ކްރިސްމަސް ފާހަގަކުރަން އުޅުމަކީ ނުބައިކަމުގެ މައްޗަށް ހުރި ނުބައެއް –- ޒައިދު

32

އައްޝައިޚް ޢަލީ ޒައިދު ވިދާޅުވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކްރިސްމަސް ފާހަގަކުރަން އުޅުމަކީ ނުބައިކަމުގެ މައްޗަށް ހުރި ނުބައެއްކަމެއްކަމަށެވެ.

ޝައިޚް މިހެން ވިދާޅުވެފައި މިވަނީ ނަޞާރާއިންގެ ކްރިސްމަސް ފާހަގަކުރުމުގެ ގޮތުން، ކ.މާފުށީ ކާނި ގެސްޓުހައުސް ދިމާ އަތިރިމަތީގައި ބަހައްޓާފައިހުރި ކްރިސްމަސް ޓްރީއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ. ފުލުހުންބުނީ އެގަސްހުރުކުން ރަށުގެ ބައެއްމީހުން އެކަމާ ނުރިހިގެން ނެގުމަށްބުނެ ނުނެގުމުން ފުލުހަށް ރިޕޯޓުކުރީކަމަށެވެ. އެހެންވެ ކޯޓު އަމުރެއްގެ ދަށުން އެކަން ހުއްޓުވީކަމަށެވެ.

މި ގޮތުން ޒައިދު ވަނީ ކްރިސްމަސް ފާހަގަ ކުރުމުގެ އެއްވެސް ކަމެއްގައި ރިސޯޓުތަކުގައިވެސް  މުސްލިމުން ބައިވެރިނުވުމަށް އެދިވަޑައިގަންނަވާފައެވެ.

”ރިސޯޓުތަކުގެ މުސްލިމް ސްޓާފުންނަށް ވެސް އަޅުގަނޑު ދަންނަވާނީ ކްރިސްމަސް ފާހަގަ ކުރުމުގެ އެއްވެސް ކަމެއްގައި މުސްލިމަކު ބައިވެރި ނުވާށޭ! ކުރަން ބޭނުމިއްޔާ ޣައިރު މުސްލިމް ސްޓާފުންލައްވާވެސް އެކަން ކުރެވޭނެނޫންތޯއެވެ؟

 

 

މީގެ އިތުރުން މިއާއި ޚިލާފަށް ރަށްރަށުގައި މިކަން ކުރަން އުޅުމަކީ ނުބައިގެ މައްޗަށް ހުރި ނުބަޔެކަމަށާއި، އެކަމާއި ވިސްނުމަށް ވެސް ޒައިދު ވަނީ ވިދާޅުވެފައެވެ.

1 ހިޔާލު

  1. ހެޔޮލަފާ ޝެއިޚުންވެސް ދުނިޔެވީ ކުރިއެރުން ހޯދުމަށްޓަކައި ތެދުބަސްނުބުނެ ހިނހޫތަނުން ކައިގެން އުޅެންޖެއްސީމާ ތިކިޔާ ލާދީނިއްޔަތު ދިވެހި ފަސްގަނޑުގައި މިއާލާވީ. ދެން ވަރަށް މަސައްކަތުން ހަމަޔަކަށް އެޅުވޭނީ އެހެނީ ޝައިތާނާގެ 24 ގަޑިއިރުގެ ވަޒީފާއަކީ އިންސާނުން މަގުފުރެއްދުން ކަމަށްވާތީއެވެ. ނޫންތޯ ޝެއްޚު ޒައިދު؟

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ