”އެކްސް-ގަދަހިފުން“ ކުރިޔަށް ދާގޮތް ބީ.ޖީ ވައިސް ވަހީދު ބައްލަވާލައްވައިފި
އެމްއެންޑީއެފްގެ ސެންޓްރަލް އޭރިޔާގައި ކުރިޔަށްދާ ’އެމްސީބީސީ-06″ ގެ ފައިނަލް އެކްސަރސައިޒް ކަމަށްވާ ”އެކްސް-ގަދަހިފުން“ ބްރިގޭޑިޔާ ޖެނެރަލް ވައިސް ވަހީދު ބައްލަވާލަައްވައިފިއެވެ. ގައުމީ ދިފާއީ ބާރުގެ މެރިން ކޯގެ ޓްރެއިންންގެ ތެރޭގައި ހިމެނޭ މި އެކްސަރސައިޒް ބައްލަވާލައްވަން ބޖ.ވައިސް ވަހީދާއިއެކު ސީއެސްއެމް އަދްނާން އަލީވެސް ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ. ބްރިގޭޑިޔާ ޖެނެރަލް ވައިސް ވަހީދަކީ މިވަގުތު ގައުމީ ދިފާއީ ބާރުގެ މެރިންކޯގެ ކޮމަޑެންޓުގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. މެރިންކޯގެ ސިފައިންނަކީ ޚާއްސަ ތަމްރީނުތަކެއް ދެވޭ ބައެކެވެ. މިފަދަ ތަމްރީނުތަކުގެ ތެރެއިން […]
މިޔަންމާގެ އަސްކަރީން އެޤައުމުގައި ހިންގި ބަޣާވާތާގުޅިގެން އާންމުން މުޒާހަރާ ކުރަނީ
ފެބްރުއަރީ އެކެއްގައި މިޔަންމާގެ އަސްކަރީން ހިންގި ބަޣާވާތާ ގުޅިގެން އެ ގައުމުގެ އެކި ސަރަހައްދުތަކުގައި އާންމުން މުޒާހަރާކުރަމުން އެބަދެއެވެ. މުޒާހަރާގެ ބައިވެރިން ދަނީ ގައުމުގައި ޑިމޮކްރަސީ އަލުން ގާއިމު ކުރުމަށް ގޮވާލަމުންނެވެ. ސިފައިން ދަނީ މިމުޒާހަރާގެ ބައިވެރިންނަށް ބިރުދައްކައި ފުރާނައަށް ނުރައްކާ ވާފަދަ ހަމަލާތައް ދެމުންނެވެ. އެހެނެއްކަމަކު މިޔަންމާގެ ރައްޔިތުން ސިފައިންގެ ބަޣާވާތާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ދުވަހުން ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މުޒާހަރާގެ ބައިވެރީންނަށް ތާއީދުކޮށް އެމެރިކާއިން ވަނީ މިޔަންމާގައި ޑިމޮކްރަސީ އަލުން ގާއިމު ކުރުމަށް […]
ކޯވިޑް-19 އިންޑިއާގައި އިތުރުވަނީ: މަހާރާޝްޓްރާ ސްޓޭޓުގައި ކާފިއު އިއުލާނުކޮށްފި
އިންޑިޔާގެ އެކިކަންކޮޅުތަކުގައި ކޯވިޑް-19 އަށް ފައްސިވާމީހުންގެ އަދަދު އިތުރުވުމާ ގުޅިގެން ކާފިއު އިއުލާނުކޮށްފިއެވެ. މިގޮތުން އިންޑިޔާގެ މަހާރާޝްޓްރާ ފަދަ ސްޓޭޓް ތަކުގައި ރޭގަނޑު މީހުން ބޭރުގައިއުޅުން ވަނީ މަނާކޮށްފައެވެ. ޖުމްލަ 110 މިލިއަން މީހުން ދިރިއުޅޭ މަހާރަޝްޓްރާއިން މިދިޔަ އާދިއްތަ ދުވަހު 7000 މީހުން ވަނީ ކޮވިޑް 19 އަށް ފައްސިވެފައެވެ. މިއީ މިމަސް ފެށުނު އިރަށްވުރެ 2000 ކޭސްގެ އިތުރުވުމެކެވެ. ފައްސިވާ މީހުންގެ އަދަދުތައް މައްޗަށް ދިޔުމާއެކު ވައިރަސްގެ އައު ބާވަތްތައް ފެންނަމުން ދާތީ އެގައުމުގެ […]
ބޯއިންގް 777 މަރުކައިގެ މަތިންދާބޯޓު އުދުހުންތައް ހުއްޓާލުމަށް ނިންމަވައިފިއެވެ.
ބޯއިންގް 777 މަތިންދާބޯޓު ބޭނުންކުރުން ހުއްޓާލުމަށް އެމެރިކަން ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފް.އެފް.އޭ)އިން ނިންމަވައިފިއެވެ. ”އިއްޔެގެ ނުރަށްކާތެރި ހާދިސާއާއި ގުޅުންހުރި ތަޙުގީގުތަށް މިހާރު ނިމެނީކަމަށް ބުނެ “ އެފް.އެފް.އޭ ގެ އެޑްމިނިސްޓްރޭޓަރ ސްޓީވް ޑިކްސަން ވިދާޅުވީ އިންޖީނުގެ މައްސަލައެެއް ދިމާވުމާއި ގުޅިގެން ޔުނައިޓެޑް އެއާރލައިންސް ގެ މަތިންދާބޯއްޓެއް ކުއްލިގޮތަކަށް ޑެންވަރ އިންޓަރނެޝަނަލް އެއާރޕޯޓަށް ޖައްސަން ޖެހުނު މައްސަލައާއި ގުޅިގެން އެމަރުކައިގެ މަތިންދާ ބޯޓުފަހަރުތައް އުދުހުން ހުއްޓާލަން ނިންމާފައިވާކަމަށެވެ. އެމެރިކަން ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފް.އެފް.އޭ)އިން މިހާރުދަނީ ބޯއިންގް […]
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާމެދު ހަގީގަތާޚިލާފް ވާހަކަތައް ދަނީ ފަތުރަމުން: ޖެންޑާ
އެކި ސަބަބުތަކާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލްސާވިސްގެ ދަށަށްގެންދެވޭ ކުޑަކުދިންނާ މެދު މުޖުތަމައުގެ ބައެއް ފަރާތްތަކުން ހަގީގަތާ ޚިލާފް ވާހަކަތައް ފަތުރަމުން ދާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ. ޖެންޑާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ 10ވަނަ މާއްދާ “އަޅައިލުމާއި ހިމާޔަތް ލިބުން”ގެ (ހ) އަދި އެ ޤާނޫނުގެ 33ވަނަ މާއްދާ “ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު ޢާންމުނުކުރުން”ގެ (ހ)އާ […]
ރައީސް ބައިޑެންގެ ވައުދަކީ ބަލި ކޮންޓްރޯލް ކުރުން: ކޮރޯނާ ވައިރަހުގައި އެމެރިކާއިން ފަސްލައްކަ މަރު
ކޮރޯނާ ވައިރަސް ޖެހިގެން އެމެރިކާއިން މަރުވި މީހުންގެ އަދަދު ފަސްލައްކަ ފަހަނަޅައި ހިނގައްޖެއެވެ. ހިތާމަ ފާޅުކުރަން ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޖޯ ބައިޑެން ދެއްކެވި ކުރު ވާހަކަފުޅުގައި ބަލީގެ މައްޗަށް ބާރު ފޯރުވޭނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ކޮރޯނާ ވައިރަސް ޖެހި ދުނިޔެ ދޫކުރި މީހުންގެ ހަނދާނުގައި އެމެރިކާގެ ހުރިހާ އޮފީހެއްގެ ދިދަ ފަސްދުވަހަށް ބައިދަނޑިޔަށް ތިރިކުރުމަށް އެންގެވިއެވެ. އެ ރަސްމިއްޔާތުގައި ބައިޑެންގެ ދެކަނބަލުންގެ އިތުރަށް ނައިބު ރައީސާ ކަމްލާ ހެރިސަންގެ […]
ވޯކް ޕާމިޓް ފީ ދައްކާއިރު ޖޫރިމަނާ ދައްކާކަށް ނުޖެހޭ
ވޯކް ޕާމިޓް ފީ ދައްކާއިރު ޖޫރިމަނާ ނުދައްކައި ފީ ބަލައި ގަތުމުގެ އިންތިޒާމް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ. އިކޮނިމިކް މިނިސްޓްރީން ބުނީ ޖޫރިމަނާ އާއި ނުލައި ފީ ބަލައިގަތުމަށް ހަމަޖައްސާފައިވަނީ އަންނަ މަހު 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ މިނިސްޓްރީން ބުނީ ޖޫރިމަނާ ނުލައި ފީ ބަލައިގަތުމަށް ނިންމީ އެކްޕްރެސް އޮންލައިން ސިސްޓަމް މެދުވެރިކޮށް ވާކްޕާރމިޓް ފީ ދެއްކުމުގައި ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް ދަތިތައް ކުރިމަތިވަމުންދާކަން އެ މިނިސްޓްރީއަށް ފާހަގަ ކުރެވިފައި ވާތީ […]
އެލްޗަޕޯގެ އަނބިމީހާ ވެސް ޑްރަގް ޓްރެފިކިން މައްސަލައެއްގައި ހައްޔަރުކޮށްފި
ދުނިޔޭގައި އުފެދުނު މަސްތުވާތަކެތީގެ އެންމެ ބޮޑު އެއްވިޔަފާރިވެރިޔާ ކަމަށް ބެލެވޭ މެކްސިކޯގެ ޖޮކްއިން ”އެލް ޗަޕޯ“ ގުޒްމަން އެމެރިކާގެ ޖަލެއްގައި ޙުކުމް ތަންފީޒު ކުރަމުން ގެންދަނިކޮށް އޭނާގެ އަނބިމީހާ އެމާ ކޮރޮނެލް ވެސް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި އެމެރިކާ އިން އިއްޔެ ހައްޔަރުކޮށް ދައުވާތަކެއް އުފުލައިފިއެވެ. އެމާ އަކީ ވެސް މެކްސިކޯ ރައްޔިތެކެވެ. އުމުރުން 31 އަހަރުގެ އެމާ ހައްޔަރު ކޮށްފައި ވަނީ ހޯމަ ދުވަހު ވޮޝިންޓަން ޑީސީގެ ޑުލެސް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެމާގެ މައްޗަށް […]
މާލޭގައި އައު މަސްމާރުކޭޓެއް ތަރައްގީ ކުރާނެ ކަމުގެ އިޝާރާތެއް
މާލޭގައި އައު މަސްމާރުކޭޓެއް ގާއިމުކުރުމުގެ މަސައްކަތް އަވަސް މުސްތަގުބަލެއްގައި ފެށޭނެ ކަމުގެ އިޝާރާތެއް މާލޭ ސިޓީގެ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ކުރައްވައިފިއެވެ. ޝިފާ އިއްޔެ ވިދާޅުވި ގޮތުގައި އައު މަސްމާރުކޭޓު ތަރައްގީ ކުރުމަށް ބަޔަކު ހޯދުމަށް ވަރަށް އަވަހަށް އިއުލާނު ކުރެވޭނެއެވެ. ޝިފާ އިތުރަށް ވިދާޅުވި ގޮތުގައި މިހާރު މަސްމާރުކޭޓު ހިންގާ އިމާރާތުގެ ކުލީގެ މުއްދަތު 2023 އަށް ހަމަވާނެއެވެ. އަދި އޭގެ ކުރިން އައު މާރުކޭޓު އިމާރާތް ކުރުމަށް ނިންމާފައިވާ ކަމަށް ޝިފާ ވަނީ […]
ސީރީ އޭ؛ ރޮނާލްޑޯގެ ދެގޯލާއިއެކު ޖުވެންޓަސްއަށް މޮޅެއް
އިޓަލީގެ ސީރީ-އޭ ގައި ރޭ ޖުވެންޓަސްއާއި ކްރޮޓޯން ބައްދަލުކުރި މެޗް 3-0 ގެ ނަތީޖާއިން ޖުވެންޓަސް ކާމިޔާބު ކޮށްފިއެވެ. ފުރަތަމަ ހާފްގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުން ވެސް ރަނގަޅު އެޓޭކްތަކެއް ވަނީ ކޮށްފައެވެ. ނަމަވެސް ގޯލެއް ކާމިޔާބު ކުރުމަށް ދެޓީމުގެ ކުރެ ޓީމަކުން ނާކާމިޔާބު ވެފައިވަނިކޮށް، ހާފްގެ ފަހުކޮޅު 38 ވަނަ މިނިޓުގައި ގޯލް ހުޅުވާލީ ޖުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބޮލުން ކާމިޔާބު ކުރި ގޯލުންނެވެ. އެއަށްފަހު ހާފް ނިމުމުގެ ކުރިން ރޮނާލްޑޯ ވަނީ ބޮލުން […]