ހަފުތާއަކު ރަސްމީ ދުވަހުގެ ގޮތުގައި 4 ދުވަސް ހެދުމަށް ސްޕެއިނުން ނިންމަނީ

Loading

Facebook
Twitter
WhatsApp

ކޮރާނާ ވައިރަހުގެ ސަބަބުން މުޅި ދުނިޔެ ފުރަބަންދަކަށް ދިޔުން ވެގެން ދިޔައީ ހުރިހާ ގައުމަކަށްވެސް ދިމާވި ބޮޑު އިމްތިހާނަކަށެވެ. މިކަން ވެގެން ދިޔައީ މަސައްކަތް ކުރުމުގެ މާހައުލަށާއި ވައްޓަފާޅިއަށް ބޮޑު އިންގިލާބެއް ގެނުވި ކަމަކަށެވެ.

ހަފްތާއަކު އެންމެ 4 ދުވަހު ވަޒީފާއަށް ނިކުންނަން ޖެހޭގޮތަށް ގައުމުގެ ހާލަތު ބަދަލުކުރުމަށް ސްޕެއިންއިން މިހާރު ދަނީ ތައްޔާރުވަމުންނެވެ. ހަފްތާއަކު އެންމެ 32 ގަޑިއިރު މަސައްކަތް ކުރާގޮތަށް ހަދައިފިނަމަ މީހުންގެ ދިރިއުޅުމާއި މަސައްކަތުގެ ފެންވަރަށް އަންނާނީ ކޮންކަހަލަ ބަދަލެއްކަމެއް ލަފާކުރާކަށް އަދި ނޭނގެއެވެ. ސްޕެއިންއަކީ މިކަން ދިރާސާކުރުމުގެ މަސައްކަތް ފަށަން ގަސްތުކުރި ފުރަތަމަ ގައުމެވެ.

މަސައްކަތަށް ނިކުންނަން ޖެހޭ ވަގުތު މަދުވިޔަސް އެއްވެސް މުވަޒަފެއްގެ މުސާރައަކަށް ބަދަލެއް ނާންނާނެއެވެ.

ރަސްމީ ދުވަސްތަކަށް މި ބަދަލުގެނައުމުގެ ޚިޔާލު ހުށަހަޅާފައިވަނީ މަޢާސް ޕައާސް ކިޔާ ޖަމިއްޔާއަކުންނެވެ. އެމީހުން ބުނި ގޮތުގައި ހަފްތާއެއްގެ ތެރޭގައި ވަޒީފާއަށް ނިކުންނަން ޖެހޭ ވަގުތު މަދުކުރުމުން މީހުން ބައްޔަށް ހުށަހެޅޭ ނިސްބަތް ދަށްވުމުގެ އިތުރުން ކުރާ މަސައްކަތުގެ ފެންވަރު ކުރިއަށްވުރެ ރަނގަޅު ވާނެއެވެ.

ސަރުކާރަށް މިކަން ހުށަހަޅައި ކަމާބެހޭ މަޝްވަރާތައް މިހާރު ކުރިއަށް އެބަދެއެވެ. އަވަސް މުސްތަގުބަލެއްގައި ސްޕެއިންގައި ރައްޔިތުން ހަފުތާއަކު 4 ދުވަހު ވަޒީފާއަށް ނިކުންނަގޮތަށް ރަސްމީ ދުވަސްތައް ބަދަލުކުރާނެ ކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް