މަނާ ގަޑީގައި ވިޔަފާރިކުރާނަމަ 5000 ރުފިޔާގެ ޖޫރިމަނާއެއް

Loading

Facebook
Twitter
WhatsApp

 

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކުގެ ތެރެއިން ކަނޑައަޅާފައިވާ މަނާ ގަޑީގައި ވިޔަފާރި ކުރާނަމަ 5،000 ރުފިޔާގެ ޖޫރިމަނާއެއް ކުރަން ނިންމައިފި އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އިއްޔެ އެޅި ފިޔަވަޅުތަކަށް މާދަމައިން ފެށީގެން އަމަލުކުރަން ފަށާނެއެވެ. އާ ފިޔަވަޅުތަކުގައި ތެރޭގައި މަނާ ގަޑީގައި ވިޔަފާރި ކުރާނަމަ 5،000 ރުފިޔާގެ ޖޫރިމަނާއެއް ކުރުމަށް ވަނީހަމަޖައްސާފައެވެ.

މާދަމާއިން ފެށިގެން ޑެލިވަރީގެ ހިދުމަތް ދެވޭނީ ހެނދުނު ހަޔަކުން ރޭގަނޑު 12 އަށެވެ.

މި ނޫން ގަޑިއެއްގައި ޑެލިވަރީގެ ހިދުމަތް ދޭނަމަވެސް ޖޫރިމަނާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.
މާދަމައިން ފެށިގެން ފެށިގެން މާލެ ސަރަހަހައްދުގައި ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ކާފިއު ހިންގާނެ އެވެ. އަދި ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ބޭރަށް ނިކުމެ އުޅެވޭނީ ވެސް ފުލުހުން ދޫކުރާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެ ފާސް ދޫކުރަން ހަމަޖައްސާފައިވަނީ ކޮންމެ ގޭބީސީއަކަށް ދެ ފާހުގެ މަގުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް