ކޮރޯނާ ވައިރަހުން ދިފާއުވާން ވެކްސިން ހޯދަން ސާކުގެ ގައުމުތަކުން ޗައިނާއާ ގުޅެނީ

ސްރީލަންކާއާއި ބަނގްލާދޭޝް ފަދަ ދެކުނު އޭޝިއާގެ ގައުމުތަކުން، ކޮރޯނާ ވައިރަހުން ރައްކައުތެރިވާން ޖަހާ ވެކްސިން ހޯދަން، ޗައިނާގެ ފަހަތުގައި ސަފު ހަދަން ފަށައިފިއެވެ. ބޭނުމަކީ ކޮންމެ ގައުމަކަށް ވެސް ގިނަ އަދަދަކަށް ބޭނުންވެފައިވާ ވެކްސިން ފުރިހަމަ ޔަގީންކަމާއެކު، މިލިއަނުން މިލިއަނުން ވެކްސިން އުފައްދަމުންދާ، ޗައިނާއިން އިތުބާރު ހުރި ގޮތެއްގައި ހޯދުމެވެ. ސިޔާސީ ކަންތައްތައް ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި ވެކްސިން ހޯދަން އިންޑިއާ ކަނޑުގެ ގައުމުތަކުން ޗައިނާކޮޅަށް ޖެހުމަކީ، އިންޑިއާކަނޑުގައި ބާރާއި ނުފޫޒު ފެތުރުމަށް ޗައިނާއަށް ލިބޭ […]

އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ގާއިމް ކުރަން އުޅޭތީ ދުންޔާ ކަންބޮޑުވުން ފާޅުކޮށްފި

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމު ކުރުމަށް އިންޑިއާއިން ނިންމުމާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. ދުންޔާ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ރާއްޖޭގައި ގައުމެއްގެ ކޮންސިއުލޭޓް އޮފީހެއް ގާއިމުކުރާނަމަ އެކަން ހާމަކުރަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށެވެ. ނަމަވެސް ދިވެހި ސަރުކާރުން ރައްޔިތުންނާ ހިއްސާކުރުމުގެ ކުރީން އިންޑިއާއިން އެފަދަ މައުލޫމާތެއް އާންމު ކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ދުންޔާ ވިދާޅުވިއެވެ. އިންޑިއާގެ ނިއުދިއްލީގައި ރާއްޖޭގެ ހައިކޮމިޝަނެއް […]

މީރާއަށް ދައްކަންޖެހޭ ޓެކްސް އާއި ފީ ދެއްކުން ފަސްކޮށްދީފި

މޯލްޑިވްސް އައިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކުހާއި ފީތައް ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދީފި އެވެ. މީރާ އިން ބުނީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އަޅާފައިވާ މި މުއްދަތުގައި ޓެކްހާއި އެހެނިހެން ފީތައް ދައްކަންޖެހޭ ސުންގަޑި އަންނަ މަހުގެ 10 އަށް ފަސްކޮށް ދީފައިވާ ކަމަށެވެ. ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ މުއްދަތު އަންނަ މަހުގެ އަށް ވަނަ ދުވަހުގެ […]

ކޮވިޑް-19: ހާލަތުބަލަން ކޮންމެ އަތޮޅަކަށް މަންދޫބެއް

  ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ އަތޮޅުތަކުގެ ހާލަތު ބެލުން އިތުރަށް ހަރުދަނާކުރުމަށް ކޮންމެ އަތޮޅަކަށް މަންދޫބެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ހަމަޖައްސަވައިފި އެވެ. ހެލްތު މިނިސްޓްރީން ބުނީ މަންދޫބުންގެ ގޮތުގައި ކަނޑއެޅީ އެކި މިނިސްޓްރީތަކުން ސްޓޭޓް މިނިސްޓަރެއް ނުވަތަ ޑެޕިއުޓީ މިނިސްޓަރެއް ކަމަށެވެ. އަދި މިބޭފުޅުން މަސައްކަތްކުރައްވާނީ ކައުންސިލްތަކާއި، ޓާސްކްފޯސްތަކާއި ގުޅިގެން ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ އެއަތޮޅެއްގައި ކޮވިޑް-19 ކޮންޓްރޯލްކޮށް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި ހުރި މައްސަލަތަކާއި ދަތިތައް […]

ކޯވިޑް19: މާލެއިން ފައްސިވާ މީހުންގެ އަދަދު މަދުވަނީ!

ހަރުކަށި ފިޔަވަޅުތަކާއެކު މާލޭގައި ކާފިއު ހިންގަން ފެށިފަހުން ފައްސިވާ މީހުންގެ އަދަދުތައް މަދުވަން ފަށައިފިއެވެ. މިއަދު ރާއްޖެއިން ކޯވިޑް19 އަށް ފައްސިވެފައިވަނީ 901 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 417 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 11 މީހަކާއި ތަރައްޤީ ކުރަމުން އަންނަ ރަށްތަކުން 4 މީހެއްގެ އިތުރުން ސިނާޢީ މަސައްކަތް ކުރަމުން އަންނަ ރަށަކުން މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 468 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު […]

ހަރުކަށިފިކުރުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި

ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް ފުލުހުން ހިންގަމުންއަންނަ އޮޕަރޭޝަނެއްގެ ދަށުން އިތުރު ތިން މީހަކު ހައްޔަރު ކޮށްފި އެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. އަދި އަނެއް މީހާ ހައްޔަރުކުރީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. ހައްޔަރުކުރި މީހުންގެ މައުލޫމާތު މިހާތަނަށް ފުލުހުން އާންމު ކޮށްފައި ނުވި ނަމަވެސް މައުލޫމާތު ލިބޭގޮތުގައި މި ތިން މީހުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިޒަމްގެ ހަމަލާއާއި ގުޅުންހުރެގެން […]

ހުޅުމާލޭގައި 2000 ހައުސިން ޔުނިޓްއަޅަން އަނެއްކާވެސް އިންޑިއާގެ ކުންފުންޏަކަށް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،000 ހައުސިން ޔުނިޓް އިމާރާތްކުރުމަށް އަނެއްކާވެސް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ. ސޯޝަލް ހައުސިންގ ގޮތުގައި ތަރައްގީ ކުރާ މި ހައުސިންގ ޔުނިޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަޝޯކާ ބިލްޑްކޮން ލިމިޓެޑާއެވެ. ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ދޯދައިދިނުމަށް ސަރުކާރުން އުފައްދާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން ( އެފްޑީސީ) އާއި  އަޝޯކާ ބިލްޑްކޮން ލިމިޓެޑާ އިއްޔެ ވަނީ އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރުމަށް ހަމަޖައްސާފައިވާ މި ހައުސިންގ ޔުނިޓްގެ މަސައްކަތް […]

ޔޫރޯ 2020ގެ ރާއްޖޭގެ އެކްސްކްލޫސިވް ބްރޯޑްކާސްޓަރަކަށް ރާއްޖެ ޓީވީ ހަމަޖެހިއްޖެ

އަންނަ މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފާ ޔޫރޯ 2020 ގެ ރާއްޖޭގެ އެކްސްކްލޫސިވް ބްރޯޑްކާސްޓަރަކަށް ރާއްޖެ ޓީވީ ހަމަޖެހިއްޖެއެވެ. މިކަންވަނީ ރާއްޖެ އެމްވީގެ ވެބްސައިޓުގައި ހާމަކޮށްފައެވެ. އެފަރާތުން ބުނެފައިވާ ގޮތުގައި މިކަމާއި ގުޅުންހުރި ހުރިހާ އެއްބަސްވުންތަކެއްގައި ހުސްވި ހަފްތާގެ ތެރޭގައި ވަނީ ސޮއިކޮށް ނިމިފައެވެ. ”ޔޫރަޕުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ޔޫރޯގެ އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ގަނެ، މުބާރާތުގެ ހުރިހާ މެޗެއް ރާއްޖެޓީވީން ދެއްކުމަށް ނިންމީ އިގުތިސޯދީ ގޮތުން މުޅި ރާއްޖެއަށްވެސް ނުހަނު ދަތި […]

ޗައިނާގެ ސައިނޯ ފާމަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެންމެ ރަނގަޅު އެއް ވެކްސިން

ޗައިނާއިން އުފައްދާފައިވާ ސައިނޯފާމަކީ ކޮވިޑް-19އާ ދެކޮޅަށް ކާމިޔާބު ކަމާއެކު ބޭނުންކުރަން ރައްކައުތެރި ވެކްސިންއެއްކަމުގައި އެމެރިކާގައި ނެރޭ ސިއްހީ މައުލޫމާތު ފަތުރާ މަޖައްލާއަކުން ބުނެފިއެވެ. ޖާނަލް އޮފް އެމެރިކަން މެޑިކަލް އެސޯސިއޭޝަންގައި ޝާއިޢު ކޮށްފައިވާ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި ސައިނޯފާމްއިން ކޮރޯނާ ވައިރަހާ ދެކޮޅަށް 72-78 ޕަސެންޓާ ދެމެދުގެ އަދަދަކަށް ރައްކައުތެރިކަން ފޯރުކޮށްދެއެވެ. އެ ރިޕޯޓަކީ ސައިނޯފާމާ ބެހޭ ގޮތުން ހެދި ދިރާސާއަކަށް ފަހު ލިޔެފައިވާ ރިޕޯޓެކެވެ. އެ ދިރާސާ ކުރީ ޔުނައިޓެޑް އަރަބި އެމެރޭޓްސްއާއި ބަހުރޭނާއި މިސްރާއި […]

”ރާދޭ“އަކީ ނާކާމިޔާބު ފިލްމެއްކަމަށް ސަލްމާން ޚާންގެ ބައްޕަ ބުނެފި

ފިލްމު ”ރާދޭ“އަކީ ކާމިޔާބު ފިލްމެއްކަމަށް އަޑުފަތުރަން ގިނަގުނަ މަސައްކަތްތަކެއް ސަލްމާން ޚާން ކުރަމުން ދަނިކޮށް ”ރާދޭ“ އަކީ ނާކާމިޔާބު ފިލްމެއްކަމުގައި ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާން ބުނެފިއެވެ. ”ރާދޭއަކީ ރަނގަޅު ފިލްމެއް ނޫން!“ ފިލްމީ ވާހަކަ ލިއުމަށް މަޝްހޫރު ސަލީމް ޚާން ބުންޏެވެ. އޭނާ ބުނި ގޮތުގައި ”ރާދޭ“އަކީ މޮޅު ފިލްމަކަށް ނުވިޔަސް ބެލުންތެރިން އިތުރުކޮށްގެން ފިލްމަށް ގިނަ ފައިސާ ހޯދުމަކީ ފިލްމު އުފެއްދި މީހުންގެ ކަމެއްކަމަށެވެ. އަދި ސަލްމާންގެ ”ދަބަންގް ތްރީ“އާއި ”ބަޖްރަންގީ ބާއީ […]