ކޯވިޑް19: މާލެއިން ފައްސިވާ މީހުންގެ އަދަދު މަދުވަނީ!

Loading

Facebook
Twitter
WhatsApp

ހަރުކަށި ފިޔަވަޅުތަކާއެކު މާލޭގައި ކާފިއު ހިންގަން ފެށިފަހުން ފައްސިވާ މީހުންގެ އަދަދުތައް މަދުވަން ފަށައިފިއެވެ.

މިއަދު ރާއްޖެއިން ކޯވިޑް19 އަށް ފައްސިވެފައިވަނީ 901 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 417 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 11 މީހަކާއި ތަރައްޤީ ކުރަމުން އަންނަ ރަށްތަކުން 4 މީހެއްގެ އިތުރުން ސިނާޢީ މަސައްކަތް ކުރަމުން އަންނަ ރަށަކުން މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 468 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 61,844 އަށް އަރައިފައެވެ. އޭގެ ތެރޭގައި 24,818 އެކްޓިވް ކޭސް ހިމެނޭއިރު 252 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިހާތަނަށް ރާއްޖެ އިން 155 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 36,862 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް