ރާއްޖެ އަށް 20,000 ވުރެން ގިނަ ފަތުރުވެރިން‏ އަހަރުގެ ފުރަތަމަ ހަފްތާގައި!

Loading

Facebook
Twitter
WhatsApp

20,000 އަށް ވުރެ ގިނަ ފަތުރުވެރިން މި އަހަރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ރާއްޖެ އަތުވެއްޖެ އެވެ.

އަހަރުގެ ފުރަތަމަ ހަފްތާގެ ހުރިހާ ދުވަހެއްގައިވެސް ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 2،945 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ.އެގޮތުން ފުރަތަމަ ހަފްތާގައި ޒިޔާރަތް ކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 20،612 އެވެ.

އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން މި އަހަރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާއިންނެވެ. 5331 ފަތުރުވެރިން އެޤައުމުން ޒިޔާރަތް ކޮށްފައިވާއިރު ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ އިންޑިއާއިންނެވެ. އެ ޤައުމުން 1،816 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ.

​އިންޑިއާއަކީ މިދިޔަ އަހަރު އެންމެ ގިނައިން ފަތުރުވެރިން އައި މާކެޓެވެ. މިދިޔަ އަހަރު ނިމުނުއިރު އިންޑިއާ އިން 62،905 ޓޫރިސްޓުން އައިސްފައިވެއެވެ.

​މިދިޔަ އަހަރު ކޮވިޑް-19އާ ހެދި ރާއްޖޭގެ ޓޫރިޒަމަށް ވަނީ ވަރަށް ބޮޑަށް ނޭދެވޭ އަސަރެއް ކޮށްފަ އެވެ. ޢެގޮތުން މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިން އަދަދު އަންދާޒާ ކުރި ވަރަށް ވުރެ ބޮޑުތަކުން ދަށަށް ދިޔަ އެވެ. މިިދިޔަ އަހަރު ފަތުރުވެރިން ޒިޔާރަތް ކުރި އަދަދަކީ 555،399 އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް