ކޯވިޑް19: މިއަދު ފެނުނީ އިތުރު 142 ވޭދަނަ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 142 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 11 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 19 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 112 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 21,961 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,371 އެކްޓިވް ކޭސް ހިމެނޭއިރު،

118 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިހާތަނަށް ރާއްޖެ އިން 64 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 19,519މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް