ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ޒަޚަމްވި ދެ މީހުންގެ ހާލު ރަގަޅު :އެމްޕީއެލް

Loading

Facebook
Twitter
WhatsApp

މާލޭ ވިޔަފާރި ބަނދަރުގައި ހުރި ކޮންޓޭނަރަކުން ބިއްލޫރި ޕެލެޓެއް ވެއްޓި ރޭ ހިނގި ހާދިސާއެއްގައި ޒަޚަމްވި ދެ މީހުންގެ ހާލު ވެސް ރަނގަޅުކަމަށް މޯލްޑިވްސް ޕޯސްޓްލިމިޓެޑް ( އެމްޕީއެލް) އިން ބުނެފިއެވެ.

މި ހާދިސާއާއި ގުޅިގެން އެމްޕީއެލް އިން ނެރުނު ބަޔާނުގައި ބުނީ ހާދިސާ ހިނގަން މެދުވެރިވީ ފޯލްކްލިފްޓް ބޭނުންކޮށްގެން ބިއްލޫރި ޕެލެޓް ކޮންޓޭނަރުން ބާލަން އުޅުމުގެ ތެރޭގައި ކަމަށެވެ.

ބިއްލޫރިގަނޑު ބާލަން އުޅުމުގެ ތެރޭގައި ބިއްލޫރިގަނޑު އަރިއަޅައި އެކަކު ކޮންޓެއިނަރުގެ ތެރޭގައި ތާށިވިއެވެ. އެމީހާ ސަލާމަތްކުރީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކުއެވެ.

އެމްޕީއެލް އިން ބުނީ މިހާދިސާގައި ޒަޚަމްވި ދެ މީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާކަމަށެވެ. އަދި އަނިޔާވި ދެ މީހުންގެ ހާލު ވެސް ރަގަނޅުކަމަށާ ފުރާނައަށް ނުރައްކާވާފަދަ ބޮޑު އަނިޔާއެއް ދެ މީހުންނަށް ލިބިފައި ނުވާކަމަށް ވެސް އެކުންފުނިން ބުނެއެވެ.

އެމްޕީއެލް އިން ބުނީ މާލޭ ވިޔަފާރި ބަނދަރަކީ ނުރައްކާތެރި މަސައްކަތްތަކެއް ކުރާ ތަނަކަށް ވުމާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެކުންފުނިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭކަމަށެވެ. އަދި ކުރިއަށް އޮތްތާގައި މިފަދަ ހާދިސާތަށް މެދުވެރިނުވާނެ ގޮތްތަށް ބަލާ އިތުރު ފިޔަވަޅުތައް އަޅަމުން ދާނެކަމަށް ވެސް އެމްޕީއެލް އިން ބުނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް