އެމެރިކާގައި ހިނގި މުޒާހަރާއެއްގައި ފުލުހުންގެ ގިނަ ބަޔަކަށް އަނިޔާވެއްޖެ

Loading

Facebook
Twitter
WhatsApp

އެމެރިކާގައި ފުލުހުންނަށް ލިބިފައިވާ ބާރުތަކާބެހޭ ގަވައިދަށް ދާދިފަހުން ގެނައިބަދަލަކާ ގުޅިގެން ގިނަބަޔަކު މުޒާހަރާ ކޮށްފިއެވެ.

ބްރިސްޓޯލް ސިޓީ ސެންޓަރުން މައުލޫމާތުދިން ގޮތުގައި މުޒާގައި ފުލުހުންނަށް ބޮޑެތި އަނިޔާތައް ވަނީ ލިބިފައެވެ.

ޕޮލިސް ވޭންތަކުގައި ހުޅުޖަހައި ފުލުހުންނާ ދިމާއަށް ފަޔާރވޯކްސް އުކައި ޕޮލިސް ސްޓޭޝަނުގެ ފާރުތަކުގައި މުޒާހަރާގެ ބައިވެރިން ވަނީ ކުރަހާފައެވެ. މީގެ އިތުރުން މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ފުލުހުންގެ ގިނަ ބަޔަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

މުޒާހަރާގެ ބައިވެރިން ހިތްހަމަނުޖެހުން ފާޅުކުރަމުން ދިޔައީ ދާދިފަހުން ތަންފީޒު ކުރި ގާނޫނަކާ ގުޅިގެންނެވެ. މި ގާނޫނުގެ ދަށުން ފުލުހުންނަށް ވަރަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެއެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ބާރަކީ ފުލުހުންނަށް ލިބެންޖެހޭ ބާރެއް ނޫންކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މިގާނޫނުގެ ދަށުން ޕޮލިސް ޗީފުންނަށް މުޒާހަރާތަކާއި އެއްވުންތައް ފެށުމަށާއި ނިންމުމަށް ވަކި ގަޑިއެއް ކަނޑައެޅޭނެއެވެ. އަދި މުޒާހަރާ ތަކުގެ ބައިވެރިން އަޑުގަދަ ކުރާ މިންވަރުވެސް ފުލުހުންނަށް ކޮންޓްރޯލް ކުރެވޭނެއެވެ. މީގެއިތުރުން އެންމެ މީހަކު އަޑުއުފުލަމުންދާނަމަ އެމީހަކަށް 2500 ޕައުންޑްގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.

އެމެރިކާގެ ރައްޔިތުން މިކަންކަން ދެކެނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން މަނާކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައެވެ. ޑިމޮކްރެޓިކް ގައުމެއްގައި މިފަދަ ގާނޫނެއް ތަންފީޒު ކުރެވިގެން ނުވާނެކަމަށް ބުނެ ގިނަބަޔަކު ދަނީ ޝަކުވާކުރަމުންނެވެ. އެމެރިކާ ސަރުކާރުގެ މި ނިންމުމަށް ވަނީ އެމްނެސްޓީ އިންޓަނެޝަނަލް ޔޫކޭ އާއި ހިއުމަން ރައިޓްސް އެންޖީއޯ ތަކުގެ އިތުރުން ގިނަބަޔެއްގެ ފާޑުކިޔުންތަށް އަމާޒުވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް