ޗައިނާގެ ސައިނޯ ފާމަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެންމެ ރަނގަޅު އެއް ވެކްސިން

Loading

Facebook
Twitter
WhatsApp

ޗައިނާއިން އުފައްދާފައިވާ ސައިނޯފާމަކީ ކޮވިޑް-19އާ ދެކޮޅަށް ކާމިޔާބު ކަމާއެކު ބޭނުންކުރަން ރައްކައުތެރި ވެކްސިންއެއްކަމުގައި އެމެރިކާގައި ނެރޭ ސިއްހީ މައުލޫމާތު ފަތުރާ މަޖައްލާއަކުން ބުނެފިއެވެ.

ޖާނަލް އޮފް އެމެރިކަން މެޑިކަލް އެސޯސިއޭޝަންގައި ޝާއިޢު ކޮށްފައިވާ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި ސައިނޯފާމްއިން ކޮރޯނާ ވައިރަހާ ދެކޮޅަށް 72-78 ޕަސެންޓާ ދެމެދުގެ އަދަދަކަށް ރައްކައުތެރިކަން ފޯރުކޮށްދެއެވެ. އެ ރިޕޯޓަކީ ސައިނޯފާމާ ބެހޭ ގޮތުން ހެދި ދިރާސާއަކަށް ފަހު ލިޔެފައިވާ ރިޕޯޓެކެވެ. އެ ދިރާސާ ކުރީ ޔުނައިޓެޑް އަރަބި އެމެރޭޓްސްއާއި ބަހުރޭނާއި މިސްރާއި އުރުދުންގައި އެ ވެކްސިން ބޭނުންކުރި މީހުން ބޭނުންކޮށްގެންނެވެ.

ސައިނޯފާމްގެ ފުރަތަމަ ޑޯޒު ޖެހުމަށް ފަހު ދެވަނަ ޑޯޒު ޖަހަން ޖެހެނީ 14 ދުވަސް ފަހުންނެވެ.

ސައިނޯފާމަކީ ކޮރޯނާ ވައިރަހާ ދެކޮޅަށް ބޭނުންކުރަން ފައިދާ ހުރި ވެކްސިނެއްކަން އެކި ގައުމުތަކުގައި ދިރާސާ ކުރުމުގެ ކުރިން ވެސް އެ ވެކްސިން ވަރަށް ގިނަ ގައުމުތަކުގައި ބޭނުން ކުރަމުން ދިޔައެވެ. ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި އެ ދިރާސާގެ ނަތީޖާއަށް ބަލައި ވަރަށް ގިނަ އެހެން ގައުމުތަކުން އެ ވެކްސިން ހޯދުމަށް ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރަމުން ދާނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް