އަމާނާ ތަކާފުލް އިން އަހަރުގެ ފައިދާއިން ހިއްސާ ބަހަން ނިންމައިފި

Loading

Facebook
Twitter
WhatsApp

 

 

 

އަމާނާ ތަކާފުލްގެ މިދިއަހަރުގެ ފައިދާއިން ހިއްސާދާރުންނަށް 15 ޕަސެންޓް ބަހަން ނިންމައިފިއެވެ.

އެ ކުންފުނިން ހިއްސާ ބަހަން ނިންމީ އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އިއްޔެއެވެ.

އަމާނާ ތަކާފުލް އިން ބުނީ ބަހަންނިންމީ މިދަޔަ ނޮވެމްބަރު މަހުގެ އިންޓެރިމް ފައިދާގެ ގޮތުގައި ދޫކޮށްފައިވާ  7.5 ޕަސެންޓާ އެކު މިދިޔަ އަހަރު  ޖުމްލަ ފައިދާގެ ގޮތުގައި 15 ޕަސެންޓާ އެކުއެވެ.

އަމާނަ ތަކާފުލްއަށް މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 23 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޖުމްލަ އާމްދަނީގެ ގޮތުގައި 127 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2019 ވަނަ އަހަރަށް ބަލާއިރު 7 ޕަސެންޓް ދަށް އަދަދަކަށްވިއަސް ދުނިއެއަށް ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމަށް ބަލާއިރު ރަނގަޅު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ދެކެއެވެ.

ކުންފުނީގެ ޗެއަރމަން، ތައްޔިބު އަކުބަރު އަލީ ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން ދުނިއެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއިއެކު ސިއްހީ ކުއްލިނުރައްކަލުގެ ހާލަތާއެކު މިފަހަރުވެސް އަމާނަ ތަކާފުލް މޯލްޑިވްސްއިން މާލީގޮތުން އެކަށޭނެ ނަތީޖާއެއް ހާސިލްކޮށްފައިވާ ކަމަށާ  ކުންފުނީގެ ޖުމްލަ އާމްދަނީ ދަށްވި ނަމަވެސް ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބިފައިވާ އާމްދަނީ 60 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.
ކުންފުނިތަކާއި ގުޅޭ ކަންކަން ބަލަހައްޓަން ސަރުކާރުގެ އިދާރާތަކުން ހަދާފައިވާ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައިވާ ކަންކަން ފުރިހަމަ ކުރުމަށްޓަކައި އަމާނާތަކާފުލްއިން ވަނީ ކުންފުނީގެ އާޓިކަލްސް އޮފް އެސޯސިއޭޝަނަށް ބަދަލުތަކެއް ގެނެސްފައެވެވެ. އެގޮތުން އެކުންފުނީގެ އާންމު ޖަލްސާގައިވަނީ ދެ އިންޑިޕެންޑެންޓް ޑިރެކްޓަރުން ބޯޑަށް އައްޔަންކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް