ޗެޕްޕިއަންސް ލީގް: ރިއާލްމެޑްރިޑާއި މެންޗެސްޓަރ ސިޓީ ކުއާޓާއަށް

Loading

Facebook
Twitter
WhatsApp

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ’ރައުންޑް އޮފް 16‘ ގެ މެޗްތަކުން ކުރިހޯދާ، ރިއާލް މެޑްރިޑާއި މެންޗެސްޓަރ ސިޓީ ކުއާޓާރ ފައިނަލަށް ދަތުރުކޮށްފިއެވެ. ރިއާލްއިން އެޓްލާންޓާގެ މައްޗައް 4-1 އެގްރިގޭޓުން ކުރި ހޯދިއިރު، ސިޓީއިންވެސް ވަނީ އެގްރިގޭޓުން 4-0އަކުން ކުރިހޯދާ ކުއާޓަރ ފައިނަލް ޔަގީންކޮށްފައެވެ.

ރިއާލްއިން ރޭގެ މެޗްގެ ފުރަތަމަ ގޯލް 34 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ކަރިމް ބެންޒެމާ އެވެ. ބެންޒިމާގެ ފަރާތުން މިމެޗުގައި ނުރައްކާތެރި ހަމަލާތަކެއް ފެނިގެން ގޮސްފައި ވެއެވެ. ރިއާލްގެ ދެވަނަ ގޯލް ދެވަނަ ހާފްގައި ރިއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ޕެނަލްޓީއަކުން ކާމިޔާބު ކުރިއިރު، 3 ވަނަ ގޯލް ކާމިޔާބު ކޮށްދިނީ 84 ވަނަ މިނިޓުގައި އެސެންސިއޯއެވެ. މިމެޗުގައި އެޓްލާންޓާއިން ޖެހި ހަމައެކެނި ގޯލް މެޗްގެ 83 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ މުރިއެލް އެވެ. ރިއާލްއިން ފުރަތަމަ ލެގުގައި އެއްގޯލް ޖަހާފައި ވުމުގެ ސަބަބުން އެގްރިގޭޓުން ރިޔާލް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

ޗެޕްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެެ މެޗްތައް އަންނަ ހުކުރު ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ކުއާޓަރ ފައިނަލްގައި ވާދަ ކުރަން މިހާތަނަށް ހޮވިފައިވަނީ ސިޓީއާއި ރިއާލްގެ އިތުރުން، ލިވަޕޫލާއި، ޕީއެސްޖީއާއި، ޕޯޓޯ އަދި ބްރޫޝިޔާ ޑޯޓްމަންޑްއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް