ކުރީގެ ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުމެއް ބުދަދުވަހަށް ތާވަލު ކޮށްފި

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ މައްޗަށް އައު ދަޢުވާތަކެއް ކުރުމަށް ޝަރީއަތުގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

މަނީ ލޯންޑަރިންގެ މައްސަލައިގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ އައު ދަޢުވާތަކަކީ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ދަޢުވާއެވެ.

ބުދަދުވަހުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ 13:30 ގައި ފަށާގޮތަށެވެ.

އެ މައްސަލައާއި ގުޅިގެން ދެން ކްރިމިނަލް ކޯޓުގައި ކުރިއަށް ދާނީ ދަޢުވާ އުފުލުމަށްފަހު ދަޢުވާ އިއްވުމުގެ އިތުރުން ޖަވާބުދާރީ ވުމެވެ. އެ މައްސަލައާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ސާބިތުވެއްޖެ ނަމަ އެމަނިކުފާނަށް މަދުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ރައީސް ޔާމީން މިހާރު ހުންނެވީ މާފުށީ ޖަލުގަ އެވެ. އެއީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ލޯންޑް ކުރި މައްސަލަ ސާބިތުވެ އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މިހާރު ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ ޝަރީއަތްތައް ހައި ކޯޓުގައި ދަނީ ކުރިއަށެވެ. މިހާރު އެ ޝަރީއަތުގެ އަޑުއެހުންތައް ވަނީ ނިންމާލާފައެވެ. އަދި ދެން އޮތީ މައްސަލައިގެ ހުކުމް އިއްވުމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް