ކޮވިޑް-19: ހާލަތުބަލަން ކޮންމެ އަތޮޅަކަށް މަންދޫބެއް

89

 

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ އަތޮޅުތަކުގެ ހާލަތު ބެލުން އިތުރަށް ހަރުދަނާކުރުމަށް ކޮންމެ އަތޮޅަކަށް މަންދޫބެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ހަމަޖައްސަވައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ މަންދޫބުންގެ ގޮތުގައި ކަނޑއެޅީ އެކި މިނިސްޓްރީތަކުން ސްޓޭޓް މިނިސްޓަރެއް ނުވަތަ ޑެޕިއުޓީ މިނިސްޓަރެއް ކަމަށެވެ. އަދި މިބޭފުޅުން މަސައްކަތްކުރައްވާނީ ކައުންސިލްތަކާއި، ޓާސްކްފޯސްތަކާއި ގުޅިގެން ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ އެއަތޮޅެއްގައި ކޮވިޑް-19 ކޮންޓްރޯލްކޮށް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި ހުރި މައްސަލަތަކާއި ދަތިތައް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރަށާ އަދި ކަމާއި ގުޅުންހުރި ފަރާތްތަކުގެ ސަމާލުކަމަށް އެބޭފުޅުން ގެނެސްދެއްވާނެ ކަމަށެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު ނުރައްކާތެރި ހިސާބަކަށް ދިއުމާއި ގުޅިގެން ސަރުކާރުން ވަނީ ރައްކާތެރިކަމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލެ ސަރަހައްދުގެ އިތުރުން 72 ރަށެއްގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ.

2 ހިޔާލުތައް

  1. ކޮލަރާގެ ދުވަސްވަރު ދެތިން ފިބާ އަކާއި ޕިން ފޮށްޓަކާ އަދި ވޯކީޓޯކީއަކާއި ރޭޑިއޯ ސެޓެއް ހިފައިގެން އިނދެ މަރުޙޫމު ސައިކުރާ ނަޢީމު ކުރިވަރު މިއަދު މިތައުލީމީ ޓެކުނޮލެޖީގެ ދުވަހު ނުކުރެވުނު.ވަޅުތަކަށް ބޭސް އަޅާ.ބޭސް ކާންދީ ބަލިމީހުން ބަލަހައްޓާ ދުވަހުން ދުވަހަށް ރައީސަށް ރިޕޯޓު ދިން.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ