މާލެ ސިޓީގެ ބިންތަކުގެ ކުލި ކުޑަކޮށްފި

252

މާލޭ ސިޓީ ކައުންސިލުން އަމިއްލަ ވިޔަފާރިތަކަށް ދޫކޮށްފައިވާ ބިންތަކާއި ފައްތިޔާތަކާއި މާރުކޭޓް ގޮޅިތަކުން ނަގަމުން އަންނަ ކުލި އެކައުންސިލުން ކުޑަކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭ ސިޓީގެ ކުލީގެ 30 ޕަސެންޓް ކުޑަކުރުމަށް ނިންމާފައިވާކަމަށެވެ.

ކައުންސިލުންވަނީ ކާނިވާ ސަރަހައްދާއި އަދިވެސް މާލޭގެ އިތުރު ބައެއް ސަރަހައްދުތަކުގައި ވިޔަފާރިކުރަން އަމިއްލަ ބައެއް ފަރާތްތަކަށް ބިން ދޫކޮށްފައިވެ އެވެ. އަދި މާރުކޭޓް ހިންގުމަށް ވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ބިން ކުއްޔަށް ދޫކޮށްފައި ވެއެވެ.

މޭޔަރު ވިދާޅުވީ ބިންތަކުގެ ކުލި ކުޑަކުރަން ނިންމާފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާގުޅިގެން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ ލުޔެއް ދިނުމުގެ ގޮތުންނެވެ.

އެކަމަކު މި ހާލަތުން އަރައިގަނެވުމާ އެކު އަލުން ކުއްޔަށް ބަދަލު ގެންނަވާނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މާލޭގެ ޕާކިން ޒޯންތަކުން ޕްރައިވެޓް ކާރުތަކުން މިހާރު ނަގަމުން އަންނަ 3000ރ.ގެ ބަދަލުގައި 1000ރ. އަށް ކުޑަކުރަން ވެސް ކައުންސިލުން ވަނީ ނިންމާފައިވެ އެވެ. އެކަމަކު ކޮވިޑްގެ ހާލަތުން އަރައިގަނެވި އާންމު ހާލަތަށް ދިއުމާ އެކު ޕްރައިވެޓް ކާރުތަކުގެ ޕާކިން ފީގެ ގޮތުގައި 1500ރ. ނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.އޭގެ އ

މޭޔަރު މުއިއްޒުވަނީ މާރުކޭޓް ސަރަހައްދަށް ވަޑައިގެން މާރުކޭޓް ގޮޅިތަކުގައި ތިބި މީހުންނާ ބައްދަލުކޮށް އެ މީހުންގެ ޝަކުވާތައް ވެސް އަޑުއަހާފައެވެ. މޭޔަރު ޑރ މުއިއްޒު ވިދާޅުވީ ޝަކުވާތަކަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ފެށުމުގެ ކުރިން ވަގުތީ ހައްލެއް ވެސް ހޯއްދަވައިދެއްވާނެ ކަމަށެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ