ރައީސް ޓްރަމްޕަށް ދާއިމީ ގޮތެއްގައި ޓްވިޓާ ބޭނުން ނުކުރެވޭގޮތަށް ހަދައިފި

ސޯޝަލް މީޑިއާގެ އެންމެ މަގުބޫލު އެއް ވެބްސައިޓް، ޓްވިޓާއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އުމުރުދުވަހަށް ހަނދުމަފުޅު ނުނެތޭވަރުގެ އަދަބެއްދީފިއެވެ. އެ އަދަބަކީ ރައީސް ޓްރަމްޕުގެ ޓްވިޓާ އެކައުންޓް ދާއިމީގޮތެއްގައި ބޭނުން ނުކުރެވޭ ގޮތަށް ބަންދުކުރުމެވެ. ޓްވިޓާއިން އެ ފިޔަވަޅުއެޅީ ދޮގު މައުލޫމާތު ފަތުރައްވައި ހަމަނުޖެހުމަށް ބާރުލިބޭގޮތަށް ޓްރަމްޕް ޓްވީޓު ކުރައްވާތީ އެކަން ހުއްޓުވުމުގެ ގޮތުންނެވެ. އަދި ޓްރަމްޕްގެ ޓްވީޓުތަކުގެ ސަބަބުން އިތުރު ހަމަނުޖެހުމަށް މަގުފަހިވެދާނެކަމަށް ފެންނާތީ އެކަން ހުއްޓުވުމަށެވެ. ޓްރަމްޕްގެ ޓްވީޓުތަކުން ދޮގު މައުލޫމާތު ފަތުރުއްވައި […]
ކޯވިޑް19 ވައިރަހާއި ބެހޭ ބައެއް މުހިންމު މައުލޫމާތު.

ނިމިގެން ދިޔަ 2020 ވަނަ އަހަރު މުޅި ދުނިޔެ ހިސޯރުކުރި ކޮރޯނާވައިރަސް ނުވަތަ ކޯވިޑް19 އާއި ބެހޭ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި އެކި މައުލޫމާތުތައް ދައުރުވަމުން ދެއެވެ. މި ލިޔުމުގައި ހިމަނާލެވިފައި ވާނީ ޖޯން ހޮޕްކިންސް ހޮސްޕިޓަލްގެ ކޯވިޑް19 މައުލޫމާތު ކަރުދާހުގައި ހިމަނާފައިވާ ބައެއް މުހިންމު މައުލޫމާތުތަކެވެ. 1. މި ވައިރަހަކީ ފުރާނަ އެޅިފައިވާ މަޚުލޫގެއް ނޫނެވެ. އެއީ ޕްރޮޓީންގެ މޮލެކިއުލެކެވެ. އަދި އޭގެ ވަށައިގެން ފެޓްސްގެ ފަށަލައެއް ވެއެވެ. މިވައިރަސް ލޯ، ނޭފަތް […]
ޑޮނަލްޑް ޓްރަމްޕު، ވަކި މުއްދަތެއް ނެތް ގޮތަށް ފޭސްބުކްއިން ބޭން ކޮށްފައިވާ ކަމަށް ސީ އީ އޯ މާރކް ޒަކަބާގް ވިދާޅުވެއްޖެ.

ފޭސްބުކްގެ ޗީފް އެގްޒެކިއުޓިވް މާރކް ޒަކަބާގް ބުރާސްފަތި ދުވަހު ހާމަ ކުރެއްވި ގޮތުގައި ޑޮނަލްޑް ޓްރަމްޕު ވަކި މުއްދަތެއް ނެތް ގޮތަށް ވަނީ ބޭން ކޮށްފައެވެ. މިހެންކަމުން ޓްރަމްޕު، ހަތިޔާރެއް ގޮތުގައި އިންޓަރނެޓް ބޭނުންކޮށްގެން އެމެރިކާގެ ކެޕިޓޮލްގައި ކުރިޔަށް ދިޔަ ހަމަނުޖެހުންތަކަށް ހިތްވަރުދިނުމުގެ ސަބަބުން ސިލިކޮން ވެލީއާއި ދަ ވައިޓް ހައުސް އާއި ދެމެދު އޮތް ހަމަނުޖެހުންތައްވެސް ވަނީ އިތުރުވެގެން ގޮސްފައެވެ. ”އަހަރެމެންނަށް ޤަބޫލު ކުރެވޭ ގޮތުގައި ރައީސްއަށް އަހަރެމެންގެ ޚިދުމަތްތައް ބޭނުންކުރަމުން ދިއުމުގެ ފުރުސަތު މި […]
ރާއްޖެ އަށް 20,000 ވުރެން ގިނަ ފަތުރުވެރިން އަހަރުގެ ފުރަތަމަ ހަފްތާގައި!

20,000 އަށް ވުރެ ގިނަ ފަތުރުވެރިން މި އަހަރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ރާއްޖެ އަތުވެއްޖެ އެވެ. އަހަރުގެ ފުރަތަމަ ހަފްތާގެ ހުރިހާ ދުވަހެއްގައިވެސް ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 2،945 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ.އެގޮތުން ފުރަތަމަ ހަފްތާގައި ޒިޔާރަތް ކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 20،612 އެވެ. އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން މި އަހަރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާއިންނެވެ. 5331 ފަތުރުވެރިން އެޤައުމުން […]
އެމެރިކާގެ އައު ރައީސް ބައިޑެންގެ ސަރުކާރު – މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ވާނީ ކިހިނެއް؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިން އިންތިޚާބު ކާމިޔާބު ކުރިއިރު އެމީހުންގެ އެތަކެއް ރިޔާސީ ވައުދުތަކަކާއި ވަނީ ޚިލާފުވެފައެވެ. ސަބަބަކީ ވަޢުދުތައް ފުއްދުމަށް މަސައްކަތް ކުރުމަށް ހޭދަކުރި ވަގުތަށް ވުރެ އިންޑިއާއާއި، އެމެރިކާ އަދި ސަޢުދި ޢަރަބިއްޔާ ރުހޭ ގޮތަށް ކަން ކުރުމަށް ހޭދަވި ވަގުތު ގިނަވުމެވެ. މި ތިން ޤައުމަކީވެސް ކުދި އާބާދީ ތަކަށާއި ސިޔާސީ ގޮތުން އިދިކޮޅު ނުވަތަ ޚިޔާލު ތަފާތު ފަރާތްތަކާއި ދޭތެރޭ އިންސާނީ ޙައްޤުތަކާއި ޚިލާފުވާ ގޮތްގޮތަށް ކަންކަން ކުރުމުގެ ރިކޯޑު އޮތް ތިން […]
މިއަދުގެ ޚުތުބާގައި ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންނަށް ޚާއްސަ މެސެޖްތަކެއް

ދިރާސީ އަހަރުގެ ދެވަނަޓާމުގެ ކިޔެވުން ފެށުމަށް ދެ ދުވަހަށް ވެފައިވާއިރު، މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ ދަރިވަރުންނަށާއި ބެލެނިވެރިން އަދި މުދައްރިސުންނަށް ޚާއްސަ މެސެޖްތަކަކަށެވެ. ޚުތުބާގައި ބުނީ ބެލެނިވެރިން އެމީހުންގެ ދަރިން ސުކޫލަށް ފޮނުވަނީ ސްކޫލުތަކުގެ ވެރިންނާއި މުދައްރިސުންނަށް ވަރަށްބޮޑަށް އިތުބާރުކޮށްފައިކަމަށާއި އެހެންކަމުން ދަރިވަރުންގެ އުނގެނުމާއި އަޚްލާގާއި ރައްކާތެރިކަމަށް މުދައްރިސުން ކުރިއަށް ވުރެ ބޮޑަށް ސަމާލުކަންދޭންޖެހޭނެކަމަށެވެ. މުދައްރިސުން ދަރިން ތަރުބިއްޔަތުކޮށް އިސްލާމް ދީނަށާއި ގައުމަށް ވަފާތެރި ބަޔަކަށް ހެދުމަށްޓަކައި އެދުރުންގެ ދައުރު ބޮޑުކަން ހާމަކޮށް ކުތުބާގައިވަނީ ކެތްތެރިކަމާއި […]
ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ޒަޚަމްވި ދެ މީހުންގެ ހާލު ރަގަޅު :އެމްޕީއެލް

މާލޭ ވިޔަފާރި ބަނދަރުގައި ހުރި ކޮންޓޭނަރަކުން ބިއްލޫރި ޕެލެޓެއް ވެއްޓި ރޭ ހިނގި ހާދިސާއެއްގައި ޒަޚަމްވި ދެ މީހުންގެ ހާލު ވެސް ރަނގަޅުކަމަށް މޯލްޑިވްސް ޕޯސްޓްލިމިޓެޑް ( އެމްޕީއެލް) އިން ބުނެފިއެވެ. މި ހާދިސާއާއި ގުޅިގެން އެމްޕީއެލް އިން ނެރުނު ބަޔާނުގައި ބުނީ ހާދިސާ ހިނގަން މެދުވެރިވީ ފޯލްކްލިފްޓް ބޭނުންކޮށްގެން ބިއްލޫރި ޕެލެޓް ކޮންޓޭނަރުން ބާލަން އުޅުމުގެ ތެރޭގައި ކަމަށެވެ. ބިއްލޫރިގަނޑު ބާލަން އުޅުމުގެ ތެރޭގައި ބިއްލޫރިގަނޑު އަރިއަޅައި އެކަކު ކޮންޓެއިނަރުގެ ތެރޭގައި ތާށިވިއެވެ. އެމީހާ ސަލާމަތްކުރީ […]
ރާއްޖެއިން ޤަތަރާއެކު އޮތް ގުޅުންތައް އިޔާދަކޮށްފި! ކީއްވެ މިހާރު؟

ގިނަ އަދަދެއްގެ ނޫސްތަކުން ހާމަ ކޮށްފައިވާ ގޮތުގައި ރާއްޖޭގެ ސަރުކާރުން މިހާރު ވަނީ އަނެއްކާވެސް ޤަތަރާއެކު ފުރިހަމަ ގުޅުންތަކެެއް ޤާއިމް ކޮށްފައެވެ. ނަމަވެސް، ސަޢުދި ޢަރަބިއްޔާގެ ވެރިން ނުރުހިދަާނެ ކަމުގެ ބިރަށްޓަކާއި އެންމެހާ ފަރާތްތަކުންވެސް އަޅާނުލާ ދޫކޮށްލަމުންދާ ކަމެއް އެބައޮތެވެ. މިކަމަކީ ރާއްޖޭގެ ސިޔާސީ މަޞްރަހަށް ބޮޑު ނުފޫޒެއް ފޯރުވަމުންދާ ކަމެކެވެ. މުސްލިމް ޤައުމްތަކުގައި ’މުސްލިމް ބްރަދަރހުޑް‘ ފަދަ ސިޔާސީ ޕާޓީތަކަށް އެހީ ފޯރުކޮށްދިނުމުގެ ސަބަބުން ކަމަށް ބުނެ ސަޢުދި ޢަރަބިއްޔާއިންވަނީ ޤަތަރާއެކު އޮތް ގުޅުންތައް ކަނޑާލާފައެވެ. […]
ރައީސް ޓްރަމްޕް ބަލި ގަބޫލު ނުކުރެއްވިޔަސް ވެރިކަން ބަދަލުކުރުމުގެ ކަންތައް ކުރިއަށްދާނެ

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރެއްވިޔަސް ވެރިކަން ބަދަލުކުރުމުގެ ކަންތައް ޖެނުއަރީ 20 ގައި ކުރިއަށްދާނެކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގައި ޖޯ ބައިޑެން ކާމިޔާބު ހޯއްދަވާފައިވާކަމަށް ކޮންގްރެސްއިން ނިންމުމުން ރައީސް ޓްރަމްޕް ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވާކަމަށާއި ކޮންގްރެސްގެ ނިންމުމާ ކަނޑައެޅިގެން ދެކޮޅުކަމަށް ވިދާޅުވެފައެވެ. ބައިޑެން އެމެރިކާގެ 46 ވަނަ ރައީސް އެމެރިކާގެ ކޮންގްރެސްއިން މިއަދު ވަނީ ޖޯ ބައިޑަން އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ ތަސްދީގުކުރައްވާފައެވެ. އަދި ބައިޑެންއަކީ އެމެރިކާގެ […]
ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ދެ މީހަކު ޒަޚަމް ވެއްޖެ

މޯލްޑިވްސް ޕޯސްޓްލިމިޓެޑް ( އެމްޕީއެލް)ގައި ބިއްލޫރި ޕެލެޓެއް ވެއްޓި ހިނގި ހާދިސާއެއްގައި ދެ މީހަކު ޒަޚަމް ވެއްޖެއެވެ. އެމްޕީއެލް އިން ބުނީ މިހާދިސާ ހިނގަން މެދުވެރިވީ ފޯލްކްލިފްޓް ބޭނުންކޮށްގެން ބިއްލޫރި ޕެލެޓް ކޮންޓޭނަރުން ބާލަން އުޅުމުގެ ތެރޭގައި ކަމަށެވެ. މި ހާދިސާގައި އެކަކު ކޮންޓެއިނަރުތެރޭގައި ތާށިވުުވުމުން އެކަން ކަމާބެހޭފަރާތްތަކަށް އެންގުމަށްފަހު އަނިޔާވި ދެވަނަ މީހާއަށް ފަރުވާދިނުމަށް ހޮސްޕިޓަކަށް ގެންދިޔަކަމަށް ވެސް އެމްޕީއެލް އިން ބުނެއެވެ. އެމްއެންޑީއެފުން ބުނީ އެމްޕީއެލްގައި ހުރި ކޮންޓެއިނަރެއްގެ ތެރޭގައި މީހަކު ތާށިވެގެން އުޅޭކަމުގެ […]