ކާފިއު ނޫން ގަޑިތަކުގައި މީހުން ބޭރަށް ނުކުތުމަށް ފާސް ދޫކުރަނީ!

Loading

Facebook
Twitter
WhatsApp

މާލެ ސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން 16 ގަޑިއިރަށް ކާފިއު އިއުލާނުކޮށް ކާފިއު ނޫން ގަޑިތަކުގައި މީހުން ބޭރަށް ނުކުތުމަށްވެސް ފާސް ދޫކުރަން ފަށައިފިއެވެ.

މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، މާލެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން 26 ވަނަ ދުވަހުން ފެށިގެން ކާފިއު ނޫން ގަޑިތަކުގައި މީހުން ބޭރަށް ނުކުތުމަށް ފާސް ދޫކުރާނެ ކަމަށެވެ. އެގޮތުން މިގޮތަށް ދޫކުރަނީ ކޮންމެ ގެއަކަށް ދެ ފާސް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ މި ފާސް ދޫކޮށްފައި އޮންނަނީ އެގަޑީގައި ކޮންމެހެން ކުރަން ޖެހޭ ކަންކަން ކުރުމަށްޓަކާކަމަށެވެ.އެއާއެކު އެ ޕާސްއާއެކު ބޭރަށް ނުކުންނަ ވަގުތުތަކުގައި މާލެ ސަރަހައްދު އޮންނަނީ ދެ ޒޯނަކަށް ބަހާލާފައި ކަމަށެވެ. އެއީ ހުޅުމާލެ އަކީ ވަކި ޒޯނެއްގެ ގޮތުގައި ކަަމަށާއި، މާލެ އާއި ވިލިމާލެ އަކީ ވަކި ޒޯނެއްގެ ގޮތަށްކަމަށެވެ. އަދި މާލޭގައި ދޫކުރާ ފާސްތައް ހުޅުމާލޭގައި ބޭނުން ނުކުރެވޭނެ ކަމަށާއި ހުޅުމާލޭގައި ދޫކުރާ ޕާސްތައް މާލޭގައި ބޭނުން ނުކުރެވޭނެ ގޮތަށްވަނީ ނިންމާފައެވެ.

ޝަރީފް ވިދާޅުވީ، ބޭރަށް ނުކުންނައިރު، ފާސް ހޯދަން ވެރިފައި ކުރުމަށްޓަކައި ބޭނުން ކުރަނީ ކަރަންޓް މީޓަރު ކަމަށެވެ. އަދި ކާފިއު ނޫން ގަޑީގަ ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ގަތުމަށް ބޭރުގައި ހުއްދަ ލިބުނުކަމުގައިވިޔަސް މާލޭގައި ދިރިއުޅޭ ފަރާތްތަަށް ހުޅުމާލެ ނުދެވޭނެ ކަމަށެވެ. އަދި ހުޅުމާލެގައި އުޅޭފަރާތްތަކަށް މާލެ ނުދެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

​މާލެ ސަރަހައްދުގައި ކާފިއު އިއުލާނުކޮށްފައި ވަނީ ހަވީރު 16:00 އިން ހެނދުނު 8:00 އަށެެވެ.

އެހެންކަމުން އެ ނޫން ގަޑިތަކުގައި ކޮންމެ ގޭބިސީއަކަށް ދެ ފާސް ދޫކުރެއެވެ. އެއީ ހެނދުނު 8:00 މެންދުރު 12:00 ދޫކުރާނި ގެއަކުން އެކަކަށް ފާހެކެވެ. އަދި މެންދުރު 12:00 އިން 16:00 އަށް އެއްފާހެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް