ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 19 ވޭދަނަ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 19 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން އެހެން ރަށްތަކުން މިއަދު ފައްސިވި 9 މީހުންގެ ތެރެއިން 6 ފައްސިވީ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން 2 އަދި އިންޑަސްޓްރިއަލް ރަށަކުން އެކަކު މިއަދު ފައްސިވިއެވެ. އަދި އަނެއް 10 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 13493 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 543 އެކްޓިވް ކޭސް ހިމެނޭއިރު، 44 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިބަލީގައި ރާއްޖެ އިން މިހާތަނަށް 48 މީހަކު ނިޔާވެފައި ވާއިރު، 12895 މީހަކުވަނީ ބަލިން ފަސޭހަވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް