ޕިކްޕޯސްޓުގެ ސްޓޭޝަނެއް ގްރޭޓާ މާލޭ ބަސް ޓާމިނަލްގައި!

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އިން އެކުންފުނީގެ ސެލްފް ސާވިސް ޑެލިވަރީ ސްޓޭޝަން ކަމަށްވާ ”ޕިކްޕޯސްޓު“ގެ ސްޓޭޝަނެއް ގްރޭޓާ މާލޭ ބަސް ޓާމިނަލްގައި ހުޅުވައިފި އެވެ.

​މޯލްޑިވްސް ޕޯސްޓް އިން ބުނިގޮތުގައި އެޙިދުމަތަކީ އިތުބާރާއެކު ޕޯސްޓަލް ޕެކޭޖް ރައްދުކުރުމަށްޓަކައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ސްޓޭޝަންތަކެއް ކަމަށެވެ.

އަލަށް ޤާއިމް ކުރި މިޕިކްޕޯސްޓު ސްޓޭޝަން އާއެކު ޖުމުލަ 4 ސްޓޭޝަން އެއް މިހާރު ވަނީ ގާއިމް ކޮށްފައި ކަމަށް ޕޯސްޓް އިން ބުނެއެވެ. އެއީ ވެލާނާގެ، ޕޯސްޓް އޮފީސް، ހުޅުމާލޭގެ އިތުރުން އަލަށް ހުޅުވުނު ގްރޭޓާ މާލޭ ބަސް ޓާމިނަލްގައި ހުންނަ ޕިކްޕޯސްޓް ސްޓޭޝަނެވެ.

ގިނަ ރައްޔިތުންގެ ޕޯސްޓުގެ ހިދުމަތް ބޭނުންކުރާތީ އާންމުންގެ ބޭނުމާ އެއްގޮތަށް ހިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން މާލޭގެ އިތުރު ދެ ސަރަހައްދެއްގައި ޕިކްޕޯސްޓުގެ ހިދުމަތް ތައާރަފުކުރުމަށްޓަކައި މަސައްކަތް ކުރަމުން ގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޕިކްޕޯސްޓްގެ ޙިދުމަތް ފުޅާވެ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން އަންނަނީ މި ޙިދުމަތް ބޭނުން ކުރަމުންނެވެ. މިޚިދުމަތް ރާއްޖޭގައި ތަޢާރަފް ކޮށްފައިވަނީ 2017 ވަނަ އަހަރުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް