މީރާއަށް ދައްކަންޖެހޭ ޓެކްސް އާއި ފީ ދެއްކުން ފަސްކޮށްދީފި

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް އައިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކުހާއި ފީތައް ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދީފި އެވެ.

މީރާ އިން ބުނީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އަޅާފައިވާ މި މުއްދަތުގައި ޓެކްހާއި އެހެނިހެން ފީތައް ދައްކަންޖެހޭ ސުންގަޑި އަންނަ މަހުގެ 10 އަށް ފަސްކޮށް ދީފައިވާ ކަމަށެވެ.
ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ މުއްދަތު އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.އަދި އާންމުން ބޭރަށް ނުކުމެ އުޅުން މަދުކުރުމުގެ ހާއްސަ ފިޔަވަޅުތަކެއް ވެސް ވަނީ އަޅާފައެވެ.

ޓެކްސްގެ ސުންގަޑިތައް ފަސްކޮށްދީފައިވާއިރު، މީރާއިންވަނީ އެ އޮތޯރިޓީއަށް ދައްކަން ޖެހޭ ޓެކުހާއި ފީތައް އެ އޮތޯރިޓީގެ އޮންލައިން ހިދުމަތް މީރާ ކަނެކްޓް އަދި ވާރުޕޭ މެދުވެރިކޮށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސާފައެވެ.

މީރާއިން ފޯރުކޮށްދޭ އެހެނިހެން ޙިދުމަތްތައްވެސް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު، ހުރިހާ ފަރާތްތަކުންވެސް އޮންލައިންކޮށް ހިދުމަތްތައް ހޯދުމަށް މީރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އޮފީސްތައް ބަންދުކޮށް، މާލެ ސަރަހައްދުގައި ކާފިއުގެ ވަގުތު ވަނީ އިތުރުކޮށްފައެވެ. އެގޮތުން ކުރިން ހަވީރު 4:00އިން ފަތިހު 4:00އަށް އޮތް 12 ގަޑިއިރުގެ ކާފިއު މިހާރު ވަނީ ހެނދުނު 8:00އާ ހަމައަށް އިތުރުކޮށްފައެވެ. އަދި މާލެ ސަރަޙައްދުގައި ބޭރަށް ނިކުމެ އުޅެވޭނީ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް