އުތުރު ތިލަފަޅު އެއްބަސްވުން: ބަރު ހަތިޔާރާއެކު ސިފައިން ނިކުތަސް އޭގައި ހުރިއެއްޗެއް ނެތް އެއްޗަކަށް ނުވާނެ އަދި ނެތް އެއްޗެއް ހުރި އެއްޗަކަށް ނުވާނެ

ބަރު ހަތިޔާރާއެކު ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ނިކުތަސް، އުތުރު ތިލަފަޅު އެއްބަސްވުމުގައި ހުރި އެއްޗެއް ނެތް އެއްޗަކަށް އަދި ނެތް އެއްޗެއް ހުރިއެއްޗަކަށް ނުވާނެއެވެ. މައްސަލައަކީ ޢުމަރު ނަސީރެއްނޫނެވެ. މައްސަލައަކީ އިދިކޮޅު ޕާޓީތަކާއި އެ ޕާޓީތަކުގެ މެންބަރުންނެއް ވެސް ނޫނެވެ. އަދި މައްސަލައަކީ ނޫސްވެރިންނެއް ވެސް ނޫނެވެ. މައްސަލައަކީ ކަން ކުރާ ގޮތެވެ. މައްސަލައަކަށް ވެގެން މިއުޅެނީ ރައްޔިތުންނަށް ވާއެއް ނުވާއެއް ނޭނގުމެވެ. ފެބްރުއަރީ 21 ގައި އިންޑިޔާ އާއި ރާއްޖެ އިން ސޮއިކުރި އުތުރު […]

8000  ފަރާތެއްގެ ވޯޓްގެ ސިއްރުކަން ގެއްލޭގޮތަށް ރި ރެޖިސްޓަރކޮށްފައިވޭ: ޝަރީފް

      ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް 8،000 މީހުން ރީރަޖިސްޓްރީކޮށްފައި ވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. މި އިންތިހާބުގެ ރީރަޖިސްޓްރޭޝަނަށް މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހާ ހަމައަށް މުއްދަތު ހަމަވިއިރު އެ ކޮމިޝަނަށް 26،750 ފޯމް ވަނީ ހުށަހަޅާފައެވެ. ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރި ރަޖިސްޓްރޭޝަން ނިމުނު […]

ކުޑަހުވަދުއިން ފެބްރުއަރީ 26ގެ ފަހުން ފުރި މީހުން އަންގަން އެދިއްޖެ!

ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ފަހުން ​ދ. ކުޑަހުވަދޫގައި އުޅުމަށްފަހު އެހެން ރަށަކަށް ގޮސްފައިވާ ފަރާތްތައް އަންގައިދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އެދިއްޖެ އެވެ. ކުޑަހުވަދޫ އެއާޕޯޓުގައި މަސައްކަތްކުރާ ހަ މީހެއްގެ ކިބައިން ކޮވިޑްގެ އަލާމާތްތައް ފެނިގެން ނެގި ސާމްޕަލްތައް މިއަދު ވަނީ ޕޮޒިޓިވްވެފަ އެވެ.​ މިކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށް ކުޑަހުވަދޫ ވަނީ މޮނީޓަރިންއަށް ލާފަ އެވެ. ​އެޗްޕީއޭއިން ބުނީ ފެބްރުއަރީ 26ގެ ފަހުން ކުޑަހުވަދުއިން އެހެން ރަށަކަށް ގޮސްފައިވާ ފަރާތްތަކުން […]

ކޯވިޑް19: މިއަދު ފެނުނީ އިތުރު 142 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 142 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 11 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 19 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 112 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 21,961 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,371 އެކްޓިވް ކޭސް ހިމެނޭއިރު، 118 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ […]

ރާއްޖެ އިން އިތުރު 1,366 މީހަކަށް ވެކްސިން ދީފި!

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން މިއަދު 1,366 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދާ ވެކްސިން އަކީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ލިބިފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މިއަދު ވެކްސިން ދިން އެންމެނަށް ވެސް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ. މާލެ ސަރަހަށްދުން މިހާތަނަށް 121,630 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އަދި އަތޮޅު ތެރެއިން މިހާތަނަށް 94,222 މީހުންނަށް ވަނީ ވެކްސިނަދީފައެވެ. […]

ގެސްޓްހައުސް ވިޔަފާރީގައި ބިދޭސިން ހިއްސާވެގެން ހިންގޭގޮތް ހަދައިފި

  ގެސްޓުހައުސްތަކުގެ ވިޔަފާރީގައި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ބައިވެރިވެވޭގޮތަށް ދިވެހި ރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދު އިސްލާހްކޮށްފި އެވެ. ޓޫރިޒަމް މިނިސްޓްރީން މިއަދު ގެޒެޓް ކުރި އިސްލާހުގައި ވާގޮތުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރެވޭނީ، ދިވެހި ރައްޔިތުންނަށާއި، ޕާރޓްނަރޝިޕްގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕާޓްނަރޝިޕްތަކަށާއި، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ކުންފުނިތަކަށެވެ. އެގޮތުން، ރާއްޖެއިން ބޭރުގެ ފަރާތްތަކުން ހިއްސާވާ ކުންފުނިތަކަށާއި ޕާޓްނަރޝިޕްތަކަށް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދެވޭނީ، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގައި […]

ހަފުތާއަކު ރަސްމީ ދުވަހުގެ ގޮތުގައި 4 ދުވަސް ހެދުމަށް ސްޕެއިނުން ނިންމަނީ

ކޮރާނާ ވައިރަހުގެ ސަބަބުން މުޅި ދުނިޔެ ފުރަބަންދަކަށް ދިޔުން ވެގެން ދިޔައީ ހުރިހާ ގައުމަކަށްވެސް ދިމާވި ބޮޑު އިމްތިހާނަކަށެވެ. މިކަން ވެގެން ދިޔައީ މަސައްކަތް ކުރުމުގެ މާހައުލަށާއި ވައްޓަފާޅިއަށް ބޮޑު އިންގިލާބެއް ގެނުވި ކަމަކަށެވެ. ހަފްތާއަކު އެންމެ 4 ދުވަހު ވަޒީފާއަށް ނިކުންނަން ޖެހޭގޮތަށް ގައުމުގެ ހާލަތު ބަދަލުކުރުމަށް ސްޕެއިންއިން މިހާރު ދަނީ ތައްޔާރުވަމުންނެވެ. ހަފްތާއަކު އެންމެ 32 ގަޑިއިރު މަސައްކަތް ކުރާގޮތަށް ހަދައިފިނަމަ މީހުންގެ ދިރިއުޅުމާއި މަސައްކަތުގެ ފެންވަރަށް އަންނާނީ ކޮންކަހަލަ ބަދަލެއްކަމެއް ލަފާކުރާކަށް އަދި […]

ރައީސް ޓްރަމްޕްގެ ކުށްތައް ތަކުރާރުނުކޮށްފިނަމަ ނިއުކްލިއަ ހަތިޔާރާ ބެހޭގޮތުން ވާހަކަ ދެއްކިދާނެ: އީރާން

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިރާނާ ދެކޮޅަށް އަޅުއްވާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ ނިއުކުލިއަރ ހަތިޔާރު އުފެއްދުމާ ގުޅޭގޮތުން ސުލްހަވެރި ކަމާއެކު ވާހަކަ ދެއްކިދާނެ ކަމަށް އިރާނުގެ ޚާރިޖީ ވަޒީރު މުޙަންމަދު ޖަވާދު ޒަރީފު ވިދާޅުވެއްޖެއެވެ. ހޯމަދުވަހު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން، ނިއުކްލިޔާ ހަތިޔާރާ ބެހޭގޮތުން އެމެރިކާއާއި އިރާނާ ދެމެދު ސުލްހަވެރި އެއްބަސްވުމަކާ ހިސާބަށް އާދެވިދާނެކަމަށް ވެސް މުޙައްމަދު ޖަވާދު ވިދާޅުވިއެވެ. އިރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ސަޢީދު ޚާތިބްޒަދެހް ވަނީ ކުރިން އޮތް ގޮތަށް […]

ހުރިހާ ރަށަކަށް ބޭނުންވާނެ އެމްބިއުލާންސް ޖޫންމަހާއި ހަމައަށް ހަމަވާނެ: ނަސީމް

  ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ އެންބިއުލާންސް މިއަހަރުގެ ޖޫން މަހާއި ހަމައަށް ހަމަވާނެކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ. މަކުނުދޫ ދާއިރާގެ ރަށްތަކަށް އެމްބިއުލާސް ލިބިފައި ނުވާތީ އެކަމާ ގުޅެގޮތުން އެ ދާއިރާގެ މެންބަރު މުހައްމަދު ރާއީ  ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު ނަސީމް މިއަދު  މަޖިލީހުގައި ވިދާޅުވީ ކުދި ރަށްތަކަށް ބަލަންޖެހޭ ވަރަށް ބެލިފައި ނުވާކަމަށާ ނަމަވެސް މިފަހަރު އެހެން ނުވާނެކަމަށެވެ. “ އަޅުގަނޑުމެން ހާއްސަގޮތެއްގައި މިހާރު   މިބަލަނީ […]

ޗެޕްޕިއަންސް ލީގް: ރިއާލްމެޑްރިޑާއި މެންޗެސްޓަރ ސިޓީ ކުއާޓާއަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ’ރައުންޑް އޮފް 16‘ ގެ މެޗްތަކުން ކުރިހޯދާ، ރިއާލް މެޑްރިޑާއި މެންޗެސްޓަރ ސިޓީ ކުއާޓާރ ފައިނަލަށް ދަތުރުކޮށްފިއެވެ. ރިއާލްއިން އެޓްލާންޓާގެ މައްޗައް 4-1 އެގްރިގޭޓުން ކުރި ހޯދިއިރު، ސިޓީއިންވެސް ވަނީ އެގްރިގޭޓުން 4-0އަކުން ކުރިހޯދާ ކުއާޓަރ ފައިނަލް ޔަގީންކޮށްފައެވެ. ރިއާލްއިން ރޭގެ މެޗްގެ ފުރަތަމަ ގޯލް 34 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ކަރިމް ބެންޒެމާ އެވެ. ބެންޒިމާގެ ފަރާތުން މިމެޗުގައި ނުރައްކާތެރި ހަމަލާތަކެއް ފެނިގެން ގޮސްފައި ވެއެވެ. ރިއާލްގެ ދެވަނަ ގޯލް […]