ކޮރޯނާ ވައިރަހުގެ އައު ވައްތަރެއް އަނެއްކާވެސް އިންޑިޔާއިން ފެނިއްޖެ

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ހެލްތް މިނިސްޓްރީން ބުނި ގޮތުގައި އެގައުމުން ނޮވެލް ކޮރޯނާ ވައިރަހުގެ އައު ވައްތަރެއް ފެނިއްޖެއެވެ. އިންޑިޔާގައި ކޮރޯނާ ވައިރަހަށް ފައްސިވާ މީހުންގެ އަދަދާއި އެ ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މި ދަނޑިވަޅުގައި އައު ކޮރޯނާ ވައިރަހުގެ އައު ވައްތަރެއް ފެނުން ވެގެން ދާނީ، ރައްޔިތުންގެ ހިތްތަކަށް އިތުރު ބިރުވެރިކަމެއް ގެނުވާނެކަމެއްކަން ޔަގީނެވެ.

ހެލްތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ކޮރޯނާ ވައިރަހުގެ އައު ވައްތަރު، ފެނިފައި ވަނީ އިންޑިޔާގެ މަހާރާޝްޓްރާ ސްޓޭޓުން ނެގި ސާމްޕަލްތަކުގެ ޓެސްޓު ހެދުމުންނެވެ. މި ސާމްޕަލް ތަކުގައި ހުރި ވައިރަހާއި މީގެ ކުރިން ހޯދިފައިހުރި ކޮރޯނާ ވައިރަހުގެ ވައްތަރުތަކާ މުޅިން ތަފާތެވެ.

ބަލިމަޑުކަން ފެތުރޭ މިންވަރު އަވަސްވުމަކީ މި އައު ވައްތަރުގެ ސަބަބުން ވާކަމެއްކަން އަދި ޔަގީން ނުވާކަމަށް ހެލްތު މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އިންޑިޔާގައި ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސްޓޭޓަކީ މަހާރާޝްޓްރާއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް