"ރާދޭ"އަކީ ނާކާމިޔާބު ފިލްމެއްކަމަށް ސަލްމާން ޚާންގެ ބައްޕަ ބުނެފި

Loading

Facebook
Twitter
WhatsApp

ފިލްމު ”ރާދޭ“އަކީ ކާމިޔާބު ފިލްމެއްކަމަށް އަޑުފަތުރަން ގިނަގުނަ މަސައްކަތްތަކެއް ސަލްމާން ޚާން ކުރަމުން ދަނިކޮށް ”ރާދޭ“ އަކީ ނާކާމިޔާބު ފިލްމެއްކަމުގައި ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާން ބުނެފިއެވެ.

”ރާދޭއަކީ ރަނގަޅު ފިލްމެއް ނޫން!“ ފިލްމީ ވާހަކަ ލިއުމަށް މަޝްހޫރު ސަލީމް ޚާން ބުންޏެވެ.

އޭނާ ބުނި ގޮތުގައި ”ރާދޭ“އަކީ މޮޅު ފިލްމަކަށް ނުވިޔަސް ބެލުންތެރިން އިތުރުކޮށްގެން ފިލްމަށް ގިނަ ފައިސާ ހޯދުމަކީ ފިލްމު އުފެއްދި މީހުންގެ ކަމެއްކަމަށެވެ. އަދި ސަލްމާންގެ ”ދަބަންގް ތްރީ“އާއި ”ބަޖްރަންގީ ބާއީ ޖާން“އަކީ ”ރާދޭ“އާ އަޅައި ބަލާއިރު ތަފާތު ފިލްމުތަކެއް ކަމުގައި ވެސް އޭނާ ހާމަކުރިއެވެ.

”ރާދޭ“އަކީ ކާމިޔާބު ފިލްމަކަށް ހަދަން ސަލްމާން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެހެންވެ އެއީ މޮޅު ފިލްމެއް ނޫންކަމަށް ބުނެ ވާހަކަދައްކާ މީހުންނާއި ފިލްމަށް ފާޑުކިޔައި ލިޔެ އުޅޭ މީހުންނާ ދެކޮޅަށް ތަފާތު ފިޔަވަޅު އަޅަމުންނެވެ. ބައެއް މީހުންނާ މެދު އަބުރުގެ ދައުވާވެސް ކުރަމުން އެބަގެންދެއެވެ.

”ރާދޭ“އަކީ ނާކާމިޔާބު ފިލްމެކޭ ބުނުމުން ބައްޕައާ މެދު ސަލްމާން އަޅާނެ ފިޔަވަޅެއް އަދި ނޭނގެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް