ކޯވިޑް19 ވައިރަހާއި ބެހޭ ބައެއް މުހިންމު މައުލޫމާތު.

Loading

Facebook
Twitter
WhatsApp

ނިމިގެން ދިޔަ 2020 ވަނަ އަހަރު މުޅި ދުނިޔެ ހިސޯރުކުރި ކޮރޯނާވައިރަސް ނުވަތަ ކޯވިޑް19 އާއި ބެހޭ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި އެކި މައުލޫމާތުތައް ދައުރުވަމުން ދެއެވެ. މި ލިޔުމުގައި ހިމަނާލެވިފައި ވާނީ ޖޯން ހޮޕްކިންސް ހޮސްޕިޓަލްގެ ކޯވިޑް19 މައުލޫމާތު ކަރުދާހުގައި ހިމަނާފައިވާ ބައެއް މުހިންމު މައުލޫމާތުތަކެވެ.

1. މި ވައިރަހަކީ ފުރާނަ އެޅިފައިވާ މަޚުލޫގެއް ނޫނެވެ. އެއީ ޕްރޮޓީންގެ މޮލެކިއުލެކެވެ. އަދި އޭގެ ވަށައިގެން ފެޓްސްގެ ފަށަލައެއް ވެއެވެ. މިވައިރަސް ލޯ، ނޭފަތް ނުވަތަ އަނގަޔަށް ވަނުމުން ޖެނެޓިކް ކޯޑް މިއުޓޭޓްވެ އެތަނުގެ ސެލްތައް ’އެގްރެސަރ‘ އަދި ’މަލްޓިޕްލަޔަރ‘ ސެލްތަކަކަށް ބަދަލު ކޮށްލައެވެ.

2. މިވައިރަހަކީ ދިރިހުރި އެއްޗަކަށް ނުވުމާއިއެކު، މި ވައިރަހަކީ ”މަރާލެވޭނެ“ އެއްޗެއް ނޫނެވެ.

3. ވައިރަސް ނެތިގެން ދާނީ އޭގެ އަމިއްލަ ޒާތުގައެވެ. ނެތިދިޔުން ބަރޯސާވަނީ ތަނުގެ ފިނިހޫނުމިނާއި، ތެތްކަމާއި، އަދި އެނޫންވެސް ބައެއް ސަބަބުތަކުގެ މައްޗަށެވެ.

4. ހޫނު، ސައިބޯނި، އަލްކޮހޯލް، އަދި ބްލީޗް ސޮލިއުޝަން ފަދަ ތަކެތިން ވައިރަހުގެ ބޭރުގައިވާ ފެޓްސް ލޭޔަރ ހަލާކު ކޮށްލާ ވައިރަސް ނެތިކޮށްލަން އެހީވެއެވެ. ވައިރަހަކީ އޭގެ ޒާތުގައި ބަލިކަށި އެއްޗެކެވެ. އޭގެ ހަމައެކެނި ރައްކާތެރިކަމަކީ ބޭރުގައި ވާ ފެޓްސް ފަށަލައެވެ.

5. މިވައިރަސް ސިއްހީ ގޮތުން ވަރުގަދަ ހަންގަނޑުގެ ތެރެއިން ހަށިގަނޑަށް އެތެރެއެއް ނުވާނެއެވެ.

6. އެންޓި ބެކްޓީރިޔާ ނުވަތަ ވިނެގަރ އިން ވައިރަހަށް އަސަރެއް ނުކުރާނެއެވެ.

7. ޔޫވީ ލައިޓްގެ ސަބަބުން ވައިރަށް ހަލާކުވެ ނެތިގެންދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް