ފުރަތަމަ ފަހަރަށް ކަޅު އަންހެނަކަށް މިސް އެމެރިކާގެ މަގާމު

”މިސް އެމެރިކާ“ގެ މަގާމަށް ފާއިތުވި އަހަރުތަކުގައި އާންމުކޮށް ދޮން އަންހެނުން ހޮވުނަސް މިއަހަރު އެމަގާމަށް ކަޅު އަންހެނަކު ހޮވިއްޖެއެވެ. މިއީ ކަޅު ނަސްލުގެ އަންހެނަކަށް އެ މަގާމު ލިބުނު ފުރަތަމަ ފަހަރެވެ. އަދި މިއީ އެމެރިކާގެ ކަޅު ނަސްލުގެ މީހުންނަށް ލިބުނު ޝަރަފެކެވެ. އަދި މުޅި އެމެރިކާއަށް ލިބުނު ސިހުމެކެވެ. މިސް އެމެރިކާގެ ތާޖު ހޯދި އަސްޔާ ބްރާންޗަކީ މިސިސިއްޕީ ޔުނިވަސިޓީގެ ދަރިވަރެކެވެ. މިސް އެމެރިކާގެ މަގާމަށް އަސްޔާ ހޮވުމާ ގުޅިގެން މިސް ޔުނިވާސް ހޮވުމަށް ބާއްވާ […]
16/11 ވަނަ ދުވަހުގެ ހެނދުނު 9:11 – މުޅި ހޯރަފުށި އުފަލުން ރޮއްވާލި ވަގުތުކޮޅެއް!

ނޮވެމްބަރު 16 ވަނަ ދުވަހުގެ އިރު އުދަރެހުން ފާޅުވެގެން އެހެރަ އަންނަނީއެވެ. އެއިރު ހޯރަފުށި އޮތީ އަދި ހަމަ ނިންޖެއް ނުހޯދައެެވެ. އެއްބަޔަކު އުޅެމުންދިޔައީ ”ކަރުތާފެނުން ހޯދި ރަން ލޯބި ތޯތާ“ ކަމަށްވާ ހޯރަފުށީ އެއަރޕޯޓް ޒީނަތްތެރި ކުރުމުގެ މަސައްކަތުގައި އަވަދިނެތިއެވެ. އަނެއްބަޔަކު މަގުތައް ކުނިކަހާ އޮމާން ކުރަނީއެވެ. ދެން ތިބި މީހުން ރަށުތެރެ ދިދަފަތިތަކާއި ބެނާތަކުން ޒީނަތްތެރި ކުރަނީއެވެ. ހެނދުނު އަށެއް ޖަހަންވީއިރު ރަށު ހުރިހާ ރައްޔިތުން ވެވުން އެންމެ ނަލައެއް ވެލައިގެން އެއްދިމާލަކަށް ހިނގާތަން […]
ކޯވިޑް19: 24 ގަޑިއިރު ތެރޭ ދެ މަރު! ކޭސްތައް އަނެއްކާވެސް އިތުރުވަނީ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 110 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 24 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 86 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 31 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 79 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 12,314 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 847 އެކްޓިވް ކޭސް ހިމެނޭއިރު، 59 […]
ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށް ދައުލަތަށް ބޮޑު ލޯނެއްނަގަނީ

ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށް ސަރުކާރުން ބޮޑު ލޯނެއް ނެގުމަށް ނިންމައިފިއެވެ. ސަރުކާރުން 2021 ވަނަ އަހަރުގެ ބަޖެޓަށް ފައިސާ ހޯދުމުގެ ގޮތުން ބޭރަށް ވިއްކުމަށް ނިންމާފައިވާ ޞުކޫކު ވިއްކުމަށްޓަކަށް ރަހުނަކަށް ދަރުވަމަވަންތަ ހޮސްޕިޓަލު ހަމަޖެއްސުމާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުއްވާފައިވާ ސިޓީއެއް ކަމަށް ބުނާ ސިޓީއެއް ދަނީ ދައިރުވަމުންނެވެ. ފިނޭންސް މިނިސްޓަރއަމީރުގެ މިސިޓީގައި ވިދާޅުވެފައިވަނީ ދައުލަތުގެ ބަޖެޓަށް 300 މިލިއަން ޑޮލަރު ހޯދުމަށް އިސްލާމިކް ކޯޕަރޭޝަން ފޯ […]
ފޮރިން މިނިސްޓަރ ޝާހިދު އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގެ ސަފީރުންނާއި ބައްދަލު ކުރައްވައިފި

އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާއި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިއަދު ވަރޗުއަލްކޮށް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މޮރޮކޯ، މިޞްރު، ރިޕަބްލިކް އޮފް ގިނީ، ދަ ގެމަބިއާ އަދި ސެނެގާލްއިން ރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ އެންމެ އިސްވެރިންގެ އިތުރުން ޓިއުނީޝިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ޑިޕްލޮމެޓިކް މިޝަން ހިންގުމާއި ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާ ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުއާއި ސަފީރުން ވަނީ ކޮވިޑް-19 އާ ގުޅޭ ގޮތުންނާއި، ބައިލޭޓަރަލް […]
ޔޫއޭއީގައި ކޮވިޑަށް ފަރުވާ ކުރާ ޑޮކްޓަރުންނަށް 10އަހަރުގެ ވިސާ ދެނީ

ޔުނައިޓެޑް ޢަރަބި އެމިރޭޓްސްގައި މަސައްކަތްކުރާ، ކޮވިޑް-19އަށް ފަރުވާ ކުރާ ހުރިހާ ޑޮކްޓަރުންނަށް 10އަހަރުގެ ރސިޑެންސް ވިސާ ދިނުމަށް ނިންމައިފިއެވެ. އަދި މިއާއި އެކު ގައިންގަޔަށް އަރާ ބަލިތަކާ ބެހޭ ޚާއްސަ ތަޖްރިބާކާރުންނަށްވެސް 10 އަހަރުގެ ރެސިޑެންސް ވިސާ ދޭން ވަނީ ނިންމައިފައެވެ. ގަލްފުގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ޔޫއޭއީގައި ދިރިއުޅޭ ބިދޭސީންނަށް ވެސް އާއްމު ގޮތެއްގައި ދެނީ އެ މީހެއްގެ ވަޒީފާއާ ގުޅޭ ގޮތުން ކުރު މުއްދަތުގެ ވިސާއެކެވެ. ދިގު މުއްދަތުގެ ވިސާ ހޯދުމަކީ ފަސޭހަ ކަމެއް […]
ކުރީގެ ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުމެއް ބުދަދުވަހަށް ތާވަލު ކޮށްފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ މައްޗަށް އައު ދަޢުވާތަކެއް ކުރުމަށް ޝަރީއަތުގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ. މަނީ ލޯންޑަރިންގެ މައްސަލައިގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ އައު ދަޢުވާތަކަކީ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ދަޢުވާއެވެ. ބުދަދުވަހުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ 13:30 ގައި ފަށާގޮތަށެވެ. އެ މައްސަލައާއި ގުޅިގެން ދެން ކްރިމިނަލް ކޯޓުގައި ކުރިއަށް ދާނީ ދަޢުވާ އުފުލުމަށްފަހު ދަޢުވާ […]
ހޯރަފުށީ އެއާޕޯޓަށް ޓެސްޓްފްލައިޓް ޖައްސައިފި

ހއ. ހޯރަފުށީގައި ތަރައްގީކުރި އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި އެވެ. ހޯރަފުށީ އެއާޕޯޓަށް އެންމެ ފުރަތަމަ ޖެއްސީ ދިވެހި ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެކެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި ހޯރަފުށީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައިވާއިރު މާދަމާ އެ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށްޓަކައި ކުރަންޖެހޭ އެންމެފަހުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ. އެއާޕޯޓު ހުޅުވާތާ ހަފުތާއެއް ތެރޭގައި ޝެޑިއުލް ދަތުރުތައް ފެށޭނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ މީގެ […]
މެމްބަރު ޔައުޤޫބުގެ ގޮނޑިކޮޅު ނުގެއްލޭކަމަށް ސްޕްރީމް ކޯޓުން ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު އަބްދުﷲގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ. ޔައުޤޫބުގެ ގޮނޑިއާ މެދު ސުވާލު އުފެއްދުނީ، ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ހުރެ ޗާޓާޑް އެކައުންޓެންޓްސް ޤާނޫނުގެ ދަށުން އުފެއްދި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސްގެ ކައުންސިލުގެ މެމްބަރުކަމާ އޭނާ ހަވާލުވެވަޑައިގަތުމުންނެވެ. އެ މަގާމަކީ ދައުލަތުގެ މުއައްސަސާއެއްގެ މުސްތަގިއްލު މަގާމެއް ކަމަށް ބުނެ، އެ މަގާމާ ހަވާލުވުވަޑައިގަތުމަކީ ޔައުޤޫބުގެ ގޮނޑި ގެއްލޭނެ ކަމެއް ކަމަށް ބުނެ ސުޕްރީމް […]
ދަތުރުވެރިންނަށް ލޯޔަލްޓީ ޕްރޮގްރާމެއް ހުށަހަޅާ ދުނިޔޭގެ ފުރަތަމަ ގައުމަކަށް ދިވެހިރާއްޖެ

ދިވެހިރާއްޖެއިން ޚިދުމަތްދެނީ ހަމައެކަނި އެއަރލައިންތަކަށާއި ހޮޓެލްތަކަށް އަންނަ މެހެމާނުންނަށް އެކަންޏެއް ނޫނެވެ. ދިވެހިރާއްޖެ މިވަނީ ދަތުރުވެރިންނަށް މެހެމާންދާރީ އަދާކުރުމުގެ ދާއިރާގައި ލޯޔަލްޓީ ޕްރޮގްރާމެއް ހުށަހަޅައިދޭ ދުނިޔޭގެ ފުރަތަމަ ގައުމަކަށް ވުމުގެ މަގުމަތީގައެވެ. ދިވެހިރާއްޖޭގެ ބޯޑަރ މައިލްސް ޕްރޮގްރާމްުގައި ތިން މަރުހަލާއެއްވެއެވެ. އަބާރަނަ (ރަން)، އަންތާރާ (ރިހި)، އަދި އައިދާ (ލޯ). މި ތިން ނަމަކީ އިންޑިއާ ކަނޑުގައިވާ ދިވެހިރާއްޖޭގައި އުޅޭ ދިވެހިން ވާހަކަދައްކާ ބަހުން އުފައްދާފައިވާ، ދިވެހި ނަންތަކެވެ. ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ރަސްމީ ޓްވިޓަރ އެކައުންޓުން ސެޕްޓެންބަރު […]