަސައްކަތާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އިންތި ވަނީ ރައީސް ނަޝީދަށް ދިން ހަމަލާ އާ ގުޅިގެން ދައްކަމުންދާ ވާހަކަތަކަށް ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކަވާފައެވެ.

އިހުސާން ވަނީ މީގެ ކުރިންވެސް މިފަދަ ބަހުގެ ހަމަލާތަކެއް ނަޝީދުގެ ހަމާލާ އާގުޅިގެން އެމްޑީޕީއަށް ދީފައެވެ. އެގޮތުން ކުރީގެ ރައީސް ޔާމިން އަށް ދިން ބޮމުގެ ހަމަލާވެސް ބަޔަކު ޖޯކުޖެހިކަމަށް ވިދާޅުވެ، އެފަދަ ކަންތައް ސީރިއަސް ކަންތައްކަތެއްގެ ގޮތުގައި ނަގަންޖެހޭކަމަށް ވެސް އެ ހަމަލާގެ ތަހުގީގުގައި އިސްކޮށް އިސްކޮށް ހަރަކާތްތެރިވެ އުޅުއްވި އިހުސާން ވަނީ ވިދާޅުވެފައެވެ.

Loading

One Response

  1. އިހްސާން ވިދާޅު ވިހެން ހުރިހާނުބައެއް މިދިވެހި ރާއްޖޭގައި އުފެއްދީ އެމްޑީޕީއޭ ކިޔައިބައިގަނޑެއް އުފެދުނުފަހުން މިރާއްޖޭގައި މައުމޫނުމެން ޔާމީނުމެން އަދިމައުމޫނު އަށް ތާއީދުކުރާ މީހަކު މަރަން ދިމާކުރީމާ އެމްޑީޕީ މީހުންނަކީ އެކަންކަމށް ޖޯކުޖަހާ ލަވަކިޔާ ނަށާބައެއް މިޤައުމުގެ އިޖްތިމާއީ ފޭރާން ފުނޑުފުނޑު ކޮށް ވީދާލީ ހަމަ މިއެމްޑީޕީ ބައިގަނޑު މިހާރުދެން ކޮންމަރުމޯލެކޭ އެމްޑީޕީ ބައިގަނޑު ކިޔަނީ ވަރަށްސާފް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް