މިއަދުގެ ޚުތުބާގައި ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންނަށް ޚާއްސަ މެސެޖްތަކެއް

Loading

Facebook
Twitter
WhatsApp

ދިރާސީ އަހަރުގެ ދެވަނަޓާމުގެ ކިޔެވުން ފެށުމަށް ދެ ދުވަހަށް ވެފައިވާއިރު، މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ ދަރިވަރުންނަށާއި ބެލެނިވެރިން އަދި މުދައްރިސުންނަށް ޚާއްސަ މެސެޖްތަކަކަށެވެ.

ޚުތުބާގައި ބުނީ ބެލެނިވެރިން އެމީހުންގެ ދަރިން ސުކޫލަށް ފޮނުވަނީ ސްކޫލުތަކުގެ ވެރިންނާއި މުދައްރިސުންނަށް ވަރަށްބޮޑަށް އިތުބާރުކޮށްފައިކަމަށާއި އެހެންކަމުން ދަރިވަރުންގެ އުނގެނުމާއި އަޚްލާގާއި ރައްކާތެރިކަމަށް މުދައްރިސުން ކުރިއަށް ވުރެ ބޮޑަށް ސަމާލުކަންދޭންޖެހޭނެކަމަށެވެ.

މުދައްރިސުން ދަރިން ތަރުބިއްޔަތުކޮށް އިސްލާމް ދީނަށާއި ގައުމަށް ވަފާތެރި ބަޔަކަށް ހެދުމަށްޓަކައި އެދުރުންގެ ދައުރު ބޮޑުކަން ހާމަކޮށް ކުތުބާގައިވަނީ ކެތްތެރިކަމާއި ހިކްމަތްތެރިކަމާ އެކު އުގަނައި ދިނުމަށް ނަސޭހަތްތެރިވެފައެވެ.

މިއަދުގެ ޚުތުބާގައި ސުކޫލުގެ ގަވާއިދުތަކަށް  ބޯލެބުމަށާއި ތަނުގެ މުދާ ރައްކާތެރިކޮށް ލައިބްރަރީއާއި ލެބޯޓްރީ ފަދަ ތަންތަނުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެފައި ވެއެވެ.

އަދި އިލްމީގޮތުން ކުރިއަރައި ދިއުމަށާއި މުދައްރިސުންނަށް ހައްގުވާ ގަދަރާއި އިހުތިރާމް ކުރުމަށް ވެސް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލާފައިވެއެވެ.

“ އެހެނީ މުދައްރިސުންނަކީ ދުނިޔެ އާއި އާޚިރަތުގެ ހެޔޮ މަގަށް ތިޔަ ކުދިންނަށް އަލިކޮށްދޭ ވޮށްތަކެއް. އެބައިމީހުން އެވަނީ ތިޔަކުދިން ތަރުބިއްޔަތުކުރުމުގެ ބުރަ މަސްއޫލިއްޔަތާ ހަވާލުވެފަ. މުދައްރިސުން އެކުރާ މަސައްކަތަކީ ނަބީބޭކަލުން ކުރެއްވި މަސައްކަތްފުޅު.“ ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ މައިންބަފައިންނާއި ދައުލަތުން ހޯދައިދީފައިފައިވާ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ދަރިވަރުން ހިފަންޖެހޭ ކަމަށެވެ.

“ ތިޔަކުދިން އުނގެނޭ އިލްމުގެ ނޫރުން ﷲގެ ރުހިވޮޑިގަތުމާއި މައިންބަފައިންގެ ހިތްހަމަޖެހުމާއި ގައުމަށް ކުރިއެރުން ހޯދައިދީ. ތިޔަކުދިން އުނގެނުނު އިލްމާއި ރިވެތި އަޚްލާގާއި ހުނަރު އިސްލާމް ދީނާއި ވަތަނައްޓަކައި ގުރުބާންވާން ކެރޭ ދަރިންތަކަށް ވުމަށް ތިޔަކުދިންގެ ނަފްސުތައް ތައްޔާރުކުރޭ.“ޚުތުބާގައި ބުންޏެވެ.

 

ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރެވިއްޖެނަމަ އެކުދިންގެ ހެޔޮދުއާގެ މަންފާ މައިންބަފައިނަށް ވާނެކަން ހަނދާންކޮށްދީ މިއަދުގެ ޚުތުބާގައި ވަނީ ތައުލީމު ދިނުމަށް ދަރިން ސްކޫލުތަކަށްފޮނުވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ބެލެނިވެރިންގެ ކިބައިން އެދިފައެވެ.

“ ދަރިންނަށް ތައުލީމު ދިނުމާއި އެ ކުދިން ތަރުބިއްޔަތު ކުރުމުގައި އެންމެން އެއްބާރުލަމާ ހިނގާ. ގައުމު ރަގަޅު ގޮތުގައި ތަރައްގީކޮށް އެއްބައިވަންތަކަން މަތީ ދެމެހެއްޓޭނީ އޭރުން.“ ޚުތުބާގައި ބުންޏެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް