ހުރިހާ ގަޑިއެއްގައި ވެހިކަލް ދުއްވުން ހުއްދަކޮށް، ޕާކްތައް ވެސް ހުޅުވާލައިފި 

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި ވަކި ވަގުތުތަކެއްގައި ވެހިކަލް ނުދުއްވޭ ގޮތަށް އޮތް އޮތުމާއި ޕާކްތަކާއި މައިޒާންތައް ބަންދުކުރަން އަންގާފައި އޮތް އެންގުން ބާތިލްކޮށްފިއެވެ.

ބަލި ކޮންޓްރޯލް ކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު އަޅުއްވާފައިވާ ފިޔަވަޅުތައް އޭނާ އުވާލެވީ ރޭ ދަންވަރުއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ރޭ ދަންވަރު ނެރުނު އެންގުމުގައި ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އަޅާންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅޭ ގޮތަށް އޮންނައިރު، މިދިޔަ މަހުގެ 12 ވަނަ ދުވަހު އަންގައިފައިވާ މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށް ޓާއި، ގުޅީފަޅާއި، ހުޅުލެފައި، ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުން މިހާރުން ފެށިގެން، ބާތިލުކޮށްފައިވާ ކަމަށެވެ.

މާރިޗް ހަތަރު ވަނަ ދުވަހު އަންގައިފައިވާ އެންގުމު ގައި ހަތް ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމައިފައިވާ ފިޔަވަޅުތަކުގެ ތެރެއިން ޕާކުތާކާއި މައިޒާންތައް ބަންދުކޮށްފައި އޮންނަ އޮތުން މިއަދުން ފެށިގެން ބާތިލް ކޮށްފައިވާ ކަމަށް ވެސް ރޭ މައިމޫނާ ނެރުއްވި އެންގެވުމުގައި ވެއެވެ.

ނަމަވެސް އަދިވެސް ކުޅިވަރު ހަރަކާތްތައް މަނާކޮށްފައި އޮތްއޮތުމަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

އިތުރުލުއިތަކެއް މާލޭ ސަރަހައްދަށް ދިންއިރު އަދިވެސް މާލޭ ސަރަހައްދުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދެއް ނުވެއެވެ. މާލެ ސަރަހައްދުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެން ފެށުމުން ފިޔަވަޅުތައް ވަރުގަދަ ކުރިއެވެ. މިހާރު ރާއްޖޭގައި ކޮވިޑް އަށް ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 22،929 އަށް އަރާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް