ޕާކިސްތާނުން ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން ފަށައިފި: ނަމަކީ "ޕާކް ވެކް"

Loading

Facebook
Twitter
WhatsApp

ޕާކިސްތާނުން ކޮވިޑް- 19އާ ދެކޮޅަށް ބޭނުންކުރަން ”ޕާކް ވެކް“ގެ ނަމުގައި އައު ވެކްސިނެއް އުފައްދަން ފަށައިފިއެވެ.

ޕާކިސްތާނުން ”ޕާކް ވެކް“ އުފެއްދަނީ ޗައިނާގައި ވެކްސިން އުފައްދާ ކުންފުންޏަކާ ގުޅިގެންނެވެ. ޕާކިސްތާނުން އުފައްދާ ވެކްސިނަކީ ބައިނަލްއަގުވާމީ ފެންވަރުގައި ގަބޫލުކުރެވޭ އަދި ކޮވިޑް-19 އާ ދެކޮޅަށް ބޭނުން ކުރެވޭނެ ފެންވަރު ރަނގަޅު ވެކްސިނެކެވެ.

ޕާކިސްތާނުގެ ސިއްހީ ދާއިރާގެ އިސް ފަރާތްތަކުން ގަބޫލު ކުރާގޮތުގައި ޕާކިސްތާނުން ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން ފެށުމުން ބޭރު ގައުމުތަކުން ވެކްސިން ހޯދައިގެން ގައުމުން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ޕާކިސްތާނުގައި ފުރަތަމަ ބޭނުންކުރަން ފެށީ މިއަހަރުގެ ފެބުރުއަރީ މަހު ޗައިނާއިން ދިން ވެކްސިނެވެ. އެ ވެކްސިން ފުރަތަމަ ބޭނުންކުރަން ފެށީ ސިއްހީ ޚިދުމަތްތެރީންނެވެ. އޭގެ ފަހުން ވެކްސިން ދޭން ފެށީ އުމުރުން ދުވަސްވީ މީހުންނަށެވެ.

މިހާތަނަށް ޕާކިސްތާނުގެ 50 ލައްކަ މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ.

ޕާކިސްތާނުގައި ކޮވިޑް-19ގެ ކަންތައް އެންމެ އިސްކޮށް ބައްލަވަމުންދގެންދަވާ ޑޮކްޓަރ ސުލްޠާނު ފައިސަލް ވިދާޅުވީ ޗައިނާގެ އެހީގައި ޕާކިސްތާނުގައި ވެކްސިން އުފައްދަން ފެށުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށާއި ވަރަށް ބޮޑު ކާމިޔާބެއްކަމަށެވެ.

ޑޮކްޓަރ ފައިސަލް ވިދާޅުވި ގޮތުގައި ވެކްސިން ޓެސްޓުކޮށް ބަލަންޖެހޭ ހުރިހާ މަރުހަލާއެއް މިހާރު ވަނީ ކަޑައްތު ކުރެވިފައެވެ.

ހެލްތު މިނިސްޓްރީގެ އިސްބޭފުޅަކު ވިދާޅުވިގޮތުގައި ކޮންމެ މަހަކު މަދުވެގެން ޕާކިސްތާނުގައި 30 ލައްކަ ޑޯޒުގެ ވެކްސިން ތައްޔާރުކުރެވޭނެއެވެ. ފުރަތަމަ އުފައްދާ ވެކްސިންތައް ލިބޭނީ މި މަހު ކޮޅުގައެވެ. އަދި ވެކްސިން އުފައްދާ އަދަދު ކުރިއަށް އޮތްތަނުގައި އިތުރުކުރެވޭނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް