ނިއުޔޯކްގައި އުޅޭ ސްރީލަންކާ މީހަކަށް ހަމަލާދީ ޒަޚަމުކޮށްލައިފި

Loading

Facebook
Twitter
WhatsApp

ރޭސިސްޓެއްގެ ހަމަލާއެއްގައި ނިއުޔޯކްގެ ސަބްވޭއެއްގައި ދަތުރުކުރަމުންދިޔަ ސްރީލަންކާގެ 68 އަހަރުގެ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބި ޒަޚަމްވެއްޖެއެވެ.

ސްރީލަންކާގެ ރައްޔިތެއް ކަމުގައިވާ ނަރަޔެންދާ ބޯދީ އަށް މި ހަމަލާ އަމާޒުވެފައިވަނީ ހުކުރުދުވަހުގެ 2:40 ގައި އޭނާ ޑިއުޓީއަށް ދިޔަ މަގުމަތީގައެވެ. އޭނާ އަކީ ސެކިއުރިޓީ ގާޑެއްގެ ވަޒީފާ އަދާ ކުރާ މީހެކެވެ. ނަރަޔެންދާއަށް މި ހަމަލާ ދީފައިވަނީ މާރކް މެތިއު ނަމަކަށްކިޔާ 36 އަހަރުގެ ފިރެހެނެކެވެ.

ފުލުހުންނާއި އެތަނުގައި ތިބި އެހެން މީހުން ބުނިގޮތުގައި މާރކް މި ހަމަލާ ދީފައިވަނީ އެއްވެސް ސަބަބެއްނެތިއެވެ. އޭޝިޔާ މީހެއްކަމަށްވީތީ މި ހަމަލާގެ އަމާޒަކަށް ނަރަޔަންދާ ވެގެންދިޔައީއެވެ. އެތަނުގައި އެވަގުތު ހުރި ޖޯޖް ބުނިގޮތުގައި ހަމަލާދިން ގަޑީގައި މާރކް ވަނީ ނަރަޔެންދާގެ ނަސްލާ ބެހޭގޮތުން މަލާމާތްކޮށް ހަޑިހުތުރު ބަސްތައް ބޭނުންކޮށްފައެވެ. އެ އުމުރުގެ މީހަކަށް އެފަދަ ހަމަލާއެއް ދޭނެކަމަކަށް ހިތަށްވެސް ނާރާކަމަށް ޖޯޖް ވަނީ ބުނެފައެވެ. ކައިރީގައި ތިބި މީހުނަށްވެސް ވީނުވީއެއް ނޭނގެނީސް ނަރަޔެންދާއަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާ ހިތާމަވެރިކަމާއެކު ވަނީ ފާހަގަކޮށްފައެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ވަނީ މާރކް ހައްޔަރުކޮށްފައެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި މީގެކުރިންވެސް 9 ފަހަރު މާރކް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހައްޔަރުކޮށްފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް