ބޯއިންގް 777 މަރުކައިގެ މަތިންދާބޯޓު އުދުހުންތައް ހުއްޓާލުމަށް ނިންމަވައިފިއެވެ.

Loading

Facebook
Twitter
WhatsApp

ބޯއިންގް 777 މަތިންދާބޯޓު ބޭނުންކުރުން ހުއްޓާލުމަށް އެމެރިކަން ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފް.އެފް.އޭ)އިން ނިންމަވައިފިއެވެ.

”އިއްޔެގެ ނުރަށްކާތެރި ހާދިސާއާއި ގުޅުންހުރި ތަޙުގީގުތަށް މިހާރު ނިމެނީކަމަށް ބުނެ “ އެފް.އެފް.އޭ ގެ އެޑްމިނިސްޓްރޭޓަރ ސްޓީވް ޑިކްސަން ވިދާޅުވީ އިންޖީނުގެ މައްސަލައެެއް ދިމާވުމާއި ގުޅިގެން ޔުނައިޓެޑް އެއާރލައިންސް ގެ މަތިންދާބޯއްޓެއް ކުއްލިގޮތަކަށް ޑެންވަރ އިންޓަރނެޝަނަލް އެއާރޕޯޓަށް ޖައްސަން ޖެހުނު މައްސަލައާއި ގުޅިގެން އެމަރުކައިގެ މަތިންދާ ބޯޓުފަހަރުތައް އުދުހުން ހުއްޓާލަން ނިންމާފައިވާކަމަށެވެ.

އެމެރިކަން ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފް.އެފް.އޭ)އިން މިހާރުދަނީ ބޯއިންގް 777 މަރުކައިގެ މަތިންދާބޯޓަށް ދިމާވާ އެނުރަށްކާތެރި މައަސްލައާއިބެހޭ ތަޙުގީގުތަށް ކުރަމުންނެވެ. މިކަމާބެހޭ އިތުރު މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ މަތިންދާބޯޓުގައި ހަރުކޮށްފައި ހުންނަ ޕްރެޓް ވިޓްނީ އިންޖީނުގެ ރައްކާތެރިކަމާމެދު ސުވާލު އުފެދޭކަމުގައެވެ. އެހެންކަމުން މުސްތަގުބަލުގައި މީގެ މަތިންދާބޯޓު ބޭނުން ކުރުން އެކުގައި ހުއްޓާލަން ޖެހުންވެސް އެކަށީގެންވާކަމަށެވެ.

 

Loading

One Response

  1. މަތިންދާ ބޯޓުފަހަރު ކަނޑު އުޅަދުހެން ހުއްޓާފަ ޖައްވުގައި އިންޖީނު ހަދާކަށް ނުބޭއްވޭނެ. ވީމާ ވަރަށް ނުރައްކާވީތި.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް