ވެމްކޯއިން ގޭގެއިން ކުނި ނަނގާ ގަޑި ބަދަލުވަނީ

މާލެ ސަރަހައްދުގައި ހިމެނޭ ގޭގެއިން ކުނި ނަގާ ގަޑި އަންނަ ޖެނުއަރީ މަހުން ފެށިގެން ރޭގަނޑަށް ބަދަލުކުރާ ގޮތަށް ވެމްކޯ އިން ހަމަޖައްސައިފި އެވެ. ވެމްކޯގެ މުވައްޒަފުން މިހާރު ގޭގެ އިން ކުނި ނަގަނީ ދުވާލުގެ ވަގުތުތަކުގައެވެ. ކުނި ނަނގާ ގަޑިއަށް ގެންނެވި ބަދަލާއި ގުޅިގެން ވާހަކަދައްކަވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، އަންނަ ޖެނުއަރީ މަހުގެ ކުރީކޮޅުން ފެށިގެން އެކަން ރޭގަނޑަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. […]
ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 19 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 19 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން އެހެން ރަށްތަކުން މިއަދު ފައްސިވި 9 މީހުންގެ ތެރެއިން 6 ފައްސިވީ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން 2 އަދި އިންޑަސްޓްރިއަލް ރަށަކުން އެކަކު މިއަދު ފައްސިވިއެވެ. އަދި އަނެއް 10 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 13493 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، […]
ހަނދުއޮއްސޭ ގާނޫނު ގާނޫނަކަށްވާނަމަ !

އެޗް.ސީ.ޕީ ބެލްގެ މޮނޮގްރާފްގައި ލިއުއްވި ލިއުއްވުމެއްގެ ތަރުޖަމާ، ”ދިވެހިތާރީޚަށް އައު އަލިކަމެއް“ މިހެންކިޔާފޮތުގެ 159 ވަނަ ޞަފްހާގައި އެބައޮތެވެ. އަންހެނަކު ވެރިކަމުގައި ވަޑުވައިގެން ފިރިހެނުންތަކެއް ދައުލަތުގެ އެކިކަންކަމަށް ވެރިވެގެން އޭރު އުޅުނު ގޮތް ސަފްޙާ އަކަށްވުރެ ކުރެވެ. އެކަމަކު ލިބިދިން ފިލާވަޅު ބޮޑެވެ. ސިންގާސަނާގެ ހަރުއަޑަށްވުރެ ބާރަށް ބައެއްފަހަރު ފަނޑިޔާރުމަނިކުފާނު އަޑުލައްވާކަން ބަޔާންވެ އެނގެން އެބައޮތެވެ. އެކަމަކު ރަނިކަމާ އެބޭކަލަކަށް ދެއްވި ތިންފަޅުރަށް އޮތްވާހަކަ ހަމައެބަޔާނުގައި އޮތުމުން ތިންފަޅުރަށުގެ ގޮޔާއި ދެކޮޅަށް، ފަނޑީޔާރު ކަލޯއަށް ލެއްވޭނީވެސް ކޮން […]
ޕިކްޕޯސްޓުގެ ސްޓޭޝަނެއް ގްރޭޓާ މާލޭ ބަސް ޓާމިނަލްގައި!

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އިން އެކުންފުނީގެ ސެލްފް ސާވިސް ޑެލިވަރީ ސްޓޭޝަން ކަމަށްވާ ”ޕިކްޕޯސްޓު“ގެ ސްޓޭޝަނެއް ގްރޭޓާ މާލޭ ބަސް ޓާމިނަލްގައި ހުޅުވައިފި އެވެ. މޯލްޑިވްސް ޕޯސްޓް އިން ބުނިގޮތުގައި އެޙިދުމަތަކީ އިތުބާރާއެކު ޕޯސްޓަލް ޕެކޭޖް ރައްދުކުރުމަށްޓަކައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ސްޓޭޝަންތަކެއް ކަމަށެވެ. އަލަށް ޤާއިމް ކުރި މިޕިކްޕޯސްޓު ސްޓޭޝަން އާއެކު ޖުމުލަ 4 ސްޓޭޝަން އެއް މިހާރު ވަނީ ގާއިމް ކޮށްފައި ކަމަށް ޕޯސްޓް އިން ބުނެއެވެ. އެއީ ވެލާނާގެ، ޕޯސްޓް އޮފީސް، ހުޅުމާލޭގެ […]
ކޮވިޑް ވެކްސިނަކީ ދުނިޔެއަށް ބޮޑު ނުރައްކަލެއް: ބްރެޒިލްގެ ރައީސް

ކޮރޯނާ ވެކްސިން ފައިޒާ ޖެހުމުން އިންސާނުން ކިނބުލަށް ބަދަލުވެ އަންހެނުން ތުނބުޅި ފަޅާފާނެ؟ ކޮވިޑް ވެކްސިނަކީ ދުނިޔެއަށް ބޮޑު ނުރައްކަލެއްކަމުގައި ބްރެޒިލްގެ ރައީސް ވިދާޅުވެއްޖެއެވެ. ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯއަކީ ވަރަށް ގިނަ ބަޔަކު ހައިރާންވާފަދަ ވާހަކަތައް ދޭތެރެދޭތެރެއިން ވިދާޅުވާ ބޭފުޅެކެވެ. ކޮވިޑް-19 އިން ދިފާއުވާނެ ވެކްސިނެއް ނުލިބިގެން ދުނިޔޭގެ އެތައް ބިލިއަން ބަޔަކު ހާސްވެ ކަންބޮޑުވެގެން އުޅެނިކޮށް ވެކްސިންއުފައްދައި އޭގެ ބޭނުން ކުރަންފެށިތަނާހެން ވެކްސިނާމެދު ޝައްކުއުފެދޭ ފަދަ ވާހަކައެއް ރައީސް ވިދާޅުވުމުން ދުނިޔޭގެ އެތައް މިލިއަން […]
ކޮވިޑް-19 ބަލިމަޑު ކަން ނިމުމުގެ ކޮޅުމަތި އެބަ ފެންނަ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

ކޮވިޑް-19ގެ ބަލިމަޑުކަން ނިމުމުގެ ކޮޅުމަތި މިހާރު ފެނިފައިވާ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން(ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ. ބަލިމަޑުކަން ނިމުމުގެ ކޮޅުމަތި ފެނިފައިވިނަމަވެސް އެބަލިން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތައް އަދި މުޅިން ދޫކޮށްލައިގެން ނުވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން އިއްޔެ ބުނެފި އެވެ. ޑަބްލިއުއެޗްއޯއިން ބޭއްވި މީޑިއާ ބްރީފިންއެއްގައި އެ ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގަބްރެޔެސުސް ވިދާޅުވީ ކޮވިޑްގެ ކެންޑިޑޭޓް ވެކްސިންތަކުގެ ދެ ބިލިޔަން ޑޯޒް، އދ. އިން ކަނޑައަޅާފައިވާ ވެކްސިން ޕްރޮގްރާމް، […]
މާލޭގައި އިއުލާނުކުރި ކާފިއު އުވާލައިފި!

ރޭގަނޑު 0000 އިން ފެށިގެން ފަތިހު 0400 އާ ހަމައަށް މާލޭ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު އުވާލައިފި އެވެ. އެޗްޕީއޭ އިން ރޭގަ ކުރި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލޭގައި ރޭގަނޑު 12 އިން ފަތިހު 4 އަކަށް އޮތް ކާފިއު އުވާލަން ނިންމާފައިވާ ކަމަށެވެ. އަދި ހަމަ މިއާއެކު އެޗްޕީއޭއިން ރޭ ކުރި އިއުލާނުގައި ވިދާޅުވެފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، މި ހިނދުން ފެށިގެން،ހެލްތު […]
ރާއްޖޭގައި މިހާރުވެސް އެންމެ ގޮންޖެހުން ބޮޑު އަސާސީ ޚިދުމަތަކީ ދަތުރުފަތުރުގެ ޚިދުމަތް: ރައީސް އިބްރާހީމް

ރާއްޖޭގައި މިހާރުވެސް އެންމެ ގޮންޖެހުން ބޮޑު އަސާސީ ޚިދުމަތަކީ ދަތުރުފަތުރުގެ ޚިދުމަތްކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެމް.ޓީ.ސީ.ސީއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ”ކާމިޔާބު 40“ ޓީވީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ސަރުކާރުން ޤަޞްދުކުރާ އެންމެ މުހިންމު އެއް މަޝްރޫޢަކީ، ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކަމަށެވެ. ”އެކަން ކުރާނެ ގޮތުގެ ޕްލޭންތައް، ޕްލޭނިންގ މިނިސްޓްރީ އާއި ޓްރާންސްޕޯރޓް މިނިސްޓްރީން މިހާރު […]
ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 26 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 26 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 8 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 14 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 13444 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 553 އެކްޓިވް ކޭސް ހިމެނޭއިރު، 47 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިބަލީގައި ރާއްޖެ އިން މިހާތަނަށް 48 މީހަކު […]
ކްރިސްމަސް ފާހަގަކުރަން އުޅުމަކީ ނުބައިކަމުގެ މައްޗަށް ހުރި ނުބައެއް –- ޒައިދު

އައްޝައިޚް ޢަލީ ޒައިދު ވިދާޅުވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކްރިސްމަސް ފާހަގަކުރަން އުޅުމަކީ ނުބައިކަމުގެ މައްޗަށް ހުރި ނުބައެއްކަމެއްކަމަށެވެ. ޝައިޚް މިހެން ވިދާޅުވެފައި މިވަނީ ނަޞާރާއިންގެ ކްރިސްމަސް ފާހަގަކުރުމުގެ ގޮތުން، ކ.މާފުށީ ކާނި ގެސްޓުހައުސް ދިމާ އަތިރިމަތީގައި ބަހައްޓާފައިހުރި ކްރިސްމަސް ޓްރީއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ. ފުލުހުންބުނީ އެގަސްހުރުކުން ރަށުގެ ބައެއްމީހުން އެކަމާ ނުރިހިގެން ނެގުމަށްބުނެ ނުނެގުމުން ފުލުހަށް ރިޕޯޓުކުރީކަމަށެވެ. އެހެންވެ ކޯޓު އަމުރެއްގެ ދަށުން އެކަން ހުއްޓުވީކަމަށެވެ. މި ގޮތުން ޒައިދު […]