ކޮވިޑް-19 : ރަޝިޔާގެ ވެކްސިންގެ ދެ ލައްކަ ޑޯޒަށްއޯޑަރުދޭން ނިންމައިފި
ކޮވިޑުން ރައްކާތެރިވުމަށް ރަޝޔާއިން ތައްޔާރުކޮށްފައިވާ ވެކްސިންގެ ދެ ލައްކަ ޑޯޒަށް ދެ ދުވަހެއްގެ ތެރޭ އޯޑަރު ދެއްވާނެ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑްން ރައްކާތެރިވުމަށް ވެކްސިން ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާ އެގޮތުން ރަޝިޔާގެ ސްޕްޓްނިކް ވެކްސިންގެ ދެ ލައްކަ ޑޯޒް ގެނައުމަށް މަސައްކަތް މިހާރު ކުރަމުން ދާކަމަށެވެ. ރައީސް ވިދާޅުވީ އެކި ގަމުތަކާއި […]
ޕާކިސްތާނުން ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން ފަށައިފި: ނަމަކީ ”ޕާކް ވެކް“
ޕާކިސްތާނުން ކޮވިޑް- 19އާ ދެކޮޅަށް ބޭނުންކުރަން ”ޕާކް ވެކް“ގެ ނަމުގައި އައު ވެކްސިނެއް އުފައްދަން ފަށައިފިއެވެ. ޕާކިސްތާނުން ”ޕާކް ވެކް“ އުފެއްދަނީ ޗައިނާގައި ވެކްސިން އުފައްދާ ކުންފުންޏަކާ ގުޅިގެންނެވެ. ޕާކިސްތާނުން އުފައްދާ ވެކްސިނަކީ ބައިނަލްއަގުވާމީ ފެންވަރުގައި ގަބޫލުކުރެވޭ އަދި ކޮވިޑް-19 އާ ދެކޮޅަށް ބޭނުން ކުރެވޭނެ ފެންވަރު ރަނގަޅު ވެކްސިނެކެވެ. ޕާކިސްތާނުގެ ސިއްހީ ދާއިރާގެ އިސް ފަރާތްތަކުން ގަބޫލު ކުރާގޮތުގައި ޕާކިސްތާނުން ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން ފެށުމުން ބޭރު ގައުމުތަކުން ވެކްސިން ހޯދައިގެން ގައުމުން ކޮވިޑް-19 […]
ތުހުމަތުތަކަށް އިންކާރު ކުރައްވައި ގާޒީ އިސްމާއީލް ރަޝީދު އިސްތިއުފާ ދެއްވައިފި
ޖުޑީޝަލް ސަރވިސް ކޮމިޝަނު( ޖޭއެސްސީ)ން ގާޒީ އިސްމާއީލް ރަޝީދާ މެދު ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކުރައްވައި އިސްތިއުފާ ދެއްވައިފި އެވެ. އިސްމާއީލް ރަޝީދު އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ މަގާމުން ވަކި ކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައި ވަނިކޮށެވެ. ޖޭއެސްސީން ވަނީ އިސްމާއީލް ރަޝީދާ މެދު ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. އެ ކޮމިޝަނުން އިސްމާއީލް ރަޝީދާ ގުޅޭ ގޮތުން ބެލި މައްސަލައަށްފަހު ނެރުނު ބަޔާނެއްގައި ވާގޮތުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލް […]
އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި
ހުސްވެފައިވާ އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ. އޮޑިޓާ ޖެނަރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒިޔަތުގެ ނަން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓްގައި ހިމެނުމާ ގުޅިގެން ޒިޔަތު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ޒިޔަތު އިސްތިއުފާ ދެއްވީ މިމަހުގެ 12 ވަނަ ދުވަހު އެވެ. އޮޑީޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި ރައީސް އޮފީހުން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން މި މަގާމަށް ކުރިމަތިލާން […]
އަމާނާ ތަކާފުލް އިން އަހަރުގެ ފައިދާއިން ހިއްސާ ބަހަން ނިންމައިފި
އަމާނާ ތަކާފުލްގެ މިދިއަހަރުގެ ފައިދާއިން ހިއްސާދާރުންނަށް 15 ޕަސެންޓް ބަހަން ނިންމައިފިއެވެ. އެ ކުންފުނިން ހިއްސާ ބަހަން ނިންމީ އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އިއްޔެއެވެ. އަމާނާ ތަކާފުލް އިން ބުނީ ބަހަންނިންމީ މިދަޔަ ނޮވެމްބަރު މަހުގެ އިންޓެރިމް ފައިދާގެ ގޮތުގައި ދޫކޮށްފައިވާ 7.5 ޕަސެންޓާ އެކު މިދިޔަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި 15 ޕަސެންޓާ އެކުއެވެ. އަމާނަ ތަކާފުލްއަށް މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 23 […]
ބިދޭސީން ތިބޭ ގޮޅިތައް ބަންދުކުރަން ނިންމައިފި
ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ހިންގާ ގޮޅިތަކުގެ ތެރެއިން ބިދޭސީން ބައިތިއްބައިގެން ހިންގާ ގޮޅިތައް ބަންދުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ. މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ބިދޭސީން ގޮޅިތަކުން ބޭރުކުރުމަށް ގާނޫނުގެ ތެރެއިން ވަކި މުއްދަތެއް ދޭނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެތަންތަނަށް ދިވެހިން ހަމަނުޖައްސައިފިނަމަ އެ ގޮޅިއެއް ބަންދުކުރާނެ ކަމަށެވެ. ބިދޭސިންގެ ބަދަލުގައި ދިވެހިން […]
އިންޑިޔާގައި ކޯވިޑްގެ ހާލަތު ގޯސްވަމުންދާ ދަނޑިވަޅެއްގައި ދަނޑުވެރިން ބޮޑު މުޒާހަރާއަކަށް
ކޮރޯނާ ވައިރަހުގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެ ގައުމުގެ ދަނޑުވެރިން މި ހަފުތާގެ ބުދަ ދުވަހު ބޮޑު މުޒާހަރާއެއް ބާއްވަން ގަސްތުކުރާކަން އިއުލާނުކޮށްފިއެވެ. އެއީ އެމީހުންގެ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރާތާ 6 މަސްދުވަސް ހަމަވުން ފާހަގަ ކުރުމަށް ބާއްވާ މުޒާހަރާއެކެވެ. މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން ދިއްލީއަށް އެ ގައުމުގެ ދަނޑުވެރިން ވަނީ އެއްވާން ފަށާފައެވެ. ޖޮއިންޓް ކޮމިޓީ އޮފް ފާރމާޒް، އިން އިންޑިޔާގެ ބޮޑުވަޒީރު، މޯދީއަށް ފޮނުވާފައިވާ ރަސްމީ ސިޓީއެއްގައި އެ ގައުމުގެ […]
މަނާ ގަޑީގައި ވިޔަފާރިކުރާނަމަ 5000 ރުފިޔާގެ ޖޫރިމަނާއެއް
ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކުގެ ތެރެއިން ކަނޑައަޅާފައިވާ މަނާ ގަޑީގައި ވިޔަފާރި ކުރާނަމަ 5،000 ރުފިޔާގެ ޖޫރިމަނާއެއް ކުރަން ނިންމައިފި އެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އިއްޔެ އެޅި ފިޔަވަޅުތަކަށް މާދަމައިން ފެށީގެން އަމަލުކުރަން ފަށާނެއެވެ. އާ ފިޔަވަޅުތަކުގައި ތެރޭގައި މަނާ ގަޑީގައި ވިޔަފާރި ކުރާނަމަ 5،000 ރުފިޔާގެ ޖޫރިމަނާއެއް ކުރުމަށް ވަނީހަމަޖައްސާފައެވެ. މާދަމާއިން ފެށިގެން ޑެލިވަރީގެ ހިދުމަތް ދެވޭނީ ހެނދުނު ހަޔަކުން ރޭގަނޑު 12 އަށެވެ. މި ނޫން ގަޑިއެއްގައި […]
މާލެ ސިޓީގެ ބިންތަކުގެ ކުލި ކުޑަކޮށްފި
މާލޭ ސިޓީ ކައުންސިލުން އަމިއްލަ ވިޔަފާރިތަކަށް ދޫކޮށްފައިވާ ބިންތަކާއި ފައްތިޔާތަކާއި މާރުކޭޓް ގޮޅިތަކުން ނަގަމުން އަންނަ ކުލި އެކައުންސިލުން ކުޑަކޮށްފިއެވެ. މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭ ސިޓީގެ ކުލީގެ 30 ޕަސެންޓް ކުޑަކުރުމަށް ނިންމާފައިވާކަމަށެވެ. ކައުންސިލުންވަނީ ކާނިވާ ސަރަހައްދާއި އަދިވެސް މާލޭގެ އިތުރު ބައެއް ސަރަހައްދުތަކުގައި ވިޔަފާރިކުރަން އަމިއްލަ ބައެއް ފަރާތްތަކަށް ބިން ދޫކޮށްފައިވެ އެވެ. އަދި މާރުކޭޓް ހިންގުމަށް ވެސް މާލޭގެ އެކި ސަރަހައްދުތަކުގައި […]
ކާފިއު ނޫން ގަޑިތަކުގައި މީހުން ބޭރަށް ނުކުތުމަށް ފާސް ދޫކުރަނީ!
މާލެ ސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން 16 ގަޑިއިރަށް ކާފިއު އިއުލާނުކޮށް ކާފިއު ނޫން ގަޑިތަކުގައި މީހުން ބޭރަށް ނުކުތުމަށްވެސް ފާސް ދޫކުރަން ފަށައިފިއެވެ. މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، މާލެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން 26 ވަނަ ދުވަހުން ފެށިގެން ކާފިއު ނޫން ގަޑިތަކުގައި މީހުން ބޭރަށް ނުކުތުމަށް ފާސް ދޫކުރާނެ […]