ކުޑަހުވަދުއިން ފެބްރުއަރީ 26ގެ ފަހުން ފުރި މީހުން އަންގަން އެދިއްޖެ!

Loading

Facebook
Twitter
WhatsApp

ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ފަހުން ​ދ. ކުޑަހުވަދޫގައި އުޅުމަށްފަހު އެހެން ރަށަކަށް ގޮސްފައިވާ ފަރާތްތައް އަންގައިދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އެދިއްޖެ އެވެ.

ކުޑަހުވަދޫ އެއާޕޯޓުގައި މަސައްކަތްކުރާ ހަ މީހެއްގެ ކިބައިން ކޮވިޑްގެ އަލާމާތްތައް ފެނިގެން ނެގި ސާމްޕަލްތައް މިއަދު ވަނީ ޕޮޒިޓިވްވެފަ އެވެ.​

މިކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށް ކުޑަހުވަދޫ ވަނީ މޮނީޓަރިންއަށް ލާފަ އެވެ.

​އެޗްޕީއޭއިން ބުނީ ފެބްރުއަރީ 26ގެ ފަހުން ކުޑަހުވަދުއިން އެހެން ރަށަކަށް ގޮސްފައިވާ ފަރާތްތަކުން މިހާރު ހުރި ރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް ވީ އެންމެ އަވަހަކަށް އެކަން އަންގަން އެދޭ ކަމަށެވެ.

އަދި އެ ތާރީހުގެ ފަހުން ކުޑަހުވަދުއަށް ދިއުމަށްފަހު، އަނބުރާ އެހެން ރަށަކަށް ދިޔަ ފަރާތްތަކުން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ވުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފަ އެވެ. އަދި އެ ތާރީހުގެ ފަހުން ކުޑަހުވަދުއިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް ނުވަތަ ވިލިމާލެ ފްލޫ ކްލިނިކުން ސާމްޕަލް ނެގުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައިވެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް