މާލޭގައި އިއުލާނުކުރި ކާފިއު އުވާލައިފި!

Loading

Facebook
Twitter
WhatsApp

ރޭގަނޑު 0000 އިން ފެށިގެން ފަތިހު 0400 އާ ހަމައަށް ​މާލޭ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު އުވާލައިފި އެވެ.

އެޗްޕީއޭ އިން ރޭގަ ކުރި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލޭގައި ރޭގަނޑު 12 އިން ފަތިހު 4 އަކަށް އޮތް ކާފިއު އުވާލަން ނިންމާފައިވާ ކަމަށެވެ.

އަދި ހަމަ މިއާއެކު އެޗްޕީއޭއިން ރޭ ކުރި އިއުލާނުގައި ވިދާޅުވެފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، މި ހިނދުން ފެށިގެން،ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 2020/59 (7 ނޮވެންބަރު 2020) އެންގުމުގެ 1 ވަނަ ނަންބަރު (މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން މަނާކުރުން) ބާޠިލުކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19ގެ ހާލަތު ރަނގަޅުވަމުން އަންނަ މިންވަރަށް ބަލައި ލުއި ދެމުން ގޮސް މާލޭގައި ބޭރުގައި އުޅުން މަނާ ވަގުތަކީ ރޭގަނޑު 12:00 އާއި 4:00 އާ ދެމެދު ކަމުގައި ހަމަޖެއްސީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ.

​އެންމެ ފަހުން ކޮވިޑް-19 އާ ގުޅިގެން ދީފައިވާ އިތުރު ލުއިތަކުގެ ތެރޭގައި 14 މީހުންނަށްވުރެ ގިނައިން އެތަނަކަށް އެއް ނުވެވޭނެ ގޮތަށްވެސް ވަނީ ލުއި ދީފައެވެ.

މާލޭގައި ކުރިން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިދިން ނަމަވެސް މާލެ ސިޓީން ރާއްޖޭގެ އެހެން ރަށްތަކަށް ދަތުރު ކުރާއިރު ކަރަންޓީންވުން ލާޒިމެވެ. އެ ނިންމުމަކަށް ބަދަލެއް ނާދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް