ކޮވިޑް-19 : ރަޝިޔާގެ ވެކްސިންގެ ދެ ލައްކަ ޑޯޒަށްއޯޑަރުދޭން ނިންމައިފި

Loading

Facebook
Twitter
WhatsApp

 

ކޮވިޑުން ރައްކާތެރިވުމަށް ރަޝޔާއިން ތައްޔާރުކޮށްފައިވާ ވެކްސިންގެ ދެ ލައްކަ ޑޯޒަށް ދެ ދުވަހެއްގެ ތެރޭ އޯޑަރު ދެއްވާނެ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑްން ރައްކާތެރިވުމަށް ވެކްސިން ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާ އެގޮތުން  ރަޝިޔާގެ ސްޕްޓްނިކް ވެކްސިންގެ ދެ ލައްކަ ޑޯޒް ގެނައުމަށް މަސައްކަތް މިހާރު ކުރަމުން ދާކަމަށެވެ.

ރައީސް ވިދާޅުވީ އެކި ގަމުތަކާއި އޮތް ގުޅުމުގެ ތެރެއިން ވެކްސިން ހޯދުމަށް ގިނަ މަސައްކަތްތަކެއް ރާއްޖެ ސަރުކާރުން ކުރަމުންދާކަމަށެވެ.

“ އަޅުގަނޑުމެން މި ދޭތެރެއިން މަސައްކަތްކޮށްފިން ބައިލެޓްރަލްކޮށް އަޅުގަނޑުމެންގެ ރައްޓެހި ޤައުމުތަކުގެ އެހީގައި ވެކްސިން ހޯދުމަށް. ޔޫރަޕްގެ ވަރަށް ގިނަ ޤައުމުތަކާއި ވާހަކަ ދެކެވިއްޖެ. އެމެރިކާއާއި ކެނެޑާއާއިވެސް ވާހަކަ ދެކެވިއްޖެ. އޮސްޓްރޭލިއާވެސް މިދަނީ ވާހަކަ ދައްކަމުން އެހެންނަމަވެސް އަޅުގަނޑުމެންނަށް ލިބިފައިވާ ޖަވާބަކީ ބައިލެޓްރަލްކޮށް އެއް ޤައުމުން އަނެއް ޤައުމަށް ދޭން އަދި ނުނިންމަމޭ. އޭގެ ބަދަލުގައި ވެކްސިން ފޯރުކޮށްދޭނީ ޑަބްލިއުއެޗްއޯ އަށޭ. ސޮޕްޓެނިކާ އެކު މަސައްކަތް ފެށެންވެސް އަންނަނީ އެގްރިމެންޓެއްގައި ސޮއިކޮށްގެން. “ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވެކްސިން ހޯދުމުގައި ގިނަ ދަތިތަކާ ކުރިމަތި ލަމުންދާން ޖެހުނު ނަމަވެސް ރައްޔިތުންނަށް ވެކްސިން ހޯދައިދިނުމަށް މެދުނުކެޑި މަސައްކަތްތައް ކުރައްވާނެކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހެލްތު މިނިސްޓަރު ހައުމަދު ނަސީމް ވިދާޅުވީ
ރަޝިޔާ ވެކްސިން ވަރަށް އަވަހަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާ ވިދާޅުވީ އެއްބަސްވުން ގާއިމުކުރެވޭތާ މަސް ދުވަސްތެރޭ ވެކްސިން ލިބޭނެ ކަމަށެވެ.

“ ވަރަށް އަވަހަށް އަޅުގަނޑުމެނަށް އެ އެގްރިމެންޓްގައި ސޮއިކުރެވޭނެ ގޮތްވާނެ. އެޓާނީ ޖެނެރަލަށް ފެނިވަޑައިގަންނަވާ ބައިތައް އެވަނީ ފޮނުވާފައި. އެކަންކަން ނިމުނުހާ އަވަހަކަށް އެގްރިމެންޓްގައި ސޮއިކުރާނަން. މިހާރު ހަމަޖެހިފައި އޮތް ގޮތުން އެގްރިމެންޓްގައި ސޮއިކުރާތާ 4 ހަފްތާތެރޭ ރާއްޖެއަށް ވެކްސިން ލިބޭނެ.“ މިނިސްޓަރ ނަސީމު ވިދާޅުވިއެވެ.

ރަޝިއާއިން ކޮވިޑް ވެކްސިން ގަތުމަށްޓަކައި 61 ގައުމަކުން އެދިފައިވާ ކަމަށް އެ ގައުމުން ދާދި ފަހުން ވަނީ ހާމަކޮށްފައެވެ.

ސްޕުޓްނިކް ވީ ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ދީފައެވެ.

ރާއްޖެއިން މިހާތަނަށް ބޭނުން ކުރަމުން ދަނީ ކޮވިޝީލްޑް އާއި އެސްޓްރަޒެނިކާ އާއި ފައިޒާ އަދި ސިނޯފާމް ވެކްސިނެވެ. ކޮވިޝީލްޑް ވެކްސިން ގިނަ ބަޔަކަށް ދީފައިވާއިރު އެ ވެކްސިން މިހާރު ވަނީ ހުސްވެފައެވެ. މިހާރު ދެމުން ގެންދަނީ ސިނޯފާމް އާއި ފައިޒާ އެވެ. ފައިޒާ ވެކްސިން ދެމުން ދަނީ ހާއްސަ ހާލަތްތަކުގައިވާ މީހުންނަށް އެކަންޏެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް