އުތުރުގެ ރޭޕްކޭސްގަ ވަކި މީހަކަށް ތުހުމަތު ކުރެވޭ ހެކި ލިބިފައެއް ނެތް: ފުލުހުން

އުތުރުގެ ރަށެއްގައި ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވީ ނަމަވެސް އެ މައްސަލާގައި ވަކި މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ހެކި މިހާތަނަށް ތަހުގީގަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ. ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކޮށްފައި ނުވާތީ ރޭ އެ ރަށުގައި ވަނީ އިހުތިޖާޖު ކޮށްފަ އެވެ. މައްސަލައާ ގުޅިގެން ސޯޝަން މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ކުޑަކުއްޖަކަށް ރޭޕްކުރި […]
ކޮރޯނާ ވައިރަހުގެ އައު ވައްތަރެއް އަނެއްކާވެސް އިންޑިޔާއިން ފެނިއްޖެ

އިންޑިޔާގެ ހެލްތް މިނިސްޓްރީން ބުނި ގޮތުގައި އެގައުމުން ނޮވެލް ކޮރޯނާ ވައިރަހުގެ އައު ވައްތަރެއް ފެނިއްޖެއެވެ. އިންޑިޔާގައި ކޮރޯނާ ވައިރަހަށް ފައްސިވާ މީހުންގެ އަދަދާއި އެ ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މި ދަނޑިވަޅުގައި އައު ކޮރޯނާ ވައިރަހުގެ އައު ވައްތަރެއް ފެނުން ވެގެން ދާނީ، ރައްޔިތުންގެ ހިތްތަކަށް އިތުރު ބިރުވެރިކަމެއް ގެނުވާނެކަމެއްކަން ޔަގީނެވެ. ހެލްތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ކޮރޯނާ ވައިރަހުގެ އައު ވައްތަރު، ފެނިފައި ވަނީ […]
ހުރިހާ ގަޑިއެއްގައި ވެހިކަލް ދުއްވުން ހުއްދަކޮށް، ޕާކްތައް ވެސް ހުޅުވާލައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި ވަކި ވަގުތުތަކެއްގައި ވެހިކަލް ނުދުއްވޭ ގޮތަށް އޮތް އޮތުމާއި ޕާކްތަކާއި މައިޒާންތައް ބަންދުކުރަން އަންގާފައި އޮތް އެންގުން ބާތިލްކޮށްފިއެވެ. ބަލި ކޮންޓްރޯލް ކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު އަޅުއްވާފައިވާ ފިޔަވަޅުތައް އޭނާ އުވާލެވީ ރޭ ދަންވަރުއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ރޭ ދަންވަރު ނެރުނު އެންގުމުގައި ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އަޅާންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅޭ ގޮތަށް […]
ސްރީލަންކާ މާލީ ދަތިތަކުން ސަލާމަތްވާން ޗައިނާއިން 1.5 ބިލިއަން ޑޮލަރުގެ ލޯނެއް ނަގަނީ

ސްރީލަންކާއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން ސަލާމަތްވާން ޗައިނާއިން 1.5 ބިލިއަން ޑޮލަރގެ ލޯނެއް ނެގުމަށް މިއަދު އެއްބަސްވެ ސޮއިކޮށްފައިވާކަމުގައި ސްރީލަންކާގެ ސެންޓްރަލް ބޭންކުން ބުނެފިއެވެ. ސްރީލަންކާއިން މި ލޯނު ނަގަނީ ގައުމުގެ ދަރަނިބޮޑުވެ،އިގުތިސާދީ ހާލަތު މާބޮޑަށް ދަށަށް ގޮސްފައިވާތީ އެކަމުން އަރައިގަތުމަށެވެ. ޗައިނާއިން ލޯނު ހޯދުމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ޗައިނާއާ މަޝްވަރާކުރަމުންދާތާ މިހާރު ވަނީ ދެތިން މަސްދުވަސްވެފައެވެ. ލަންކާއަކީ ވަރަށް ގިނައަދަދެއްގެ މުދާ ޗައިނާއިން އެތެރެކުރާ ޗައިނާގެ އެކުވެރި ގައުމެކެވެ. ފަހަކަށްއައިސް ދެކުނު އޭޝިއާގެ ގައުމުތަކުގެ […]
ގައިދީންނަށް މާއާފު ދިނުމަށް ރައީސަށް ހުށަހެޅުމަށް މަޖިލީހުން ފާސްކޮށްފި

ކ. . ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ތިބި ބައެއް ގައިދީންނަށް މައާފުދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުން ގައިދީންނަށް މައާފުދިނުމަށް ފާސްކުރީ އައްސޭރި ޖަލުގައި ތިބި ގައިދީންގެ ކަންބޮޑުވުންތައް ފާހަގަކޮށް މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ފޮނުވި ޕެޓިޝަނެއްގެ މައްސަލަ ދިރާސާކޮށް ކޮމިޓީން ނިންމި ރިޕޯޓަށް މިއަދު ވޯޓަށް އަހައިގެންނެވެ. ގައިދީން ފޮނުވި ޕެޓިޝަނުގައި 220 ގައިދީން ސޮއިކޮށްފައިވާއިރު މި ޕެޓިޝަނުގައި އައްސޭރި ޖަލާ ބެހޭ ގިނަ […]
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަންހުށަހެޅުމުގެ މުއްދަތު ހާމަކޮށްފި

މިދިޔަ މަހު ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިއުލާންކުރެއްވި، ދިވެހި ދައުލަތަށް ހިދުމަތް ކުރާ ފަރާތްތަކަށް ދޭ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހާމަކޮށްފި އެވެ. ރައީސް އޮފީހުން މިއަދު ބުނީ ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މެއި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އޮގަސްޓްމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމަށް ގައުމީ އިނާމާއި ބެހޭ ކޮމިޓީން ނިންމާފައިވާކަމަށެވެ. އިނާމު ދެއްވުމުގައި ކޮމިޓީން ބައްލަވާނެ މައިގަނޑު ކަންކަމުގެ […]
އެމެރިކާގައި ހިނގި މުޒާހަރާއެއްގައި ފުލުހުންގެ ގިނަ ބަޔަކަށް އަނިޔާވެއްޖެ

އެމެރިކާގައި ފުލުހުންނަށް ލިބިފައިވާ ބާރުތަކާބެހޭ ގަވައިދަށް ދާދިފަހުން ގެނައިބަދަލަކާ ގުޅިގެން ގިނަބަޔަކު މުޒާހަރާ ކޮށްފިއެވެ. ބްރިސްޓޯލް ސިޓީ ސެންޓަރުން މައުލޫމާތުދިން ގޮތުގައި މުޒާގައި ފުލުހުންނަށް ބޮޑެތި އަނިޔާތައް ވަނީ ލިބިފައެވެ. ޕޮލިސް ވޭންތަކުގައި ހުޅުޖަހައި ފުލުހުންނާ ދިމާއަށް ފަޔާރވޯކްސް އުކައި ޕޮލިސް ސްޓޭޝަނުގެ ފާރުތަކުގައި މުޒާހަރާގެ ބައިވެރިން ވަނީ ކުރަހާފައެވެ. މީގެ އިތުރުން މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ފުލުހުންގެ ގިނަ ބަޔަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. މުޒާހަރާގެ ބައިވެރިން ހިތްހަމަނުޖެހުން ފާޅުކުރަމުން […]
ނިއުޔޯކްގައި އުޅޭ ސްރީލަންކާ މީހަކަށް ހަމަލާދީ ޒަޚަމުކޮށްލައިފި

ރޭސިސްޓެއްގެ ހަމަލާއެއްގައި ނިއުޔޯކްގެ ސަބްވޭއެއްގައި ދަތުރުކުރަމުންދިޔަ ސްރީލަންކާގެ 68 އަހަރުގެ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބި ޒަޚަމްވެއްޖެއެވެ. ސްރީލަންކާގެ ރައްޔިތެއް ކަމުގައިވާ ނަރަޔެންދާ ބޯދީ އަށް މި ހަމަލާ އަމާޒުވެފައިވަނީ ހުކުރުދުވަހުގެ 2:40 ގައި އޭނާ ޑިއުޓީއަށް ދިޔަ މަގުމަތީގައެވެ. އޭނާ އަކީ ސެކިއުރިޓީ ގާޑެއްގެ ވަޒީފާ އަދާ ކުރާ މީހެކެވެ. ނަރަޔެންދާއަށް މި ހަމަލާ ދީފައިވަނީ މާރކް މެތިއު ނަމަކަށްކިޔާ 36 އަހަރުގެ ފިރެހެނެކެވެ. ފުލުހުންނާއި އެތަނުގައި ތިބި އެހެން މީހުން ބުނިގޮތުގައި މާރކް މި […]
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެސްޓީއޯގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން އަދި ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރަނީ އެއް ޑިރެކްޓަރެވެ. އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން އައްޔަނުކުރެވޭނީ 6 ޑިރެކްޓަރުންނެވެ. އެސްޓީއޯގެ ޑިރެކްޓަރުކަމަށް ކުރިމަތިލެވޭނީ ދިވެއްސަކަށެވެ. މީގެއިތުރުން […]
އައްޑޫގެ ތަރައްގީއަށް އަނެއް ކަންތައް: ހަންކެނޑެ އާއި ސަވާހިލި، 2000 އެނދު، ތަރައްގީ ކުރާނީ ކިހިނެއް؟ ކޮންބައެއް؟ ކޮންދުވަހަކު؟

އަތޮޅުތަކުގެ ރައްޔިތުން ތިބީ ތަރައްގީއަށް ކަރުހިއްކައިގެންފައެވެ. އައްޑޫގެ ރައްޔިތުން ތިބީ ވަޒީފާއާއި ތަރައްގީއަށް އެދިއެދި މާޔޫސްވެފައެވެ. އެހެން ތިއްބާ ކުއްލިއަކަށް މި އިވުނީ އަނެއްކާވެސް އުއްމީދުން ފުރިގެންވާ ހުވަފެނީ ވާހަކައެކެވެ. ސަވާހިލި އާއި ހަންކެޑެ، މިދެރަށުގައި ފަތުރުވެރިކަމަށް ޚާއްޞަކޮށްގެން 200 އެނދެއްނޫން! 2000 އެނދު ތަރައްގީ ކުރާ ވާހަކައެވެ. ވާހަކަ ވިދާޅުވީ އާދައިގެ ބޭފުޅެއްނޫނެވެ. މިނިސްޓަރ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއީލެވެ. އެމްޑީޕީ ކޯލިޝަން ސަރުކާރުގެ އެންމެ ބާރުގަދަ މިނިސްޓަރ ފައްޔާޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް […]