ވޯކް ޕާމިޓް ފީ ދައްކާއިރު ޖޫރިމަނާ ދައްކާކަށް ނުޖެހޭ

Loading

Facebook
Twitter
WhatsApp

 

ވޯކް ޕާމިޓް ފީ ދައްކާއިރު ޖޫރިމަނާ ނުދައްކައި ފީ ބަލައި ގަތުމުގެ އިންތިޒާމް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

އިކޮނިމިކް މިނިސްޓްރީން ބުނީ ޖޫރިމަނާ އާއި ނުލައި ފީ ބަލައިގަތުމަށް ހަމަޖައްސާފައިވަނީ  އަންނަ މަހު 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ޖޫރިމަނާ ނުލައި ފީ ބަލައިގަތުމަށް ނިންމީ އެކްޕްރެސް އޮންލައިން ސިސްޓަމް މެދުވެރިކޮށް ވާކްޕާރމިޓް ފީ ދެއްކުމުގައި ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް ދަތިތައް ކުރިމަތިވަމުންދާކަން އެ މިނިސްޓްރީއަށް ފާހަގަ ކުރެވިފައި ވާތީ ކަމަށެވެ.

ރާއްޖޭގައި ބިދޭސިން ވަޒީފާ އަދާކުރުމާބެހޭ ގަވައިދުގެ ދަށުން ވޯކް ޕާމިޓް ދޫކުރަން ފެށީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

މި ގަވައިދު ބުނާގޮތުން ބިދޭސީންނަށް ރާއްޖޭގައި ވަޒީފާ އަދާކުރެވޭނީ ވޯކް ޕާމިޓު ހޯދައިގެންނެވެ. ވޯކް ޕާމިޓު ދޫކުރާނީ ބިދޭސީންގެ ވެރިފިކޭޝަން ފުރިހަމަކޮށްފަހުއެވެ. މި ވެރިފިފިކޭޝަން ފުރިހަމަކުރުމުގެ ކަންކަން ކުރަނީ އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށެވެ.

ބިދޭސީން ރާއްޖެ އެތެރެވާ ތާރީހުން ފެށިގެން 15 ދުވަސް ތެރޭ ވޯކް ޕާމިޓާއި ވޯކް ވިސާ ހޯދަން ޖެހެއެވެ. މި މުއްދަތުގައި ވޯކް ޕާމިޓް ނުހައްދައިފިނަމަ ޖޫރިމަނާ އާއެކު ވޯކް ޕާމިޓް ފީގެ ގޮތުގައި މަހަކު 350 ރުފިޔާ ދައްކަން ޖެހެއެވެ.

Loading

One Response

  1. މާތްކަލާކޯ! މީ މިހާރު އަލަށް ޚުރާ ކަމެއްތޯ؟؟؟؟؟؟ވޯކްޕާރމިޓް ހައްދައިގެން ނޫންތޯ މިއޮއް ހުރިހާދުވަހަކު މަސައްޖަތްކުރީ؟؟؟ އާ ކުކުޅަކަށް ގާބިހެއް އެޅިގެންތޯ މިއުޅެނީ ؟؟؟؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް