ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ދެ މީހަކު ޒަޚަމް ވެއްޖެ

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް ޕޯސްޓްލިމިޓެޑް ( އެމްޕީއެލް)ގައި ބިއްލޫރި ޕެލެޓެއް ވެއްޓި ހިނގި ހާދިސާއެއްގައި ދެ މީހަކު ޒަޚަމް ވެއްޖެއެވެ.

އެމްޕީއެލް އިން ބުނީ މިހާދިސާ ހިނގަން މެދުވެރިވީ ފޯލްކްލިފްޓް ބޭނުންކޮށްގެން ބިއްލޫރި ޕެލެޓް ކޮންޓޭނަރުން ބާލަން އުޅުމުގެ ތެރޭގައި ކަމަށެވެ.

މި ހާދިސާގައި އެކަކު ކޮންޓެއިނަރުތެރޭގައި ތާށިވުުވުމުން އެކަން ކަމާބެހޭފަރާތްތަކަށް އެންގުމަށްފަހު އަނިޔާވި ދެވަނަ މީހާއަށް ފަރުވާދިނުމަށް ހޮސްޕިޓަކަށް ގެންދިޔަކަމަށް ވެސް އެމްޕީއެލް އިން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެމްޕީއެލްގައި ހުރި ކޮންޓެއިނަރެއްގެ ތެރޭގައި މީހަކު ތާށިވެގެން އުޅޭކަމުގެ މައުލޫމާތު މިރޭ އަށެއްޖަހަން ކައިރިވެފައި ވަނިކޮށް ލިބުނު ކަމަށާ އަދި ކޮންޓެއިނާތެރޭގައި ތާށިވެފައިވާ މީހާ ކޮންޓެއިނަރު ތެރެއިން ނެރުމަށްފަހު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް